އެމެރިކާގައި ހިފެހެއްޓިފައި ހުރި އަފްޢާނިސްތާންގެ ފައިސާ ދޫކުރަނީ

އެމެރިކާގައި ހިފެހެއްޓިފައިހުރި އަފްޢާނިސްތާންގެ ހަތް ބިލިއަންޑޮލަރު ދޫކުރުން ހުއްދަ ކުރާ ޚާއްސަ އަމުރެއްގައި އެމެރިކާގެ ރައީސް ޖޯބައިޑަން ސޮއިކުރައްވައިފިއެވެ. އަދި ނިންމަވާފައިވަނީ މިފައިސާގެ އެއްބައިކަމަށްވާ 3.5 ބިލިއަން ޑޮލަރު އަފްޢާނިސްތާން އަށް ފޮނުވޭ އިންސާނީ އެހީތެރިކަމުގެ ސާމާނު ގަތުމަށް ބޭނުން ކުރުމަށެވެ. އަދި އަނެއްގައި ބޭނުން ކުރަން ނިންމާފައިވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ އެގާރަވަނަ ދުވަހު އެމެރިކާގެ ނިއުޔޯކްގެ ޓްވިންޓަވަރ ހިމެނޭ ގޮތުން އެކި ތަންތަނަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލު […]

ދިވެހި ކަނޑުގެ ސިފައިންގެ މަރުކަޒެއްކަމުގައިވާ އުތުރު ތިލަފަޅު އިންޑިއާގެ ބާރުގެ ދަށުގައި

ދިވެހި ކަނޑުގެ ސިފައިންގެ މަރުކަޒެއްކަމުގައިވާ އުތުރު ތިލަފަޅުގެ މައްޗަށް އިންޑިއާ ސިފައިން ވެރިވެގެންފައިވާކަމަށް އެތައް ބަޔަކު ވާހަކަދައްކަމުން ދަނިކޮށް އުތުރު ތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫންކަމަށާއި އެއީ ފުރިހަމައަށް އިންޑިއާގެ ޢަސްކަރީ ބާރުގެ ދަށުގައި އޮތް ތަނެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ”އަޅުގަނޑު ބުނީމާ ގަބޫލުކުރައްވާ!“ ރައީސް ޔާމީން ”އިންޑިއާ އައުޓޓް“ ކެމްޕޭނަށް ހުކުރު ދުވަހު ރ. މީދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި […]

ދިވެއްސަކު އުމުރަށް ޖަލަށްލާން ލަންކާއިން ހުކުމްކޮށްފި

    ދިވެއްސަކު އުމުރަށް ޖަލަށް ލާން އަވަށްޓެރި ސްރީލަންކާގެ ކޯޓަކުން ހުކުމްކޮށްފި އެވެ. ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން އުމުރަށް ޖަލަންލާން ހުކުމްކުރީ ލާން ކޮލަމްބޯ ހައި ކޯޓުން މިއަދު އެވެ. ރިޕޯޓް ކޮށްފައިވާގޮތުން އެއީ ދިވެހި ފިރިހެނެކެވެ. އޭނާއަށް ހުކުމް ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވީ 265 ގްރާމް ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ކަމަށްވެއެވެ.  އޭނާ ހައްޔަރުކުރީ ބަމްބަލަޕިޓިޔާއިން 2016ވަނަ އަހަރުގެ އޭޕްރިލް މަހުގެ 22ވަނަ ދުވަހުއެވެ. މަސްތުވާތަކެތީގެ […]

 އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

  ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޕޮރޮޕޯސަލް ހުށަހަޅާ ކުންފުންޏަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކަށް ވާންޖެހޭނެ ކަމަށާ އަދި ކުންފުނި  މަގުސަދުތަކުގެ ތެރޭގައި އުމްރާއަށް މީހުން ގެންދިއުމުގެ ހިދުމަތްދިނުން ހިމެނިފައިވާ ސައްތައިން ސައްތަ ދިވެހީންގެ ހިއްސާއޮންނަ ކުންފުންޏަށް ވާން ޖެހޭނެކަމަށެވެ. އަދި މީގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންނަކީ ހުއްދައަށް ހުށަހަޅާއިރު ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒް ކުރަމުންދާ މީހެއް ކަމުގައި […]

ހުޅުމާލޭގައި އާ ޕެޓްރޯލް ޝެޑެއް ގާއިމުކުރަނީ

  ހުޅުމާލޭގައި އާ ޕެޓްރޯލް ޝެޑެއް ގާއިމުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފިއެވެ. އެޗްޑީސީން މިހާރުވަނީ ޕެޓްރޯލް ޝެޑް ހަދާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފައެވެ. އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި  ބުނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މުނިސިޕަލް ސަރވިސް އޮޕަރޭޝަން ސަރަހައްދުގައި ޕެޓްރޯލް ޝެޑެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެޗްޑީސީން ބުނީ މި ޕެޓްރޯލް ޝެޑް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ގެ ކުރިން ބިޑް ހުށަހަޅަން […]

ކުއާލާ ބެއާ ނެތި ހިގައިދާނެ

ކުއާލާ ބެއާ މިކިޔާ ވައްތަރުގެ ސައިޒުން ކުދިކޮންތިބޭ ބެއާގެ ވައްތަރަކީ ސޮފްޓް ޓޯއީސް އަށް ލޯބިކުރާ ގިނަފަރާތް ތަކެއްގެ ހިތުން ޖާގަ ހޯދާފައިވާ އެއްޗެކެވެ. އެސޮރުމެންގެ ކެހެރިގަޑު ބޯވެފައި އަދި އުޅޭ ލޯބި ގޮތްތަކުން މިބާވަތުގެ ބެއާ ފެންނަ ގިނަފަރާތްތަކުން އޭތިދެކެ ލޯބިވެއެވެ. މިފަރާތްތަކަށް މިހާރުމިވަނީ ހިތާމަވެރި ޚަބަރެއް ލިބިފައެވެ. ކުއާލާބެއާ އެންމެ ގިނައިން އުޅޭ އެއްގައުމުކަމަށްވާ އޮސްޓްރޭލިޔާއިން މިހާމިވަނީ މިޒާތުގެ ބެއާއަކީ ”އެންޑޭންޖަރޑް“ ނުވަތަ ނެތި ހިގައިދާނެ ކަމުގެ ބިރުއޮތް ބާވަތެއްކަމަށް ނިންމާފައެވެ. ޚާއްސަ ކޮން […]

ރަޝިޔާއިން ޔޫކްރޭން ހިފާފާނެތީ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފި

ރަޝިޔާ އިން ޔޫކްރޭން އަށް ދެންމެ ދެންމެ އަރައިގަނެފާނެ ކަމަށް ހީވާ މަންޒަރުތައް ހާމަވަމުން ދިއުމާއިއެކު، ޔޫކްރޭންގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެތަނުންފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ. އަދި ތާކަށް ނުދެވި ޔޫކްރޭންގައި ތިބެން މަޖްބޫރުވެފައިވާ ފަރާތްތަކުންވެސް ރަޝިޔާއިން ކުރިޔަށް ގެންގޮސްފާނެ އަސްކަރީ އޮޕަރޭޝަން އަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ތިބުމަށްވެސް އެދިފައިވެއެވެ. އެމެރިކާ ސަރުކާރުން މިގޮތަށް ވަކިތަނަކަށް ދަތުރު ކުރުން މަނާކުރާ ހަތަރު ލެވެލް އެއް އޮވެއެވެ. މިގޮތުން ޔޫކްރޭން […]

މަޝްހޫރު ސްޓޭންޑް އަޕް ކޮމީޑިއަން ބޮބް ސައިގަޓް މަރުވި ސަބަބު އޭނާގެ އާއިލާ އިން ހާމަ ކޮށްފި

މަޝްހޫރު ސްޓޭންޑް އަޕް ކޮމީޑިއަން ބޮބް ސައިގަޓް މަރުވެފައިވަނީ އޭނާގެ ބޯ ވަރަށް ބާރަށް ތަނެއްގައި ޖެހުމުގެ ސަބަބުން ކަމަށް އޭނާގެ އާއިލާ އިން ހާމަ ކޮށްފި އެވެ. ސައިގަޓްގެ އާއިލާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އެމީހުން ބުނި ގޮތުން އޭނަގެ ބޯ ”އެކްސީޑެންޓަކުން“ ތަނެއްގައި ޖެހުނު ނަމަވެސް އެއީ މާބޮޑުކަމަކަށް ނުހަދާ އޭނަ އެރޭ ނިދަން އޮށޯތީ އެވެ. އެއަށްފަހު ސައިގަޓް ހަރަކާތެއްނެތިފަ އޮއްވާ ފެނިފައިވަނީ އޮލާންޑޯގައި އޭރު އޭނާ ހުރި ހޮޓެލް ގެ […]

ލީބިޔާގެ ބޮޑުވަޒީރު އަބްދުލްހަމީދު ޑިބީބާ އަވަހާރަ ކޮށްލުމަށް ދެވުނު ހަމަލާއަކުން ސަލާމަތްވެ ވަޑައިގެންފި

ލިބީޔާގެ ވަގުތީ ބޮޑުވަޒީރު އަބްދުލް ހަމީދު ޑިބީބާ އަވަހާރަކޮށްލުމަށް އޭނާގެ ކާރުކޮޅަށް ދެވުނު ހަމަލާއަކުން ސަލާމަތްވެ ވަޑައިގެންފިއެވެ. ބުރާސްފަތި ދުވަހު އޭނާ ގެކޮޅަށް ވަޑައިގަންވަނިކޮން ދިންހަމަލާގައި ޑިބީބާގެ ކާރުކޮޅުގެ ވިންޑް ސްކްރީންއަށް ވަޒަން އެރި ނަމަވެސް ޑިބީބާ އާއި އޭނާގެ ޑްރައިވަރަށް އެއްވެސް ގެއްލުމެއް ނުވާކަމަށް ޚަބަރުތައްބުނެއެވެ. މިހަމަލާ އާބެހޭ ތަހްގީގްތައް އެގައުމުގެ ޗީފް ޕްރޮސެކިއުޓަރ މިހާރުވަނީ ފަށާފައެވެ. ލީބިޔާގެ ބޮޑުވަޒީރު އަބްދުލްހަމީދު ޑިބީބާ އަވަހާރަކޮށްލުމަށް ހަމަލާދީފައިމިވަނީ ވަގުތީ އައު ލީޑަރެއް ހޮވުމަށް ކުރެވެންމުންދާ މަސަކަތް ކުރިޔަށްދާ […]

އިންޑިޔާގެ ބުރުގާ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބި ހަމަނުޖެހުންތައް ކުރިޔަށް

އިންޑިޔާގެ ކަރުނާޓަކާގައި ބުރުގާ އަޅައިގެން ހުރި އަންހެން ކިޔަވާ ކުއްޖަކަށް ހިންދޫން ކަމަށް ބުނާ ބަޔަކު ހަމަމާދީ އަނިޔާ ކުރާ ވީޑިއޯ އެއް އާންމުވުމާއި ގުޅިގެން، މިހާރު ޖެހިގެންއުޅޭ ބުރުގާ މައްސަލަ އިތުރަށް ހޫނު ވެއްޖެއެވެ. މުސްކާން ޚާން ނަމަކަށް ކިޔާ މިކުއްޖާ ބުނި ގޮތުގައި އޭނާ ދިޔައީ އެސައިންމަންޓެއް ހަވާލު ކުރުމަށްޓަކާ އޭނާގެ ކޮލެޖަށް ވަނުމަށެވެ. އަދި އޭރު އެހިސާބުގައި މުޒާހަރާ ކުރަމުން ދިޔަ ގިނަ އަދަދެއްގެ ބަޔަކު އޭނާ ބުރުގާއަޅާފަ ހުރުމުން އޭނާޔާ ކުރިމަތިލާ […]