ބައިނަލްއަޤްވާމީ ދަތުރުތައް ފެށޭނީ ކޮންއިރަކުން؟ މިއޮތީ މިހާރު އެނގިފައިވާ މިންވަރު

Loading

Facebook
Twitter
WhatsApp

ކޯވިޑް19 ކޮންޓްރޯލް ކުރުމަށްޓަކައި ވެކްސިންޖެހައި ސަލާމަތީ އިތުރު ފިޔަވަޅުތައް އަޅަމުންދާތީ ކޮރޯނާ ވައިރަސްގެ ކޭސްތައް މިހާރު ދަނީ މަދުވަމުންނެވެ. މިއާއެކު ބައިނަލްއަޤްވާމީ ދަތުރުތަކުގެ އަދަދު މި އަހަރުގެ މެދުތެރޭގައި މައްޗަށް ދާނެ ކަމުގައި ދަތުރުފަތުރާ ބެހޭ މާހިރުންވަނީ ލަފާކޮށްފައެވެ.

ލަންޑަން-ބޭސްޑް ޓްރެވެލް ކޮންސްޓެންސީއެއް ކަމަށްވާ ދަ ޕީސީ އޭޖެންސީގެ ފައުންޑަރ އަދި ސީއީއޯ ވަނީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުނިޔޭގެ ޙާލަތު މިހާރަށްވުރެ މާ ބޮޑުތަން ރަނގަޅު ވާނެކަމުގެ ޔަޤީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ހާލަތު އަވަހަށް ރަނގަޅު ކުރުމަށްޓަކައި ކުރެވެން އޮތް ކަމަކީ ވެކްސިން ދިނުމާއި ވީހާވެސް ގިނަ މީހުން ޓެސްޓު ކުރުން ކަމަށް ޗާލްސްގެ އިތުރުން އެހެން ދާއިރާތަކުގެ މާހިރުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް މިވަގުތު އެންމެ ބޭނުންވާ ކަމަކީ ބޯޑަރ ތަކުގެ ދެމެހެއްޓެނިވި އެއްބާރުލުންކަމަށް ވެދާނެއެވެ.

ދުނިޔޭގެ ވައިގެ ބަނދަރުތައް ތަމްސީލު ކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ އެއް ކަމަށްވާ އެއަރޕޯޓްސް ކައުންސިލް އިންޓަރނޭޝަނަލް (އޭސީއައި) ގެ ޑިރެކްޓަރ ޖެނެރަލް ލުއިސް ފިލީޕޭ ޑީ އޮލިވީރާ ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކުވެސް ދުނިޔޭގެ މަސްރަހަށް ބަދަލުތައް އަންނަމުންދާ މިފަދަ ދަނޑިވަޅެއްގައި ދެމެހެއްޓެނިވި ބައިނަލްއަޤްވާމީ އެއްބާރުލުމެއް ނުލިބޭކަމަށް ވާނަމަ އެ ދާއިރާ ކުރިއެރުމަށް ވަރަށް އުނދަގޫ ވާނެއެވެ.

ކޮންމެ ޤައުމަކުންވެސް އަދިވެސް ދަނީ އެ ޤައުމެއްގެ ޞިއްޙީ އަދި އިޤްތިޞާދީ ދާއިރާތަކަށް ބަލައި އެ ޤައުމަކަށް އެންމެ ރަނގަޅުވާނެ ކަމަށް ފެންނަ ގޮތަށް ކަންކަން ކުރަމުންނެވެ. ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދީ ބާރު ކަމަށްވެފައިވާ ވައިގެ ދަތުރުފަތުރަކީ ގްލޯބަލް ކަމެއްގޮތުގައި ބަލައިގަނެ ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމުގައި ދަނީ ކުރިއެރުން ހޯދަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް