ހިދުމަތްތެރި ކެޔޮޅު އެވޯޑަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާލެ އަތޮޅުން ހޮވާ އެންމެ ހިދުމަތްތެރި ކެޔޮޅުގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ ހިދުމަތްތެރި ކެޔޮޅަކަށް ވުމަށް އެދި ކުރިމަތި ލެވޭނީ މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ކަމަށެވެ. އަދި އެމީހަކީ އުމުރުން 35 އަހަރުން ދަށް މީހެއްކަމަށް ވާންޖެހޭނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ހާމަކުރެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް […]
ޕާކިސްތާން ފުލުހަކު އޭނާގެ ދަރިން ވިއްކާލުމަށް މަގުމަތީގައި
ޕާކިސްތާނުގެ ފުލުހަކު މަގެއްގެ މަތީގައި އޭނާގެ ދަރިން ވިއްކާލުމަށް މަސައްކަތް ކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ފުލުސް މީހާ އޭނާގެ ދެ ފިރިހެން ދަރިން ވިއްކާލުމަށް މަސައްކަތްކުރީ ރިޝްވަތުގެ ގޮތުގައި އޭނާގެ މަށްޗަށް ތިބި މީހުންނަށް ދޭންޖެހޭ ފައިސާއެއް އޭނާ އަށް ނުދެވުމުންނެވެ. ފުލުސް މީހާ ދަރިން ވިއްކުމަށް ގޮވާލާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ވާނުވާނޭގިފައިވާ ދެ ކުދިން އޭނާގެ ކައިރީގައި ތިބި އިރު ފަހަރަކު ކުއްޖަކު […]
ސަލްމާން ޚާން މުސްލިމުން ކޮވިޑް-19ގެ ވެކްސިން ޖަހަން ހޭލުންތެރިކަން އުފައްދަން އެއްބަސްވެއްޖެ
އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒުތަކާއި ހިންދީ ފިލްމީ ތަރިންގެ މައި މަރުކަޒުކަމަށްވާ މަހާރާޝްޓްރާގެ ވަރަށް ގިނަ މުސްލިމުން ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ވެކްސިން ނުޖަހައެވެ. އެކަމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް މަހާރާޝްޓްރާގައި އުފެދިދާނެކަމަށް ބަލައި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ސިޔާސީ ލީޑަރުން ވަނީ ވެކްސިން ޖެހުމާ ގުޅޭ ގޮތުން މުސްލިމުންގެ ތެރޭގައި ހޭލުންތެރިކަން އުފައްދައި ދިނުމަށް ސަލްމާން ޚާންގެ ކިބައިން އެދިފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ސަލްމާން މިހާރު ވަނީ ވައިރަހުން ރައްކާތެރިވުމަށް ވެކްސިން ޖެހުމާ […]
އިންޑިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެ
އިންޑިއާގެ ވައިގެ ސިފައިންގެ އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރެއް ވެއްޓި ހަލާކުވެއްޖެއެވެ. އިންޑިއާގެ މީޑިއާއިން ޚަބަރު ދިން ގޮތުގައި ހެލިކޮޕްޓަރ ވެއްޓި ހަލާކުވީ އަރޫނާޗަލް ޕްރަދޭޝްގެ ރަށަކަށް ޖައްސަން އުޅެނިކޮށް ދިމާވި ހާދިސާއެއްގައެވެ. ހެލިކޮޕްޓަރ ވެއްޓުމުގެ ހިތާމަވެރި ހާދިސާ ހިނގިއިރު އޭގައި ދެ ޕައިލެޓުންނާއި އިތުރު ތިން މީހުން ތިއްބެވެ. އެއިން އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންނުވެ ސަލާމަތްވިއެވެ. އިންޑިއާގެ މީޑިއާއިން ހާމަކުރިގޮތުގައި ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ހެލިކޮޕްޓަރ ވެއްޓުނު ހާދިސާ ހިނގަން މެދުވެރިވި ސަބަބު […]
ބަދަލުވަމުންދާ ދުނިޔޭގެ ބައެއް މުސްލިމް ޝަޚްސިއްޔަތު
ކޮންމެ ގައުމެއް ނުވަތަ އާބާދީއެއްގައި ދިރިއުޅޭ ބައެއްގެ ތެރޭގައިވެސް އެންމެ މުހިންމު ކަމެއްގެގޮތުގައި ބަލާނީ އެބައެއްގެ ދީނާއި އާދަކާދައެވެ. ބައެއްފަހަރު ދީނުގެ އަގީދާގެތެރެއަށްވެސް އާދަކާދަވަދެ މަސްހުނި ވެފާއެބަހުއްޓެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައިވެސް ދާދި ފަހަކާ ޖެހެންދެން މިކަހަލަ ގިނަ އާދަކާދަތެއް އަށަގެންފާހުއްޓެވެ. މިސާލަކަށް ޒިޔާރަތްތަކަށްގޮސް ނަދުރުބުނުމާއި މަރުވެގޮސްފައިވާ ވަލީވެރި ބޭކަލުންނަށް ގޮވުމާއި މުސްތަގްބަލް ދެނެގަތުމަށްޓަކައި ކޮށް އުޅުނު ކަންތައްތަކެއްވެސް ހުއްޓެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމެއްގެ ސަބަބުން ދީނުންބޭރުވެގެން ހިނގައިދާނެ ކަމަކަށް ނުދެކެއެވެ. ހިތުގައި އޮންނަ އީމާން […]
ސިފައިންގެ މީހާ ރަހީނުކޮށް އަނިޔާކުރި ވާހަކަ ފުލުހުން ދޮގުކޮށްފި!
މާލޭގެ މަގުމަތިން ރޭ މީހަކު ރަހީނުކޮށް އަނިޔާކޮށްފައިވާ ކަމަށް އަޑުފެތުރިފައިވި ނަމަވެސް އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. އެމްއެންޑީއެފްގެ ކޯސްޓްގާޑުގައި މަސައްކަތް ކުރަމުންދާ ހަސަން ފަހީމް، 37، ރަހީނުކޮށް ޕާކެއްގެ ތެރެއަށް އެއްލާލި ކަމަށް އޭނާގެ އާއިލާ އާއި އެމްއެންޑީއެފްއިން ބުނި ނަމަވެސް އެއީ އެކަން ހިނގިގޮތް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާގައި ސިފައިންގެ މީހާއަށް އަނިޔާވެފައިވާ ސަބަބު ދެނެގަތުމަށް އިތުރަށް މައްސަލަ ތަހުގީގު ކުރަމުން އަންނަ […]
ތިނަދޫން މީހުން ރަށުން ބޭލުމުގެ ތެރެއިން -1
އަޅުގަޑުގެ ބައްޕަ ނިސްބަތްވާ ރަށަށް ތިނަދޫން ބާލާފައިވާ ދެ ޢާއިލާއެއް ހިޖުރަ ކުރިއެވެ. ދެ ޢާއިލާ އަކީ ތިނަދޫގެ ނަންހުރި ދެ ޢާއިލާ ވެސް މެއެވެ. އެ ދެ ޢާއިލާ އެރަށަށް ހިޖުރަ ކުރުމަށްފަހު ރަށުން ބޭލުމުގެ ހިތްދަތި އިޙުސާސްތައް ތަޙަމަލް ކުރަމުން އައީ މިދެންނެވި ރަށުގައެވެ. އެންމެންވެސް ދުވަސް ކޮޅަކު އެ ރަށުގައި އުފާފާގަތި ކަން މަތީގައި ދިރިއުޅުނެވެ. ހ.ފަސްދޫ (އަސްލު ނަމެއް ނޫން) އަކީ ހ. އަތޮޅުގެ އެންމެ މީހުން މަދު […]
ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިންޑިއާގެ “ ނެޓް ޒީރޯ“ އަމާޒަށް ރައީސް ސާލިހު ތައުރީފް ކުރައްވައިފި
ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ އިންޑިއާގެ “ ނެޓް ޒީރޯ“ އަމާޒަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ތައުރީފް ކުރައްވައި ވާހަގަފުޅު ދައްކަވައިފި އެވެ. އިންޑިއާގެ ނެޓް ޒީރޯ އަމާޒަށް ތައުރީފްކުރައްވައި ރައީސް ވާހަކަފުޅު ދެއްކެވީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އަށް އެރުއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުން ބުނީ އިންޑިއާ އާ […]
އިންޑިއާގެ އާ ސަފީރު ރައީސުލް ޖުމްހޫރިއްޔާއަށް ފަތްކޮޅު އަރުވައިފި
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަދު އަރުވައިފިއެވެ. ރައީސް އޮފީހުން ބުނީ އިންޑިއާ ސަފީރުގެ ފަތްކޮޅު އެރުއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާރެއްގައި ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި އިންޑިއާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކަވައިފައި ކަމަށް ވެސް […]
މޯލްޑިވިއަންގެ މުއައްޒަފުން ޒަހަމް ކުރުމަށްފަހު ކުންފުނީގެ ފައިސާ ފޭރިގެންފި
ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ އެ މުއައްޒަފުން ޒަހަމް ކުރުމަށްފަހު ފައިސާތަކެއް ފޭރިގެންފިއެވެ. ގައުމީ އެއާލައިން ”މޯލްޑިވިއަން“ ހިންގާ އައިލެންޑް އޭވިއޭޝަނުގެ އޭވިއޭޝަނުން ބުނީ އެކުންފުނީގެ ފައިސާތަކެއް ފޭރިގެންފައިވަނީ ފުވައްމުލަކުގައި ވަޒީފާ އަދާކުރާ ދެ މުއައްޒަފެއްގެ އަތުންކަމަށެވެ. އެކުންފުނިންބުނީ ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތްކުރާ އެ ދެ މުވައްޒަފުންނަށް ހަމަލާދިނީ އިއްޔެގެ ސޭލްސް ނިންމުމަށްފަހު ފައިސާ ހިފައިގެން ދަނިކޮށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދިނުމަށްފަހު ކަމަށެވެ. މި ހަމަލާގައި ޒަހަމްވި […]