އަރަބިއްޔާ ސްކޫލް ބާ ޖަމާލުއްދީނުގައި އަޅަނީ
އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ބާ ޖަމާލުއްދީނުގެ ބިމުހައި އެޅުމަށް ނިންމައިފިއެވެ. އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ވަނީ ބައްދަލު ކޮށްފައެވެ. ބައްދަލުވުމަށް ފަހު ބެލެނިވެރިންގެ މަންދޫބުން ބުނީ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށާއި މިހާރ […]
އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަހްމަދު ޝަކީލް މިމަހުގެ 16 ވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މެންބަރު ކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30ގެ ނިޔަލަށެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، […]
ފާއިތުވި ދެ އަހަރަކީ އެމް.ޓީ.ސީ.ސީ ގެ ޙަޔާތުގައިވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރު: ރައީސް ޞާލިޙު
ފާއިތުވި ދެ އަހަރަކީ އެމް.ޓީ.ސީ.ސީ ގެ ޙަޔާތުގަ ވެސް އައި އެންމެ ޙަރަކާތްތެރި އަދި އެންމެ ކާމިޔާބު ދެ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެމް.ޓީ.ސީ.ސީ އަށް 41 އަހަރު ފުރުން ފާހަގަކުރަން ބައްދަލުވުން ބޭއްވީ އާދީއްތަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ. އެމްޓީސީސީއަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ގައުމީ ތަރައްގީގެ މުހިއްމު ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް އުފެއްދެވި ކުންފުންޏެކެވެ. އެކިދުވަސްވަރު ކުންފުންޏަށް ފައިދާވިޔަސް އަނެއްބައި ދުވަސްވަރު ކުންފުންޏަށް ބޮޑެތި ގެއްލުންތައްވެ ބަނގުރޫޓު ވުމުގެ ތުންފަތް […]
ވެކްސިން ނުޖަހަން ވެގެން އިންޑިއާ މީހަކު އެރީ ގަހަކަށް
އިންޑިއާގެ ސްޓޭޓެއްކަމުގައިވާ ތަލަންގާނާގެ ސިއްހީ ދާއިރާއިން ރާވާފައި ވަނީ މި އަހަރު ނިމުމުގެ ކުރިން ސްޓޭޓުގެ އެންމެންނަށް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ދިނުމަށެވެ. އެގޮތުން ގޭގެއަށް ގޮސް ވެކްސިން ނުޖަހާ މީހުން ބަލައި ހޯދައިގެން ވެސް ވެކްސިން ޖެހުމުގެ މަޝްރޫޢު ކުރިއަށް އެބަގެންދެއެވެ. ނަމަވެސް ބައެއް މީހުން ވެކްސިން ޖެހުމަށް އިންކާރުކޮށް ފިލަމުން އެބަދެއެވެ. ތަލަންގާނާގެ ސަންގްރީދީގެ މީހަކަށް ވެކްސިން ޖަހަން ވެގެން ދިއުމުން އެމީހާ ވެކްސިން ނުޖަހަންވެގެން ދުވެފައިގޮސް ފިލަން އެރީ ގަހަކަށެވެ. ޣޫޘުއްދީންގެ […]
އިންޑިއާގައި ޝަރީޢަތް ނުކޮށް މީހަކު 41 އަހަރު ވާނދެން ބަންދުގައި: އެންމެ ފަހުން ޙުކުމް ކުރީ އޭނާއަށް ބަދަލު ދޭން
މީހަކު މެރިކަމުގެ ތުހުމަތުގައި ހުޅަގު ބެންގާލުގެ ރަށެއްކަމުގައިވާ ދާރުޖިލިންގައި 12 މެއި 1980ގައި މީހަކު ހައްޔަރުކުރިއެވެ. އެއީ ނޭޕާލުގެ ރައްޔިތެއްކަމުގައިވާ ދީޕަކު ޖޯޝީއެވެ. ދީޕަކު ޖޯޝީ ނޭޕާލުން އިންޑިއާއަށް ދިޔައީ އޭނާއަށް ސިފައިންގެ ތެރެއަށް ވަދެވޭނޭ ގޮތް ހަދައިދޭނޭކަމަށް މީހަކު ބުނެގެންނެވެ. އެކަމަކު އެކަމެއްނުވިއެވެ. އޭނާއަށް ޖެހުނީ މީހަކު މެރިކަމުގެ ތުހުމަތުގައި ޖަލަށް ވަންނާށެވެ. ޝަރީޢަތެއް ނުކޮށް 41 އަހަރު ބަންދުގައި ބެހެއްޓި މީހާގެ މައްސަލަ ކަލްކަތާގެ ހައިކޯޓުން ބެލުމަށް ފަހު ހުޅަގު ބެންގާލުގެ ސަރުކާރުގެ މައްޗަށް […]
އެފްއެސްއެމްގެ މުއައްޒަފުންނަށް ދެން މުސާރަދޭނީ މިނިމަމްވޭޖާ އެއްގޮތަށް: އެމްޑީ
ތެލުގެ ވިޔަފާރިކުރާ ފިއުލް ސަޕްލައި މޯލްޑިވްސް( އެފްއެސްއެމް)ގެ މުވައްޒަފުންގެ މުސާރަ މި މަހު ލިބޭނީ މިނިމަމް ވޭޖާއި އެއްގޮތަށް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ. އެފްއެސްއެމް ރީބްރޭންޑް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގަސަމް ވިދާޅުވީ ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް އަމަލުކުރަން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް އެކުންފުނިން މިހާރު ކޮށްފައިވާކަމަށެވެ. “ އެގޮތުން ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް ގެންނަ ބަދަލާއިއެކު އެފްއެސްއެމްގެ 185 މުވައްޒަފުންގެ މުސާރައަށް ހެޔޮ […]
ކުޑަކުދިންގެ ހިޔާގެ މުއައްޒަފުންނަށް ދިން ނޯޓިސް ބާތިލުކޮށްފި
ޖެންޑާ މިނިސްޓްރީގެ ދަށުން މާލެސިޓީ ވިލިގިލީގައި ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާ މުވައްޒަފުން ވަކިކުރަން ދިން ނޯޓިސް ބާތިލްކޮށްފިއެވެ. ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ނޯޓިސް ދިނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ޖެންޑަރ މިނިސްޓްރީން އޭރު ބުނީ ހިޔާގެ މުއައްޒަފުން ވަކިކުރަން ނޯޓިސް ދިނީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން މާ ގިނަ […]
އައްޑޫސިޓީ މިސްކިތަކަށް ބޮޑުކަމުދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި
އައްޑޫސިޓީ މިސްކިތަކަށް ބޮޑުކަމުދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޑޮކްޓަރަށް ދެއްކުމުން، އޭނާ ޖަލުގައި ބަހައްޓިފިނަމަ އިތުރަށް ހާލަތު ގޯސްވާނެ ކަމަށް ޑޮކްޓަރުން ލަފާދިނުމާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހާ ރަނގަޅަށް ބަލަހައްޓަން އޭނާގެ […]
ޝައިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވަނީ
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، މި މަހު 22ން 23 އަށް ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން ބުނީ ޝައިޚް ހަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައިވާއިރު މި ވާހަކަފުޅުތަކުގައި، ދެ ގައުމުގެ […]
އިންޑިއާ ކަނޑުގެ މައްޗަށް އިންޑިއާގެ ބާރެއްނެތް
އޭޕްރީލް 7 ވަނަ ދުވަހު ލަކްޝްވަޑީޕްގެ ރަށްތަކުގެ ކައިރިން އެމެރިކާއަށް ނިސްބަތްވާ ބާރކް-ކްލާސް ޔޫއެސްއެސް ޖޯން ޕޯލް ޖޯންސް ނަމަކަށް ކިޔާ ނޭވީ އުޅަނދެއް ދަތުރު ކުރުމާ ގުޅިގެން އިންޑިއާގެ ޗައިނާއާދެކޮޅު ފިކުރުގެ މީހުންގެ ހިތްތަކުގައި ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. އިންޑިއާގެ މަޤްބޫލު ބައެއް ނޫސް ތަކުގައި ބުނެފައިވާ ގޮތުން މި ހާދިސާ އަކީ ”ކުއަޑް ގްރޫޕަށް ނިސްބަތްވާ ގައުމުތަކުން ދެ ގައުމެއްގެ މެދުގައި ދިމާވި މައްސަލައެކެވެ.“ ނަމަވެސް ޗައިނާއާ ދެކޮޅު ފިކުރުގެ އެނަލިސްޓުން ޓްވީޓްކޮށްފައިވާ […]