އިންޑިޔާގެ އެންމެ ދިގުމީހާ ސަމާޖްވާދީ ޕާޓީއާ ގުޅިއްޖެ

އިންޑިޔާގައި މިވަގުތު ހުރި އެންމެ ދިގު މީހާކަމަށް ދައުވާކުރާ ދަރްމެންދުރަ ޕްރަތާޕް ސިންގ ސަމާޖްވާދީ ޕާޓީ އާގުޅިއްޖެއެވެ. އިސްކޮޅުގައި އަށްފޫޓު އެއް އިންޗި ހުންނަ ދަރުމެންދުރާ އެޕާޓީ އާ ގުޅުމަށްފަހު ބުނެފައި ވަނީ އޭނާ ޕާޓީ އައު އުސްމިންތަކަކަށް ގެންދިއުމަށް މަސަކަތް ކުރާނެ ކަމަށާއި އިދިކޮޅުން ވާދަކުރާފަރާތްތައް ”ކުޑަކޮށްލާނެ“ ކަމުގައެވެ. އިވެންޓް މެނޭޖަރުކަން ކުރިން ކުރަމުން އައި އުމުރުން ސާޅީސް ހަ އަހަރުގެ ދަރުމެންދުރަ ޕްރަތާޕް ސިންގ ސިޔާސީ މައިދާނަށް ވަނުމަށް ސަމާޖްޕާޓީ އިޚްތިޔާރުކޮށްފައި މި ވަނީ […]

ޕާކިސްތާންގެ ސްޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރެއް

ޕާކިސްތާންގެ ސްޕްރީމް ކޯޓަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެން ފަޑިޔާރު މަގާމުގެ ހުވާކުރައްވައި މަސައްކަތާ ހަވާލުވެ ވަޑައިގެންފިއެވެ. އުމުރުފުޅުން ފަންސާސް ފަސް އަހަރުގެ އައިޝާ މާލިކް ހިމެނިވަޑައިގަންނަވަނީ ސުޕްރީމްކޯޓުގެ ބެންޗުގައި ސޯޅަފިރިހެން ފަޑިޔާރުންނާއެކު އިންނަވާނެ ހަމައެކަނި އަންހެން ފަޑިޔާރުކަމުގައެވެ. ގާނޫނީ އެކިފަރާތްތަކުންނާ ބައެއް އެކްޓިވިސްޓުން ބުނި ގޮތުގައި މިއީ ވެރިކަމުގައި ފިރިހެނުންގެ މެޖޯރިޓީއެއް އޮންނަ ޕާކިސްތާންގައި އަންހެނުން ނެރުމަށް ގިނަ އަހަރުތަކެއް ވަންދެން ކުރެވުނު މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. ނަމަވެސް މިކަމާ ދެކޮޅު […]

ބީއެމްއެލް އިން ސެން ކްލާސްތަކަށް އެހީތެރިވެދީފި

    ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ރާއްޖޭގެ ބައެއް ސުކޫލުތަކުގައި ހިންގާ ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ. ބީއެމްއެލް އިން ބުނީ މިއީ ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާ އެގޮތުން ހާއްސަ އިސްކަމެއްދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް މި ހަދިޔާކުރި އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެންމީހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެކުދިންގެ […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަނީ

    ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ދެ މީހަކު ހޯދުމަށް އެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވަނީ ކ. މާލެ/ ހ. ސޯސަންމީޑް، ޢަބްދުއްލާ ހަސަން ( 65އ) އަދި ކ. މާލެ/ މ. ވިލާތުކުންނާރުގެ، ހަސަން ރަފްހާން (35އ) އެވެ. ފުލުހުން ބުނީ އެ ދެ މީހުން ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް […]

ރާއްޖޭގައި އުމުރުން ފަސް އަހަރުގެ ކުދިންނަށް ކޮވިޑް ވެކްސިން ދެނީ

    ކޮވިޑް-19 ދިފާއުވުމަށް ޖަހާ ވެކްސިން އުމުރުން ފަސް އަހަރުގެ ކުދިންނަށް ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފިއެވެ. އެޗްޕީއޭން ބުނީ ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ޖަހަން ބޭނުންވާ ކޮވިޑް ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވާ ކަމަށާ އެގޮތުން އެ އުމުރުފުރައަށް ވެކްސިން ދޭން ފެށުމުގެ ޕްލޭން މިހާރު ތައްޔާރުކުރަމުން އަންނަކަމަށެވެ. އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމު ހެޑް ނާޝިޔާ އަބްދުއްޣަފޫރު ވިދާޅުވީ، އެ އުމުރުފުރާގެ ކުދިންގެ […]

ސީރިޔާގައި އުފަންވި ދެ ކުއްޖަކީ ދިވެހި ކުދިން ކަމަށް ކޯޓުން ހުކުން ކޮށްފި

  ސީރިޔާގައި އުފަންވި ދެ ކުއްޖަކީ ދިވެހި އަންހެނެއްގެ ދެ ދަރިން ކަމަށް ކަނޑައަޅައި ފެމިލީ ކޯޓުން ހުކުމްކޮށްފިއެވެ. މިއީ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެއްސަކަށް ލިބުނު ދަރިންނަކީ ދިވެހިން ކަމަށް ކަނޑައަޅައި މިފަދަ ހުކުމެއް ރާއްޖޭގައިކުރި ފުރަތަމަ ފަހަރެވެ. ފެމިލީ ކޯޓުން މި ހުކުމް ކޮށްފައިވަނީ މި މައްސަލައިގައި ހިމެނޭ ދެ އަންހެން ކުދިންގެ މަންމަ އެ ދެކުދިންނަކީ އޭނާއަށް ލިބުނު ދަރިން ސާބިތުކުރުމަށް ހުށަހެޅުމާއި ގުޅިގެންނެވެ.  ފެމެލީ ކޯޓުން ބުނެފައިވަނީ އެ ދެ އަންހެން ކުދިންނަކީ […]

ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވާ ކުދިން ރަޖިސްޓްރީކޮށްދޭނީ ކޯޓުން ކަނޑައެޅުމުން

    ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް  އުފަންވާ ކުދިން ރާއްޖޭގައި ރެޖިސްޓްރީކޮށްދޭނީ ކޯޓުން ކަނޑައެޅުމުން ކަމަށް ކަނޑައަޅައި އުސޫލެއް އެކުލަވާލައިފި އެވެ. ގެޒެޓްކޮށްފައިވާ ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހި ރައްޔިތަކަށް އުފަންވެފައިވާ ކުދިންގެ އުފަންވުން ރަޖިސްޓަރީކުރުމާ ބެހޭ އުސޫލު މިހާރުވަނީ ގެޒެޓްކޮށްފައެވެ. މި އުސޫލުގައިވާ ގޮތުން ހަނގުރާމަވެރި ސަރަހައްދެއްގައި ދިވެހިންނަށް އުފަންވާ ކުދިން ރާއްޖޭގައި ރަޖިސްރީ ކުރަން ބޭނުންވާނަމަ އެކުއްޖަކީ ދިވެހި ރައްޔިތަކަށް އުފަން ދަރިއަކުކަމާމެދު ގޮތެއް ކަނޑައެޅުމަށް ޓަކައި އެ މައްސަލަ ޝަރުއީ ކޯޓަށް ހުށަހަޅަން […]

އުރްދުޣާންއަށް މަލާމާތް ކުރުމާ ގުޅިގެން ތުރުކީގެ ނޫސްވެރިއަކު ޖަލަށްލައިފި

ތުރުކީގެ ބޮޑުވަޒީރު އުރުދުޣާން އަށް މަލާމާތް ކުރުމާ ގުޅިގެން ތުރުކީގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ސަދެފް ކަބާސް ހައްޔަރުކުރުމަށް ތުރުކީގެ ކޯޓަކުން އަމުރުކޮށްފިއެވެ. މިއަމުރުގައި ވާގޮތުން މައްސަލަ ނިމެންދެން އޭނާ ހުންނާނީ ޖަލުބަންދުގައެވެ. އޭނާ ހައްޔަރުކުރުމަށް އަމުރު ނެރެފައި ވަނީ ތުރުކީގެ ރައީސް ޠައްޔިބް އުރްދުޣާންއަށް މަލާމާތްކުރުމާ ގުޅިގެން ކޯޓަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ. ކަބާސް ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ކަބާސްގެ މައްސަލަ ކޯޓަށް ހުށައަޅަފައި ވަނީ އުރްދުޣާންއަށް މަލާމާތް ކުރުމުގެ ގޮތުން […]

ކެލެފޯނިއާގައި އަލިފާން ރޯވެ ރައްޔިތުން އެ ސަރަހައްދުން ދުރަށްދާން މަޖުބޫރު ވެއްޖެ

އެމެރިކާގެ ކެލެފޯނިއާ ސްޓޭޓްގެ ބިގް ސުރް ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ އަލިފާން ރޯވެ އެ ސަރަހައްދުގައި ދިރުއުޅެމުން ދިޔަ ރައްޔިތުން އެ ސަރަހައްދުން ދުރަށް ދިޔުމަށް ވަނީ މަޖުބޫރު ވެފައެވެ. މި އަލިފާންގަނޑު ރޯވެފައި ވަނީ ބިގް ސުރް ސަރަހައްދުގެ ފަރުބަދަތަކުގެ ތެރޭގައެވެ. އަލިފާންގަނޑާ ގުޅިގެންކަމާބެހޭ ފަރާތްތަކުންވަނީ އެސަރަހައްދުގެ މައިމަގު ކަމަށްވާ ހައިވޭ 1 ވެސް ބަންދުކޮށްފައެވެ. އެ ސަރަހައްދަށް ޖެހެމުން ދިޔަ ބާރު ވައިގެ ސަބަބުން އަލިފާންގަނޑު ވަނީ ހަލުވި ކަމާއެކު ފެތުރިފައެވެ. ކަމާ […]

ޖެސިންޑާ އާޑަންގެ ކައިވެނިފުޅު ކެންސަލް

ނިއުޒީލެންޑުގައި ކޮވިޑް ފެތުރުން ހުއްޓުމުމަށް އަޅާ އައު ފިޔަވަޅުތަކެއް އިއުލާން ކުރެއްވުމަށްފަހު ބޮޑުވަޒީރު ޖެސިންޑާ އާޑަން އެކަމަނާގެ އަމިއްލަފުޅު ކައިވެނީގެ ރަސްމިއްޔާތު ވެސް ކެންސަލް ކުރައްވައިފިއެވެ. ނިއުޒީލެންޑުން ކޮވިޑްބަލީގެ އައުވޭރިއަންޓް އޮމިކްރޮންގެ އައު ކޭސް ތަކެއް ފެނިފައި ވުމާއެކު މުޅި ގައުމަށް ވަނީ ކަންބޮޑުވުން ފެތުރިފައެވެ. އަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އާންމު އެއްވުންތައް އެންމެ ގިނަވެގެން ބޭއްވޭނީ ވެކްސިން ޖަހާފައިވާ ސަތޭކަ މީހުންނަށެވެ. އަދި ފިހާރަތަކަށް ދިއުމުގައްޔާއި ބަސް، ރޭލް ފަދަ އާންމު ދަތުރުފަތުރު ގައި […]