ރަޝިޔާއިން ޔޫކްރޭން ހިފާފާނެތީ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފި

Loading

Facebook
Twitter
WhatsApp

ރަޝިޔާ އިން ޔޫކްރޭން އަށް ދެންމެ ދެންމެ އަރައިގަނެފާނެ ކަމަށް ހީވާ މަންޒަރުތައް ހާމަވަމުން ދިއުމާއިއެކު، ޔޫކްރޭންގައި ތިބި އެމެރިކާގެ ރައްޔިތުން ވަގުތުން އެތަނުންފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ. އަދި ތާކަށް ނުދެވި ޔޫކްރޭންގައި ތިބެން މަޖްބޫރުވެފައިވާ ފަރާތްތަކުންވެސް ރަޝިޔާއިން ކުރިޔަށް ގެންގޮސްފާނެ އަސްކަރީ އޮޕަރޭޝަން އަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ތިބުމަށްވެސް އެދިފައިވެއެވެ.

އެމެރިކާ ސަރުކާރުން މިގޮތަށް ވަކިތަނަކަށް ދަތުރު ކުރުން މަނާކުރާ ހަތަރު ލެވެލް އެއް އޮވެއެވެ. މިގޮތުން ޔޫކްރޭން މިހާރުވެސް އޮތީ އެންމެ ބޮޑަށް ދިއުން މަނާކުރި އެއްތަނުގެ ގޮތުގައެވެ. އެއީ ކޮވިޑް 19 ގެ ސަބަބުން އެޅި ފިޔަވަޅެކެވެ. މިފަހަރު ގެ އިންޒާރާ އެކު ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ރަޝިޔާ އިން ޔޫކްރޭން އަށް އަރާ، މަޝްރަހް ހޫނުވެގެން ދިޔަ ނަމަވެސް އެމެރިކާ ސަރުކާރުން އެމީހުން އެތަނުން ނެރުމަށް ޚާއްސަ ފްލައިޓްތައް ނުބޭއްވޭނެ ކަމަށްވެސް ބުނެފައެވެ. ހަމަ ކޮންމެ ވަގުތަކުވެސް އަސްކަރީ ހަރަކާތައް ފަށާފާނެ ކަމަށާ އެފަދަ ހާލަތެއްގަ އެމްބަސީ އިން ކޮންސިއުލަރ ޚިދުމަތް ދިނުމަކީވެސް ދަތިކަމަކަށް ވާނެ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

ސެޓަލައިޓް ފޮތޯތައް ދައްކާގޮތުން އެތައްހާސް ރަޝިޔާ ސިފައިން ވަނީ ޔޫކްރޭން ބޯޑަރުގެ ތިންފަރާތުން ވަށާލާފައެވެ. އަދި ގިނަ އަދަދެއްގެ ބަސްތަކާ އެނޫންވެސް ބަރު ވެހިކަލްތައް ހަރަކާތްތެރިވަމުން ދާތަން ފެނެއެވެ. ނަމަވެސް ޔޫކްރޭން ހިފަން އުޅޭކަމަށް އިވޭ އަޑުތައް ރަޝިޔާއިން ގެންދަނީ ދޮގުކުރަމުންނެވެ

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް