ފަތުރުވެރިކަމުގެ ރަން ޔޫބިލް ލޯގޯ އަންނަ މަހުންފެށިގެން ރަސްމީ ލިޔުންތަކުގައި ބޭނުންކުރަން ނިންމައިފި
އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރު ކަމަށްވުމާއެކު، އެ އަހަރު ފާހަގަކުރެއްވުމުގެ ގޮތުން އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ”2022 :ފަތުރުވެރިކަމުގެ ރަން އަހަރު“ ގެ ލޯގޯ، ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީ -މެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވައިފިއެވެ. މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމުގައިވާ […]
ޕިކްނިކް އައިލެންޑް މާޗްގައި ނިމޭނެ
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދާނެ ރަށެއް ނެތް މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް ކ. ކުޑަގިރި ފަޅު ހިއްކައިގެން ހެދުމަށް ހަމަޖެހިފައިވާ ޕިކްނިކް އައިލެންޑް މާޗް މަހު ނިމޭނެ ކަމަށް ޕްލޭނިން މިނސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ޕިކްނިކް އައިލެންޑްގައި މަސައްކަތް ހިނގާ ކަމަށާއި އަންނަ އަހަރުގެ މާޗް މަހު ނިމޭ ހިސާބު ރަށް ތަރައްގީކޮށް ނިމޭނެ ކަމަށެވެ. ފަސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް މި […]
ކޮމަންޑޫ ދާއިރާގެ ވޯޓާސް ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު މިއަދު ގެޒެޓް ކޮށްފައެވެ. ކޮމަންޑޫ ދާއިރާގއި ހިމެނެނީ ށ.ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށި އެވެ. ފެބްރުއަރީ ފަސްވަނަ ދުވަހު ބޭއްވުމަށް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ […]
ރަޝީއާ ޔޫކްރޭން އަށް އަރާނެ ކަމުގެ ބިރު ބޮޑު ވަނީ ހުޅަނގުގެ ސަބަބުން: ޕުޓިން
ރަޝިއާއިން ޔޫކުރޭނަށް އަރާނެ ކަމުގެ ބިރު ބޮޑުވެ ޔޫރަޕްގައި ނުތަނަވަސްކަން ބޮޑުވުމުގެ ސަބަބަކީ ހުޅަނގުގެ ގައުމުތައް ކަމަށް ރަޝިއާގެ ރައީސް ވްލަޑަމިރް ޕުޓިން ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ”ފިނި ހަނގުރާމަ“އެއްގެ ނަތީޖާ އެމެރިކާއިން ދެނެގަނެފައި ވަނީ ނުބައިކޮށް ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ. އަންގާރަ ދުވަހު މިލިޓަރީ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ވަނީ ހުޅަނގުގެ ގައުމުތަކުން އަޅާ ފިޔަވަޅުތަކާ އެކަށީގެންވާ ގޮތަށް ރަޝިއާއިން އަމަލު ކުރާނެ ކަމަށާއި ރަޝިއާއިން އެމީހުންގެ މިލިޓަރީ އަދިވެސް ކުރިއަރުވާނެ ކަމަށް […]
ކީއްތަ މިވަނީ؟ – އުތީމު އާދަމްބެ
ދިވެހީންގެ މީހަކު މޮޔަވިއަސް ވަދެގަންނަނީ ގޮސް މިސްކިތަށް ތިބެގެން އިތުރު ގޯނާ ދެނީ މަތިވެރި މުޤައްދަސްވީ ފޮތަށް މަސްތެއް ވެގެން ހޭދެބަ ވިއަސް ކުރަނީ ނަޖިސް ގޮސް މިސްކިތަށް ގަސްދެއް ނެތަސް ޖެއްސުން ކުރަން އެނގެނީ އެކަނި ހަމަ މާތް ފޮތަށް ކޮށްފާ އެތައް ގިނަ ކުށްކުށާ ހުއްޓަސް ކުރިން ޢަމަލާ ނުބައި ދައްކައިފި ނަމަ ބުނެފާނެއޭ ހުސްވެފަ ހުރީއޭ ގޮސް ފަތަށް ދެން ނޯވެއޭ ކުރެވޭ ކަމެއް އަދަބެއް ދެވޭނޭ ވެސް މަގެއް ދެން ވެސް […]
ހުޅުމާލެ ކުނިގޮނޑަކަށް
މާލޭ ސަރަޙައްދު ކުނިބުނިން ރައްކާތެރި ކުރުމަށް އުފައްދާފައިވާ ކުންފުނި ވެމްކޯއިން ހުޅުމާލޭގެ ބައެއްފުލެޓް ތަކުން ނެރޭ ކުނިބުނި ނުނަގައި ބެހެއްޓުމުގެ ސަބަބުން އެސަރަޢްދު ތަކުގައި ނުރައްކާތެރި ބައްޔެއް އުފެދިދާނެ ކަމުގެ ބިރާ ކުރިމަތި ލާން ޖެހިއްޖެއެވެ. ހުޅުމާލޭ ޣާޒީ ސްކޫލްގެ ފުރަގަހުގައި އޮންނަ އިރުދޭމާހިނގުމުގެ ޕޭމަންޓް މަތީގައި ގިނަ ޢަދަދެއްގެ ކުނިބުނި އުކާނުލައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މި ކުނިބުނި ތަކުގެ ތެރޭގައި ކުނިވެ ނުބައި ވަސްދުވާ ބާވަތްތަކުގެ ކުންޏާއި ގުއި ނެޕީފަދަ ތަކެތި ހިމެނިފައިވާއިރު […]
އިތުރު އެއާޕޯޓްތަކެއް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފި
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ހަ ރަށެއްގައި އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް އަނެއްކާ ވެސް އިއުލާންކޮށްފި އެވެ. ޕްލޭނިން މިނިސްޓްރީން ވަނީ ހަ ރަށެއްގައި އެއާޕޯޓްތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެއާޕޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކަކާއި ހަރަދުތައް ހދ. މަކުނުދޫ – 23.3 މިލިއަން ޑޮލަރު ށ. ބިލަތްފަހި – 23.6 މިލިއަން ޑޮލަރު ބ. ތުޅާދޫ – 21.9 މިލިއަން ޑޮލަރު ތ. ވިލުފުށި – 33.3 […]
އެއްމެދު އިމާރާތުގެ ބިލު ތަސްދީގު ކުރައްވައިފި
އެއްމެދު އިމާރާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މިއަދު ތަސްދީގުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ބިނާކުރާ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކުރުމާއި، އެއްމެދު އިމާރާތްތަކުގައި ހިމެނޭ ޔުނިޓުތައް ގަނެވިއްކުމާއި މިލްކުކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އެއްމެދު އިމާރާތްތައް ބެލެހެއްޓުމާއި ބޭނުންކުރުމުގެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ. މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގައި ބިނާކުރާ އިމާރާތްތައް، އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި އެއްމެދު އިމާރާތެއްގައި ހިމެނޭ ޔުނިޓުތައް، ވަކިވަކި ފަރުދުންނަށް ނުވަތަ ވަކި […]
ޢުމަރު ޒާހިރު: އެއީ ލާމަސީލު މިސާލެއް
ގައުމަށް ޚިދުމަތް ކުރެއްވުމާއި އަމިއްލަފުޅު ދިރިއުޅުއްވުމުގައި ލާމަސީލު ރީތި މިސާލުތަކެއް ދެއްކެވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު 85އ ކޮވިޑް ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރު ދޭއްޖެހި ފަހުން އަވަހާރަވެއްޖެއެވެ. މަރުޙޫމް ޢުމަރު ޒާހިރުގެ ކަންތައްތައް ވަރަށް ގާތުން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ކޮވިޑުގެ އާލަސްކަންފުޅު އުމަރު ޒާހިރަށް ޖެހިވަޑައިގެންނެވިކަން ފާހަގަ ކުރެވުނީ އެމަނިކުފާނުގެ ޚަރަދުގައި ފުވައްމުލަކުގައި އިމާރާތްކުރި މިސްކިތް ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެވަޑައިގެންނެވިފަހުންނެވެ. […]
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގައްދޫ ކައުންސިލް ރައީސް މިނިވަންވެއްޖެ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަކުރި ގދ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު (އެމްޑީ)އަށް ދައުލަތުން އުފުލި ދައުވާތައް ސާބިތު ނުވާ ކަމަށް ކަނޑައަޅައި އޭނާ މިނިވަންކޮށްފި އެވެ . ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލާފައިވަނީ މީގެކުރިން 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގި ކަމަށް ބުނެ އެވެ. […]