ސަފާރީގައި ޖިންސީގޯނާ ކުރި މައްސަލައިގައި ދައުވާކޮށްފި

ހުޅުމާލޭ ފަޅުތެރާގައި އޮތް ސަފާރީއެއްގައި ރޭޕްކުރިކަމަށް ތުހުމަތުކުރެވި މީޑިއާގެ ސަމާލުކަން ލިބުނު މައްސަލައިގައި ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މަށްޗަށް ދައުވާކޮށްފިއެވެ. ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކޮށްފައިވަނީ ލ. ގަމު ނޫރަންގޭ އަބްދުﷲ ޝާންގެ މަށްޗަށެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރުދާއިރާގެ އެމްޑީޕީގެމެންބަރު ޖީހާން މަހްމޫދުގަ ފިރިކަލުންނެވެ. ޝާންގެ މަށްޗަށް ތިން ކުށަކަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވެއެވެ. އެއީ ޖިންސީ ގޯނާގެ ތުހުމަތުގެ އިތުރުން ގައިގައި އަތްލުމުގެ ކުށުގެ […]
ޙާކިމާގެ ސިފަތައް

މާތްވެގެންވާ އިސްލާމްދީނުގައި، މީސްތަކުންގެ މައްޗައް އިސްކުރެވޭ އެންމެ މަތީ ވެރިޔާގެ ކިބައިގައި އަންނަނިވި ސިފަތައް ހުރުން ވާޖިބު ވެގެންވެއެވެ. (1) މުސްލިމެއްކަމުގައިވުން: މާތްވެގެންވާ އިސްލާމްދީނުގައި މުސްލިމްނޫން މީހެއްގެ ވެރިކަމެއް ޞައްޙައެއް ނުވާނެ އެވެ. އެންމެ މަތީވެރިކަމަކީ މުސްލިމުންގެ ކަންތައްތައް ތަންޡީމު ކުރުމާ ގުޅިފައިވާ ޝަރުޢީ ހުކުމްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އެހެންކަމުން، މިޙުކުމްތަކަށް އީމާންނުވާ މީހެއްގެ ވެރިކަމެއް ސައްޙައެއް ނުވާނެއެވެ. 2)ފިރިހެނެއް ކަމުގައިވުން: މާތްވެގެންވާ އިސްލާމްދީނުގައި އަންހެނެއްގެ ވެރިކަން ޞައްޙައެއް ނުވާނެއެވެ. މިއީ ޝާފިޢީ މަޛުހަބުގައިވެސް މިކަން އޮންނަ […]
ކެބިނެޓާމެދު ފަޚުރުވެރިވަން: އިންތިޚާބީ ރައީސް ބައިޑެން

ކެބިނެޓަށް ހޮއްވަވާނެ ހުރިހާ ބޭފުޅުންގެ ނަންތައް ކަނޑައަޅުއްވާފައި ވާކަމަށާއި އެބޭފުޅުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަމުގައި އެމެރިކާގެ އިންތިޚާބީ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. ”އެއީ ވަރަށް ހުނަރުވެރި ބޭފުޅުންތަކެއް.“ ބައިޑެން ވިދާޅުވިއެވެ. ”އެބޭފުޅުންނާމެދު އަޅުގަނޑު ފަޚުރުވެރިވަން.“ ބައިޑެންގެ ކެބިނެޓުގައި ކުރީގެ ރައީސް އޮބާއާއި ބިލް ކްލިންޓަންގެ ދައުރުގައި ވެސް އެކިއެކި މަގާމުތައް އަދާކުރެއްވި، ޚިދުމަތްތެރި، ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވައެވެ. ޖޯ ބައިޑެން އެމެރިކާގެ ރައީސްކަމުގެ ހުވައި ކުރައްވާނީ މި މަހު 20ގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަންނަވާނޭކަމަށް ރައީސް […]
ބައިނަލްއަޤްވާމީ ދަތުރުތައް ފެށޭނީ ކޮންއިރަކުން؟ މިއޮތީ މިހާރު އެނގިފައިވާ މިންވަރު

ކޯވިޑް19 ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިންޖެހައި ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަމުންދާތީ ކޮރޯނާ ވައިރަސްގެ ކޭސްތައް މިހާރު ދަނީ މަދުވަމުންނެވެ. މިއާއެކު ބައިނަލްއަޤްވާމީ ދަތުރުތަކުގެ އަދަދު މި އަހަރުގެ މެދުތެރޭގައި މައްޗަށް ދާނެ ކަމުގައި ދަތުރުފަތުރާ ބެހޭ މާހިރުންވަނީ ލަފާކޮށްފައެވެ. ލަންޑަން-ބޭސްޑް ޓްރެވެލް ކޮންސްޓެންސީއެއް ކަމަށްވާ ދަ ޕީސީ އޭޖެންސީގެ ފައުންޑަރ އަދި ސީއީއޯ ވަނީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުނިޔޭގެ ޙާލަތު މިހާރަށްވުރެ މާ ބޮޑުތަން ރަނގަޅު ވާނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. […]
ޔޫއެފްއޯތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކަށް 180 ދުވަސް

ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ ޑިސެމްބަރ މަހު ވަނީ، 2.3 ޓްރިލިއަންގެ ކޮރޯނާ ވައިރަސް ރިލީފް އަދި ގަވަމެންޓް ފަންޑިންގެ ބިލް ޤާނޫނަކަށް ހެދުމަށް ފާސްކޮށްފައެވެ. ހަމަމިއާއެކު އެދުވަސް ވެގެން ގޮސްފައިވަނީ އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކަށް ޔޫއެފްއޯތަކާ ބެހޭގޮތުން އެނގިފައިވާ މައުލޫމާތުތައް ކޮންގްރެސްއަށް ހިއްސާކުރުމަށް ދިން 180 ދުވަހުގެ ފެށުން ކަމުގައެވެ. ”އަންއައިޑެންޑިފައިޑް އޭރިއަލް ފެނޯމިނާ“ ގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކޮންގްރެޝަނަލް އިންޓެލިޖެންސަށާއި އާރމްޑް ސަރވިސެސް ކޮމެޓީތަކަށް ފޯރުކޮށްދިނުމަށްޓަކައި ޤައުމީ އިންޓެލިޖެންސްގެ ޑިރެކްޓަރ އަދި ޑިފެންސްގެ […]
ރައީސް ސާލިޙް އެކުވެނި ސިންތެޓިކް ޓްރެކް ބައްލަވާލައްވައިފި

އެކުވެނި ދުވާ ޓްރެކުގައި އަލަށް ޤާއިމުކުރެވުނު ސިންޓެތިކް ޓްރެކް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައްލަވާލައްވައިފިއެވެ. ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަޙްލޫފް ވެސް ވަނީ ޓްރެކް ބައްލަވާލައްވައިފައެވެ. ހަމައެއާއިއެކު ކުރީގެ ބައެއް އެތްލީޓުންނާއި، ސައުތް އޭޝިޔަން ގޭމްސްގެ ގޯލްޑް މެޑަލިސްޓް ސާއިދްވެސް ވަނީ ރައީސްގެ އަރިހުގައި ވަޑައިގަންނަވާފައެވެ. އެކުވެނީގައި ކުރިން އޮތް ވެލި ޓްރެކަކީ އެތްލީޓުންނަށާއި އާއްމުންނަށް ތަކްލީފްތަކަކާއި ކުރިމަތިލާން ޖެހޭފަދަ ގޮތަކަށް ހުރި ތަނެކެވެ. ވިއްސާރަ […]
ކާޑުތަކުގެ ލިމިޓް ކުޑަ ކުރިކަމަށް ބުނެ ދޮގުބަޔާނެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެލްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުން މުއާމަލާތް ކުރެވޭ ލިމިޓް މިހާރަށް ވުރެވެސް ކުޑަކޮށްފައިވާ ކަމަށް ބުނެ ދައުރުވަމުން ދަނީ ދޮގު ބަޔާނެއް ކަމަށް އެ ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ. ބީއެމްއެލްގެ ނަމުގައި ނެރެފައިވާ ބަޔާނެއްކަމުގައި ކަމަށމިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމެއްގައިވާ ގޮތުގައި ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި ކުރެވޭ މުއާމަލާތްތަކުގެ އަދަދު ވަނީ މަހަކަށް 150 ޑޮލަރަށް ކުޑަކޮށްފަ އެވެ. އެ ލިޔުން ދައުރުވެ އާންމުންގެ ބަހުސަކަށް ވުމުން […]
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުގެ މައްސަލަފަށައި ކޯޓަށް ހާޒިރުވުމަށް އަންގައިފި

ހުތުރު ބަހުން ވާހަކަދެއްކެވި ކަމަށްބުނެ ކޯޓަށް ވައްދާފައިވާ މައްސަލައިގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވާން އޭނާއަށް ޗިޓު ފޮނުވައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޮކްޓޯބަރު 26، 2020 ގައި އޭނާގެ މައްޗަށް އެ ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ދުވަހު އެ ކޯޓުގެ […]
ހޮނިހިރު ދުވަހު އިންޑިއާގައި ވެކްސިން ދޭން ފަށަނީ

އަންނަ ހޮނިހިރު ދުވަހު އިންޑިއާގައި ކޮރޯނާ ވައިރަސްގެ ވެކްސިން ދޭން ފަށާނެ ކަމަށް އެޤައުމުގެ ސަރުކާރުން އިޢްލާނުކޮށްފިއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ ވެކްސިން ޕްރޮގްރާމް ފެށުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޖުލައި މަހުގެ ނިޔަލަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުން ކަމަށެވެ. އިންޑިއާގައި ވެކްސިންގެ ޑޯޒް ފުރަތަމަ ދޭ މީހުންގެ ތެރޭގައި ހެލްތްކެއާ ސްޓާފުންނާއި ފްރަންޓްލައިން މަސައްކަތްތެރިން ހިމެނެ އެވެ. އެޤައުމުގެ ސަރުކާރުން ބުނެފައި ވަނީ އޭގެ ފަހުން […]
މަބްރޫކަށް ރައީސް އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ މަޤާމު އުފައްދަވައި އެ މަޤާމަށް މ. އަތައްސާގިރި މުޙައްމަދު މަބްރޫކް ޢަޒީޒު ޢައްޔަންކުރައްވައިފިއެވެ. އޭނާ މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ ނައިބުންގެ ފެންވަރުގައެވެ. މަބްރޫކް މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ […]