ޔޫއެފްއޯތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކަށް 180 ދުވަސް

Loading

Facebook
Twitter
WhatsApp

ރައީސް ޑޮނަލްޑް ޓްރަމްޕު މިދިޔަ ޑިސެމްބަރ މަހު ވަނީ، 2.3 ޓްރިލިއަންގެ ކޮރޯނާ ވައިރަސް ރިލީފް އަދި ގަވަމެންޓް ފަންޑިންގެ ބިލް ޤާނޫނަކަށް ހެދުމަށް ފާސްކޮށްފައެވެ. ހަމަމިއާއެކު އެދުވަސް ވެގެން ގޮސްފައިވަނީ އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީތަކަށް ޔޫއެފްއޯތަކާ ބެހޭގޮތުން އެނގިފައިވާ މައުލޫމާތުތައް ކޮންގްރެސްއަށް ހިއްސާކުރުމަށް ދިން 180 ދުވަހުގެ ފެށުން ކަމުގައެވެ.

”އަންއައިޑެންޑިފައިޑް އޭރިއަލް ފެނޯމިނާ“ ގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކޮންގްރެޝަނަލް އިންޓެލިޖެންސަށާއި އާރމްޑް ސަރވިސެސް ކޮމެޓީތަކަށް ފޯރުކޮށްދިނުމަށްޓަކައި ޤައުމީ އިންޓެލިޖެންސްގެ ޑިރެކްޓަރ އަދި ޑިފެންސްގެ ސެކްރެޓެރީއަށް ދެން އޮތީ ހަ މަސް ދުވަހަށްވުރެ ކުޑަ މުއްދަތެކެވެ.

މިއީ ފާސްކުރެވުނު ބިލްގައި ހިމެނިފައިވާ 2021ވަނަ އަހަރުގެ އިންޓެލިޖެންސް އޮތޮރައިޒޭޝަން އެކްޓްގެ ”ކޮމިޓީ ކޮމެންޓް“ ސެކްޝަންގައި ހިމަނާފައިވާ ޝަރުޠެކެވެ.

ސެނަޓް އިންޓެލިޖެންސް ކޮމިޓީގެ ޑިރެކްޓަރ ހާމަކުރެއްވި ގޮތުގައި މި ރިޕޯޓުގައި ނޭވަލް އިންޓެލިޖެންސްގެ އޮފީހާއި، ދަ އަންއައިޑެންޓިފައިޑް އޭރިއަލް ފެނޯމިނާ ޓާސްކްފޯހުގެ އިތުރުން އެފްބީއައިއިން ޔޫއެފްއޯ ޑޭޓާ އަދި އިންޓެލިޖެންސްއާ ބެހޭގޮތުން ހޯދާފައިވާ މައުލޫމާތުތައް ވަރަށް ސާފުކޮށް ހިމެނިފައި ހުންނަން ޖެހޭނެއެވެ. މީގެ އިތުރުން ފެޑެރަލް ގަވަރމެންޓަށް ހުށަހެޅޭ ރިޕޯޓުގައި، ދެނެގަނެވިފައިނުވާ ޖައްވީ ކަންތައްތަކާ ބެހޭގޮތުން ހޯދާފައިވާ މައުލޫމާތުތަކުގެ ސައްހަކަން ޔަގީން ކުރުމަށްޓަކައި އިންޓަރ އޭޖެންސީ ޕްރޮސެސްއެއް ހިމެނުމަށްފަހު އެކަމާ އޮފިޝަލަކު ހަވާލުވެފައި ހުންނަން ޖެހޭނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް