ރަޝީއާ ޔޫކްރޭން އަށް އަރާނެ ކަމުގެ ބިރު ބޮޑު ވަނީ ހުޅަނގުގެ ސަބަބުން: ޕުޓިން

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
ރަޝީއާ ޔޫކްރޭން އަށް އަރާނެ ކަމުގެ ބިރު ބޮޑު ވަނީ ހުޅަނގުގެ ސަބަބުން: ޕުޓިން

ރަޝިއާއިން ޔޫކުރޭނަށް އަރާނެ ކަމުގެ ބިރު ބޮޑުވެ ޔޫރަޕްގައި ނުތަނަވަސްކަން ބޮޑުވުމުގެ ސަބަބަކީ ހުޅަނގުގެ ގައުމުތައް ކަމަށް ރަޝިއާގެ ރައީސް ވްލަޑަމިރް ޕުޓިން ވިދާޅުވެއްޖެއެވެ. މީގެ އިތުރުން “ފިނި ހަނގުރާމަ”އެއްގެ ނަތީޖާ އެމެރިކާއިން ދެނެގަނެފައި ވަނީ ނުބައިކޮށް ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

އަންގާރަ ދުވަހު މިލިޓަރީ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ޕުޓިން ވަނީ ހުޅަނގުގެ ގައުމުތަކުން އަޅާ ފިޔަވަޅުތަކާ އެކަށީގެންވާ ގޮތަށް ރަޝިއާއިން އަމަލު ކުރާނެ ކަމަށާއި ރަޝިއާއިން އެމީހުންގެ މިލިޓަރީ އަދިވެސް ކުރިއަރުވާނެ ކަމަށް ވިދާޅުވެފައެވެ.

“އެމީހުން ނޭޓޯ ބޮޑުކޮށް މިސައިލް ޑިފެންސް ޓްރީޓީތަކާ ޚިލާފު ވެފައި ވަނީ ކީއްވެ؟ ޔޫރަޕްގައި ބޮޑުވަމުންދާ މި ނުތަނަވަސްކަމުގެ އަސްލު ސަބަބަކީ އެމީހުން.” ޕުޓިން ވިދާޅުވިއެވެ.

ޕުޓިން މިހެން ވިދާޅުފައި ވަނީ އެމެރިކާ އަދި ނޭޓޯގެ ގައުމުތައް ޔޫރަޕްގެ އިރުމައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް އެދިވަޑައިގަންނަވަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ފިނި ހަނގުރާމައިގައި ކާމިޔާބު ވިކަމަށް އެމީހުން އަމިއްލައަށް ދެކި އެމެރިކާއިން ވަނީ އަޅާ ފިޔަވަޅުތަކުގައި ފަރުވާ ކުޑަކޮށްފައެވެ.

އެމެރިކާއިން ހާމަކުރިގޮތުގައި ރަޝިއާއިން ވަނީ ޔޫކްރޭންގެ ބޯޑަރު ކައިރީގައި އެތައް ހާސް ސިފައިންނެއް ޖަމާ ކޮށްފައެވެ.

ރަޝިއާއިން ވަނީ ޔޫކްރެއިން ނޭޓޯއަށް ނުވެއްދުމަށާއި ޔޫކްރޭނަށް ހަތިޔާރު ނުފޮނުވަމަށް އެދިފައެވެ.

ރަޝިއާއިން މިހެން އެދިފައި ވަނީ ނޭޓޯ މެދުވެރިކޮށް ރަޝިއާ އާއި އެމެރިކާ ދެމެދު މެދު ހެދުނު ރަޝިއާ އެމެރިކާ ސެކިއުރިޓީ ޓްރީޓީ އެއްގައެވެ. ރަޝިއާއިން މިހެން އެދިފައި ވަނީ ރަޝިއާގެ ގިނަ ސިފައިން ޔޫކްރެއިން ސަރަހައްދަށް ޖަމާކުރުމާ ގުޅިގެން ނުތަނަވަސްކަން ބޮޑުވެފައިވާ ދަނަޑިވަޅެއްގައެވެ.

ރަޝިއާއިން ވަނީ ޔޫކްރޭންއަށް ނާރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ރަޝިއާއިން ވަނީ ނޭޓޯއަށް ޔޫކްރޭން ނުވައްދާނެ ކަމަށާއި ޔޫކްރޭނަށް ހަތިޔާރު ނޭޓޯއިން ނުފޮނުވާނެ ކަމުގެ ގާނޫނީ އެއްބަސްވުމެއް އެކުލަވާލުމަށް އެދިފައެވެ.

އަންގާރަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި ޕުޓިން ވަނީ ރަޝިއާގެ އެދުންތަކާ ބެހޭ ގޮތުން އެމެރިކާއާއި ބްރުސެލްސް އާއި އެކު ބިނާ ކުރެވެނީ ގޮތަކަށް ވާހަކަދެއްކުމަށް އުއްމީދު ކުރާކަމަށް ވިދާޅުވެފައެވެ. ހަމަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރަޝިއާގެ ދިފާއީ ވަޒީރު ސަރގެ ޝޯގު ވަނީ ރަޝިއާގެ ބޯޑަރު ކައިރީގައި 8،000 އެމެރިކާގެ ސިފައިން ތިބި ކަމަށާއި ގިނަ އަދަދެއްގެ ތަމްރީންތައް ވެސް އެ ސަރަހައްދުގައި ނޭޓޯއާއި އެމެރިކާ އިން ކުރިޔަށް ގެންދާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ޝޯޖޯ ވިދާޅުވިގޮތުގައި ނޭޓޯއިން ޔޫކްރޭންގެ ސިފައިން އެމީހުންގެ ތަމްރީނުތަކުގައި ބައިވެރި ކުރުވުމަކީ ރަޝިއާއަށް އޮތް ސަލާމަތީ ނުރައްކަލެކެވެ.

 

 

One Response

  1. ތިއީ ވަރަށް ބޮދު ތެދެއް. ރަޝިޔާ ގޮސް ހޮނޮލޫލޫ ހިސާބުގައި ބައިބައިކުރަން ވާގިވެރިވެބަލަ އެމެރިކާއަށް ވާގޮތް އެނގޭނެ. ވީމާ ރަޝިޔާގެ ބޯޑަރގައި އޮންނަ ގައުމަކަށް ހުތްދީގެން ރަޝިޔާ އާއި ކުޅެން އުޅުމަކީ ބަޑިބޭހާއި ކުޅުން ކަހަލަ ކަމެއް. ޕުޓިން އަތްޕުޅުގައި ލައިޓަރު އޮތިއްޔާ ފީތާގައި ހުޅުޖަހާނެ. އެއީ އެކަން ވާނޭގޮތް ދޮއްތޯ؟ އެމެރިކާއާއި އިންގިރޭސިންގެ ހިޕޮކްރަސީއަސް ތަންދީގެން ނުވަނެއެވެ.

ފަހުގެ އަޕްޑޭޓް