ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ މީގެފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި ކަނޑައަޅުއްވައި އެކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިން ނެރުއްވި ދެންނެވުން […]
މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައީ, ހުދުމުޚުތާރުކަން ހައްޔަރުކުރަން މިއޮތީ ޖެހިފަ: ފައްޔާޟް

މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައީ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ނުސީދާކޮށ ސަރުކާރަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ. ފައްޔާޟް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއައީ ކަމަށާއި އަނިޔާވެރިކަމާއި އޮޅުވައިލުމާއި ޚުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފައި ކަމަށެވެ. “ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ.“ ފައްޔާޟް މިގޮތަށް ލިޔުއްވީ ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް ނޭނގެއެވެ. ފައްޔާޟް މިހެން […]
އާސަންދަ ސްކީމްގެ ދަށުން ތައިލެންޑް އަދި ޔޫއޭއީއަށް ބަލި މީހުން ފޮނުވުމުގެ މަސައްކަތްތައް ފަށައިފި

އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ތައިލެންޑް އަދި ޔޫއޭއީއަށް ބަލި މީހުން ފޮނުވަންކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން މިއަދު ބުނެފިއެވެ. އާސަންދަ ސްކީމްގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް މިހާރު ފޮނުވަމުން ދަނީ ހަމައެކަނި އިންޑިއާ އަދި ސްރީލަންކާއަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ތައިލެންޑް އަދި ޔޫއޭއީއަށް ވެސް ސްކީމުގެ ދަށުން ބަލި މީހުން ފޮނުވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އާސަންދައިން ނެރުނު ބަޔާނެއްގައި ބުނީ އެކަމާ ގުޅިގެން ކުރަންޖެހޭ […]
ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ގައުމެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅައިފި

ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން މިއަދު ކަނޑައަޅާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލު ކުރެވިފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ އެތައް އަހަރެއް ވަންދެން މެދުނުކެނޑި ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ ހެދި ސާވޭއަކާ ގުޅިގެން ކަމަށެވެ. އެޗްޕީއޭއިން ބުނީ ސްކޫލުތަކުގައި ކިޔަވާ 6 އަހަރާއި 7 […]
ފާހާނާ ތަށި ތެރެއަށް ކުއްޖާ ވިހެއުމަށްފަހު ކުއްޖާ މަރައިިިިލި މަންމަގެ މައްޗަށް 3 ދައުވާއެއް

މިދިޔަ މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 9:28 ހާއިރު އދ.ދިގުރަށުގެ ކުނި ގޮނޑުން މަރުވެފައި އޮތް ކުއްޖަކު ފެނިފައިވާ މައްސަލައިގައި ސްރީލަންކާ ރައްޔިތެއް ކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށް 3 ދައުވާއެއް ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ހާމަކުރި ގޮތުގައި އެއިން އެއް ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އުފުލީ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް، ބަލިވެ އިންކަން ސިއްރުކޮށްގެން އުޅެ، […]
ގޭގައި ތިބެގެން މެމޯ ހެއްދޭނެ ގޮތް ހަދައި އިސް ރަށްވެހިންނަށް ޚާއްސަ ކްލިނިކެއް ހުޅުވައިފި

އައިޖީއެމްއެޗުގައި އިސް ރަށްވެހިންނަށް ޚާއްސަ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ. އިސް ރަށްވެހިންނަށް ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ޚިދުމަތް ތައާރަފުކޮށް މި ކްލިނިކް ހުޅުވައިދެއްވައި ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ މިއަދު ތައާރަފުކުރި ޚިދުމަތަކީ ޒަމާންތަކެއް ވަންދެން އިސް ރަށްވެހިން ކުރަމުން އައި އުންމީދުތަކެއް ހަގީގަތަކަށް ވެގެންދިއުން ކަމަށެވެ. މި ޚިދުމަތާއެކު އިސް ރަށްވެހިންނަށް ޚާއްސަ ސަމާލުކަމެއް ދީ އެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފުރަތަމަ […]
ސީރިއާގައި ތިބި 5 އާއިލާއެއް ރާއްޖެ ގެނެސްފި

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ މީހުންގެ ތެރެއިން ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހަކު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޢަލީ އިހުސާން ވަނީ ސީރިއާގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ދިޔަ މީހުންގެތެރެއިން ފަސް އާއިލާއަކަށް ނިސްބަތްވާ 21 މީހަކު ރޭ ފަތިހު ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 15 ކުދިންނާއި […]
މި މަހު 19 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެ އެކަކު ނިޔާވެއްޖެ

މިއަހަރުގެ މަހުގެ މިހާތަނަށް 19 މީހަކު އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައިވާއިރު އެކަކު ނިޔާވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާ ޕޮސިޓިވްވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ސަރަހައްދީ ގައުމު ތަކުގައި ވެސް އިންފްލުއެންޒާ އަދި ކޮވިޑް ފަދަ އަރިދަފުސް ރޯގާތައް އިތުރު ދުވަސް ވަރަކަށްވެފައި ސްކޫލް ބަންދާއި ދިމާކޮށް ދަތުރުފަތުރު ކުރުން އިތުރުވުމާ ގުޅިގެން […]
ސިއްހަތަށް ނުރަނގަޅު މިންވަރަށް ވައި ނުސާފު

މާލެ ސަރަހައްދަށް މިއަދު ވެސް ސިއްހަތަށް ނުރަނގަޅު މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް އެއާ ކޮލިޓީ އިންޑެކްސްއިން ދައްކައިފިއެވެ. ވައި ކޮލިޓީ ބެލުމަށް ހަދާފައިވާ އައިކިއު އެއާ ވިޝުއަލް އެޕުން ދައްކާ ގޮތުން މާލެ ސަރަހައްދުގެ ވައިގެ ނުސާފުމިން ހުރީ 168 ގައެވެ. މިއީ ސިއްހަތަށް ނުރަނގަޅު ކަމަށް ބަލާ މިންވަރެވެ. ވައިގެ ނުސާފު މިން މި މިންވަރުގައި ހުންނައިރު އާންމުކޮށް އެންމެންނަށް ވެސް ހިތަށާއި ފުއްޕާމެއަށް ނޭދެވޭ އަސަރުކުރުމާއި ބަލި ހާލަތު ގޯސްވުމުގެ ފުރުސަތު ބޮޑެވެ. […]
މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީއާއި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ފަސްކޮށްފި

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީއާއި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ފަސްކޮށްފިއެވެ. އެމްޑީޕީން ކުރިން ނިންމާފައި އޮތީ މި މަހުގެ 26 އަދި 27 ގައި ޕްރައިމަރީ ބޭއްވުމަށެވެ. އެމްޑީޕީން ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި އެދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއެކު އާއްމުކޮށް އެ ޕާޓީން ބުނީ އެ ދާއިރާތަކުގެ ޕްރައިމަރީ […]