ކުއާލާ ބެއާ ނެތި ހިގައިދާނެ

Loading

Facebook
Twitter
WhatsApp

ކުއާލާ ބެއާ މިކިޔާ ވައްތަރުގެ ސައިޒުން ކުދިކޮންތިބޭ ބެއާގެ ވައްތަރަކީ ސޮފްޓް ޓޯއީސް އަށް ލޯބިކުރާ ގިނަފަރާތް ތަކެއްގެ ހިތުން ޖާގަ ހޯދާފައިވާ އެއްޗެކެވެ. އެސޮރުމެންގެ ކެހެރިގަޑު ބޯވެފައި އަދި އުޅޭ ލޯބި ގޮތްތަކުން މިބާވަތުގެ ބެއާ ފެންނަ ގިނަފަރާތްތަކުން އޭތިދެކެ ލޯބިވެއެވެ. މިފަރާތްތަކަށް މިހާރުމިވަނީ ހިތާމަވެރި ޚަބަރެއް ލިބިފައެވެ.

ކުއާލާބެއާ އެންމެ ގިނައިން އުޅޭ އެއްގައުމުކަމަށްވާ އޮސްޓްރޭލިޔާއިން މިހާމިވަނީ މިޒާތުގެ ބެއާއަކީ ”އެންޑޭންޖަރޑް“ ނުވަތަ ނެތި ހިގައިދާނެ ކަމުގެ ބިރުއޮތް ބާވަތެއްކަމަށް ނިންމާފައެވެ. ޚާއްސަ ކޮން އޮސްޓްރޭލިޔާގެ އިރުމަތީ އައްސޭރި ފަލީގެ ސަހައްދު ތަކުން މިކަމަށް ޚާއްސަ ސަމާލު ކަމެއް ދީގެން މި ބާވަތުގެ ބެއާ ދިރުވާ އާލާ ކުރުމަށް ގޮވާލާފައި ވެއެވެ. އެސޮރުމެން ދިރިއުޅޭ ތަން ކަމަށްވާ ޖަންގަލީގެ ސަރަހައްދުތައް ބާރަށް ނެތެމުން ދާ ދިއުމަށްވެސް ސަމާލުކަމެއް ދިނުމަށާ އަދި މޫސުމަށް އަން ބަދަލުތަކުން ވެސް މިބާވަތް ހިމާޔަތް ކުރުން މުހިންމު ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އޮސްޓްރޭލިޔާ ސަރުކާރުން މިމައްސަލަޔަށް އިސްކަމެއް ދީފައިވަނީ ކުއާލާ ބެއާގެ އަދަދު ވަރަށް ބޮޑުތަނުން މަދުވެފައިވާ ކަން ފާހަގަ ކުރެވުމާއި ގުޅިގެންނެވެ.

2012 ވަނަ އަހަރު ހެދި ސަރވޭ އަކަށް ފަހު ކުއާލާ ބެއާއަކީ ”ވަލްނަރަބަލް“ ނުވަތަ ޚާއްސަ ހިމާޔަތްތެރިކަން ބޭނުންވާ އެއްޗެއްކަމަށް އޮސްޓްރޭލިޔާ ސަރުކާރުން ނިންމާފައިވެއެވެ. އަދި މިހާރު މިވަނީ ”އެންޑޭންޖަރޑް“ ނުވަތަ ނެތި ހިގައިދާނެ ކަމުގެ ބިރު އޮތް ބާވަތެއް ކަމަށް ބުނެފައެވެ. އޮސްޓްރޭލިޔާގެ ކަމާބެހޭ އިދާރާތަކުން މިހާރުވަނީ ޚާއްސަ މަސައްކަތްތަކެއް ނުކޮށްފިނަމަ 2050 ވަނަ އަހަރު އަންނަންވާއިރަށް މިބާވަތް އެއްކޮން ނެތި ހިގައިދާނެކަމަށް ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް