އިންޑިޔާގެ އެންމެ ދިގުމީހާ ސަމާޖްވާދީ ޕާޓީއާ ގުޅިއްޖެ

Loading

Facebook
Twitter
WhatsApp

އިންޑިޔާގައި މިވަގުތު ހުރި އެންމެ ދިގު މީހާކަމަށް ދައުވާކުރާ ދަރްމެންދުރަ ޕްރަތާޕް ސިންގ ސަމާޖްވާދީ ޕާޓީ އާގުޅިއްޖެއެވެ.

އިސްކޮޅުގައި އަށްފޫޓު އެއް އިންޗި ހުންނަ ދަރުމެންދުރާ އެޕާޓީ އާ ގުޅުމަށްފަހު ބުނެފައި ވަނީ

އޭނާ ޕާޓީ އައު އުސްމިންތަކަކަށް ގެންދިއުމަށް މަސަކަތް ކުރާނެ ކަމަށާއި އިދިކޮޅުން ވާދަކުރާފަރާތްތައް ”ކުޑަކޮށްލާނެ“ ކަމުގައެވެ.

އިވެންޓް މެނޭޖަރުކަން ކުރިން ކުރަމުން އައި އުމުރުން ސާޅީސް ހަ އަހަރުގެ ދަރުމެންދުރަ ޕްރަތާޕް ސިންގ ސިޔާސީ މައިދާނަށް ވަނުމަށް ސަމާޖްޕާޓީ އިޚްތިޔާރުކޮށްފައި މި ވަނީ އިންޑިޔާގައި ސްޓޭޓް އެސެމްބްލީ އިންތިޚާބަށް ތައްޔާރުވެފައި ވަނިކޮންނެވެ. ޕާޓީއާ ގުޅުމަށްފަހު ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ އޭނާޔާ ހަވާލުކުރާ ކޮންމެ މަސްއޫލިއްޔަތެއް ވީ އެންމެ ފުރިހަމަކޮން އަދާ ކުރަމުން ގެންދާނެ ކަމުގައެވެ. އެއީ ޕާޓީ ޗީފް އަކިލޭޝް ޔާދާވް އަށް ކެމްޕޭން ކޮށް ދިނުން ކަމަށްވިއަސް ޕާޓީން ބުނި ކޮންމެތާކަށް ދާނެކަމުގައެވެ. އޭނާ ބުނީ އޭނާ ސަމާޖްވާދީ ޕާޓީ އާ ގުޅެން ނިންމީ އެޕާޓީން މެމްބަރުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅޭތީއާ ހުރިހާ މެމްބަރުންނަށްވެސް ފުރުސަތުތައް ހުޅުވިފައިވާތީއެވެ.

އަދި ޕާޓީ އިން ޓިކެޓް ދީފިނަމަ އޭނާގެ އަމިއްލަ ރަށް ޕްރަތާޕްގަޅުން ގޮޑިއަކަށް ވާދަކުރުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފައި ވެއެވެ.

 

 

Loading

One Response

  1. ( އިސްކޮޅުގައި އަށްފޫޓު އެއް އިންޗި ހުންނަ ދަރުމެންދުރާ އެޕާޓީ އާ ގުޅުމަށްފަހު ބުނެފައި ވަނީ )
    މިގޮތަށް އޮތުމުން ޖުމުލަ ފުރިހަމަ ނުވޭ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް