އިންސާނީ ކަރާމާތާއި މިނިވަންކަން މިއަދު ތަރުޖަމާ ކުރެވެމުން ދާގޮތް
މިއަދަކީ ދިވެހިންގެ ނަސްރުގެ ދުވަހެވެ. ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހެވެ. މިދުވަހުގެ ހަނދާންތަކާއެކު މިނިވަންކަމުގެ މަތިވެރިކަން ކޮންމެ ދިވެއްސަކުވެސް އިޙްސާސް ކުރާނެއެވެ. ހަމަ އެއާއެކު މިއަދުގެ ދުނިޔޭގައި އިންސާނީ ކަރާމާތާއި މިނިވަންކަން ތަރުޖަމާ ކުރެވިގެންދާ ގޮތާއި ދޭތެރޭ އަދި އެއްފަހަރު ވިސްނާ ފިކުރު ކޮށްލުން ރަނގަޅުވާނެއެވެ. […]
އައްޑޫ ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތް ނޫން ހުރިހާ ހިދުމަތެއް މެދުކަޑާލަނީ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ހިދުމަތް ނޫން ހުރިހާ ހިދުމަތެއް މާދަމާގެ ވަގުތެއްގައި މެދުކަޑާލާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ހޮސްޕިޓަލުން ބުނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 14:00 އާއި ދެމެދު ގެ ވަގުތެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއާޕޯރޓް އެމަރޖެންސީ އެކްސަސައިޒްއާއި ގުޅުވައިގެން ފުލް-ސްކޭލް މާސް ކެޝުއަލްޓީ މެނޭޖްމަންޓް ޑްރިލްއެއް އެހޮސްޕިޓަލްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ”މިހަރާކާތް ކުރިޔަށްދާ ވަގުތުގައި އެމަރޖެންސީ ހިދުމަތްތައް ފިޔަވައި އެހިނިހެން ހިދުމަތްތައް […]
ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި
ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި ބަނގުރާ ފުޅިތަކެއް ވަގަށްނެގީ އައްޑުއަތޮޅު ރިސޯޓަކުން ކަމަށާ މި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ވެސް ފުލުހުން ހާމަކުރެއެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އައްޑުއަތޮޅު ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނަގާފައިވާކަމަށް އޮކްޓޯބަރ 31 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ […]
ގޮއިދޫ ކޯޓްގެ އިސްމެޖިސްޓްރޭޓް ވަކިކުރުމަށް ނިންމައިފި
ބ. ގޮއިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ ބ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙުމަދު ނިޝާރުއާ ގުޅޭގޮތުން އެކޮމިޝަނަށް ހުށަހެޅި މައްސަލައެއް ތަހުގީގުކޮށް ތައްޔާރުކުރި ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި އެކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައި ކަމަށެވެ. އެ ކޮމިޝަނުން ހާމަކުރި ގޮތުގައި ބ.ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ދައުވާއެއްގައި ދައުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން، އެ […]
ޝިމާޒް މަގާމުން ވަކިކޮށްދޭން ނަހުލާ އެދިވަޑައިގަންނަވައިފި
ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ މަގާމުން ވަކިކޮށްދޭން މިނިސްޓަރު އާއިޝަތު ނަހުލާ ރައީސުލް ޖުމްހޫރިއްޔާ އަށް ސިޓީ އެއް ފޮނުއްވައިފިއެވެ. މިދިޔަ ހަފްތާގައި ރައީސް ސާލިހު އަށް މިނިސްޓަރު ނަހުލާ ފޮނުއްވި ސިޓީގައި ވަނީ ޝިމާޒަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށާ، އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް […]
އެޗް.ޑީ.ސީ އާއި ދޭތެރޭ ބިރުގަންނަނީ މިހެން ވެދާނެތީ: 1
މިލިއުން ފަށާގަތުމުގެ ކުރިން ދެތިން ޖުމުލައެއް މިތާގައި ފާހަގަކޮށްލަން ބޭނުންވެއެވެ. އެހެންނޫނީ އެތައް ފަހަރަކު އެވާހަކަ ތަކުރާރު ކުރަން ޖެހިދާނެތީއެވެ. ދިވެހި ދައުލަތަކީ ދިވެހި ހުރިހާ ރައްޔިތުންގެ ޙިއްސާ އެއްމިން ވަރަކަށް ހިމެނިފައިވާ އެއްޗެކެވެ. އެހެން ގޮތަކަށް ބުނާނަމަ ދިވެހި ދައުލަތަކީ އެންމެހާ ދިވެހި […]