މަޝްހޫރު ސްޓޭންޑް އަޕް ކޮމީޑިއަން ބޮބް ސައިގަޓް މަރުވި ސަބަބު އޭނާގެ އާއިލާ އިން ހާމަ ކޮށްފި

Loading

Facebook
Twitter
WhatsApp

މަޝްހޫރު ސްޓޭންޑް އަޕް ކޮމީޑިއަން ބޮބް ސައިގަޓް މަރުވެފައިވަނީ އޭނާގެ ބޯ ވަރަށް ބާރަށް ތަނެއްގައި ޖެހުމުގެ ސަބަބުން ކަމަށް އޭނާގެ އާއިލާ އިން ހާމަ ކޮށްފި އެވެ.

ސައިގަޓްގެ އާއިލާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި އެމީހުން ބުނި ގޮތުން އޭނަގެ ބޯ ”އެކްސީޑެންޓަކުން“ ތަނެއްގައި ޖެހުނު ނަމަވެސް އެއީ މާބޮޑުކަމަކަށް ނުހަދާ އޭނަ އެރޭ ނިދަން އޮށޯތީ އެވެ. އެއަށްފަހު ސައިގަޓް ހަރަކާތެއްނެތިފަ އޮއްވާ ފެނިފައިވަނީ އޮލާންޑޯގައި އޭރު އޭނާ ހުރި ހޮޓެލް ގެ ކޮޓަރިންނެވެ. އަދި ޕެރަމެޑިކްސް އެތަނަށް ގޮސް ބެލި ބެލުމުން މަރުވެފައިވާ ކަމަށް ނިންމާފައިވެއެވެ. ސައިގަޓް މަރުވެފައިވަނީ ޑްރަގްސް ނުވަތަ ރަލުގެ ސަބަބުން ނޫން ކަމަށް ރަސްމީ އިދާރާތަކުންފާހަގަ ކޮށްފައިވާ ކަމަށްވެސް އާއިލާގެ ބަޔާނުގައި ވެއެވެ.

ފުލް ހައުސް އަދި ފަހުން ފުލަރ ހައުސް ޓީވީ ސީރީޒް އިން މަޝްހޫރުކަން އަދި މަގްބޫލުކަން ހޯދާފައިވާ ބޮބް ސައިގަޓް ކުއްލިގޮތްކަށް މަރުވެގެން ދިއުމަކީ ގިނަބަޔަކު ވަރަށް ހިތާމަ ކުރި ކަމެކެވެ.

ސައިގަޓް ކުއްލި ގޮތަކަށް މަރުވި އިރު އުޅުނީ އެމެރިކާގެ އެތައްސްޓޭޓް އަކަށް އޭނާ ފަށާފައިވާ ޝޯ ދިނުމުގެ ޓުއަރ އެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް