ފުލުހުން ކުޑަކުއްޖަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
ފުލުހުން ކުޑަކުއްކަޖަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލްމީޑީއާގައި ދައުރުވަމުން އަންނަ ވިޑިއޯއާ ގުޅިގެން އެ މައްސަލަ ބަލަން ފަށައިފިއެވެ. މި ވީޑިއޯއަކީ އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ފުލުހުން ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯކެވެ. މި ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު ފުލުހުންނާއެކީ މަގުމަތީ ހަމައެކަނި ސޯޓެއް ލައިގެން ހުއްޓައެވެ. އެކުއްޖާ ވީޑިއޯގައި ބުނެފައިވަނީ އޭނާގެ އަތުގައި ބިޑި އަޅުވާފައި އޭނާއަށް އަނިޔާ ކުރި ކަމަށެވެ. އަދި އޭނާގެ […]
ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރަން ބަޔަކާ ހަވާލުކޮށްފި
ބ.ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ. ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރަން ހައުސިން މިނިސްޓްރީން އެމްޓީ ހޯގާޑް ޕްރައިވެޓާއި ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މިއެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓްރީ ޒީނިޔާ އަހްމަދެވެ. ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޖޯގަން ފެލްބޯގް ސްކަރަފްއެވެ. 14.7 މިލިއަން ރުފިޔާގެ މި މަޝްރޫގެ ދަށުން ކުޑަރިކިލު އިރުމަތީ ފަރާތުން 100 […]
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ މީހާކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން ދަނީ މ. ކޮޅުފުށި، ޒަހީރާމަންޒިލް، މުހައްމަދު ނަޒީމް (32އ) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުން ދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންކަމަށެވެ. މުހައްމަދު ނަޒިމް ބަންދުގައި ބަހައްޓައިގެން އާދީއްތަ ދުވަހުގެ […]
އެމްޑީޕީގެ ކޯލިޝަން ސަރުކާރު: ތަރައްގީއަށް އެޅިފައިވާ ހުރަހެއް
މިހާރު ރާއްޖޭގައި މިއޮތް ވެރިކަމަކީ ކޯލިޝަނަކުން ކުރާ ވެރިމެކެވެ. ހަމައެކަނި އެމްޑީޕީގެ މީހަކު ރައީސްކަމުގެ މަގާމުގައި ހުންނެވުން ފިޔަވައި އެމްޑީޕީގެ އެއްވެސް ބާރެއް މިވެރިކަމަކު ތެރެއަކު ނެތެވެ. މާޒީ ވެދިޔަތާގައި ކޯލިޝަނަކުން ކޮށްފައިވާ އެހެން ވެރިކަމާ މިވެރިކަން ތަފާތު ވަނީ އެންމެ ގޮތަކުންނެވެ. އެގޮތަކީ ކޯލިޝަން ނުރޫޅިއޮތްކަމެވެ. ތަންފީޒު ކުރަނީ ވެސް ހަމަ އެކަނި އެމްޑީޕީގެ ސިޔާސަތު ތަކެއްނޫނެވެ. މުޅި ކޯލިޝަން ގެމަޝްވަރާގެ މަތިން ހިންގާ މި ވެރިކަމަކީ އެމްޑީޕީގެ ވެރިޔަކު ހުރީތީ އެމްޑީޕީގެ ވެރިކަމެއް ކަމަށް […]
މިނިވަންކަން ގެއްލުމުން ދަރިންގެ ދަރިންނަށް ރައީސް ނަޝީދު ފޯރުކޮށްދެއްވާނީ ކޮންއެއްޗެއް؟
ރައީސް ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާއެކުގައެވެ. ދިވެހީންނަށް ލިބޭމިންވަރަކީ ދިވެހިންނަށް ޙައްޤު މިންވަރެއްނޫންކަމަށް ވިދާޅުވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ، ތިމަން މަނިކުފާނު ދިވެހިންނަށް ފޯރުކޮށްދެއްވަން ބޭނުންފުޅު ވަނީ މިއަދަށްވުރެ މާބޮޑު މާފުރިހަމަ މާދަމައެއް ކަމަށެވެ. ވެރިކަން ކުރަމުން ދަނީ އެމްޑީޕީންނެވެ. އެމްޑީޕީގެ ރައީސަކީ ރައީސް ނަޝީދެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ނަޝީދެވެ. ޖޭއެސްސީގައި ނަޝީދު އެބަ އިންނަވައެވެ. ގައުމުގެ މިއަދުގެ ހާލަތަށް ބަލާލަމާތޯއެވެ؟ މިނިވަން އިސްލާމީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ޢަޤީދާ ބަލިކަށިވެއްޖެއެވެ. […]
އެއްބަޑު އެއްބަފާ ދެ އަންހެނުން ޖާމިނުކޮށް އަންމަޓީ ދޫކޮށްލައިފި
ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނައި، މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދުމުގެ ތުމަތުކުރެވޭ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އަންމަޓީ) އޭނާގެ އެއްބަޑު އެއްބަފާ ދެ އަންހެނަކު ޖާމިނު ކުރުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ. އަންމަޓީގެ ފަރާތުން ޖާމިނުކޮށްފައި ވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ މަރިޔަމް ނައީމާ އަދި ކޮއްކޮ އަފީފާ މޫސާ އެވެ. އެމީހުން މިއަދު ކޯޓަށް ހާޒިރު ކުރުމަށް ފަހު […]
އޮޑިޓް އޮފީހަށް 90 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ބަޖެޓެއް ފާސްކޮށްފި
އޮޑިޓާ ޖެނެރަލް އޮފީހަށް އަންނަ އަހަރަށް 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އޮޑިޓް ކުރުމުގެ ޒިންމާ އަދާ ކުރާ އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރީ މަޖިލިހުގެ ޖަލްސާގައި 49 މެމްބަރުންގެ އިއްތިފާގުންނެވެ. މިއީ އޮޑިޓް އޮފީހުގެ މިއަހަރުގެ ބަޖެޓަށް ވުރެ 9 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. އޮޑިޓް އޮފީހުގެ ބަޖެޓްގެ ގޮތުގައި މިއަހަރަށް ފާސްކޮށްފައިވަނީ […]
އައްސޭރި ޖަލަކީ ކުޑަކުދިން ބައިތިއްބަން އެކަށިގެންވާ ތަނެއް ނޫން: އެޗްއާރުސީއެމް
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ހަދާފައިވާ ކުޑަކުދިންނަށް ހާއްސަ ތަނަކީ އެ ކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއްގައި ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކަނޑައަޅައިފި އެވެ އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްސޭރި ޖަލުގައި ގާއިމް ކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ އެ ކުދިންނަށް ރައްކާތެރި އަދި ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ މައްސަލައެއްގައި ފާހަގަވެފައިވާ ކަމަށެވެ. […]
ފްލެމިންގޯ ވިއްކާ މައްސަލަ ބަލަން ފަށައިފި
ރާއްޖެއަށް މިދުވަސްވަރު ހިޖުރަކުރާ ފްލެމިންގޯ ހިފައި އެ ވިއްކާ މައްސަލަ ފެންމަތިވުމާއި ގުޅިގެން އެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ. އެޗްޕީއޭން ބުނީ ފްލެމިންގޯތައް ރާއްޖެ އިން ފެންނަމުން މި ދަނީ މި ދުވަސްވަރަކީ ހިޖުރަކުރާ ދޫނިތައް ގިނަ އަދަދަކަށް ރާއްޖެ އަންނަ ދުވަސްވަރުކަމަށް ވާތީކަމަށެވެ. ފްލެމިންގޯތައް ހއ އާއި ހދ ބައެއް ރަށްތަކުންވެސް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން އެ އަތޮޅު ބާރަށް، ފިއްލަދޫ އަދި މުރައިދޫންވެސް ފްލެމިންގޯތަށް ފެނިފައިވާއިރު ހދ. ކުޅުދުއްފުށީގެ ކުޅިން ވެސް […]
215 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ދެ މީހުންގެ ވަނަވަރު އާންމު ކޮށްފި
ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 215 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލްހާރިސް 33، އެވެ. ފުލުހުން ބުނީ މި ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ މި […]