3 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ގޭސް ކުންފުނީ ކުރީގެ އެމްޑީގެ މައްޗަށް 7 ދައުވާއެއް

މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދު މައުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނީ މި މައްސަލާގައި މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި މައުމޫން ހުރި ދުވަސްވަރު އެކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވާ ކަމަވެ. […]
އަންމަޓީގެ ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރު ސްޕްރީމް ކޯޓުން ބާތިލުކޮށްފި

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސްޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ. 2014 ވަނަ އަހަރު އޭރުގެ ސަރުކާރުން ހުޅުމާލެއިން ދޫކުރި ބިމެއްގައި 3,000 ފުލެޓު އިމާރަތްކުރުމަށް 280 މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އަންމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް ވަނީ އުފުލައިފައެވެ. މައިބަދައިގެ […]
ޔާމީން މިނިވަންކުރުން ލަސްކުރާކަމަށް ތުހުމަތު ކުރައްވައި ޖަމީލުގެ ވަރުގަދަ އިންޒާރުތަކެއް

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަންކުރުން ލަސްކުރާކަމަށް ތުހުމަތު ކުރައްވައި އެމަނިކުފާނުގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު ސަރުކާރަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައިފިއެވެ. ރައީސް ޔާމީން އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ޖަމީލު ވިދާޅުވީ ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައިވަނީ ނުހައްގުން ކަމަށާއި އިސްތިއުނާފު ނިމި އެތައް މަހެއް ފާއިތުވެ މައްސަލަ ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ […]
ސައިކަލެއް ކޮންޓްރޯލުނުވެ ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުނުވެ ގޮސް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަަކަށް އަނިޔާވެއްޖެއެވެ. ރޭގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގީ ފުވައްމުލައް ސިޓީ ބޮޑުފަންނު މަގުގައެވެ. ފުލުހުން ބުނީ އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ރޭ 22:15 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލުނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގޭ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާ މިއަދު […]
ރައީސް މުޢިއްޒު އިންޑިއާޔާ ހަނގުރާމަ އިއުލާނުކޮއްގެން ހުރިހާ ގެއްލުމެއް ދިވެހިންނަށް: ރޮޒައިނާ

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާޔާ ހަނގުރާމަ އިއުލާނުކޮއްގެން ހުރިހާ ގެއްލުމެއް ދިވެހިންނަށް ލިބިފައިވާކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ފާޑުވިދާޅުވެއްޖެއެވެ. ރޮޒައިނާ މިހެން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހާލު ސީރިއަސްވެގެން ގއ.ވިލިނގިލިން މާލެ ނުގެނެވި ލަސްވި އުމުރުން 13 އަހަރުގެ ފިރިހެންކުއްޖާ މިއަދު ނިޔާވުމާ ގުޅިގެންނެވެ. ނިޔާވި ކުއްޖާ ޑޯނިއަރގައި އަވަހަށް އިވޭޓްކުރެވެން އޮއްވައި ރައީސް މުޢިއްޒު ދެކޮޅު ހެއްދެވިކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. […]
ހޮންކޮންގް އެއާލައިންސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

ހޮންކޮންގް އެއާލައިންސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ. ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ހޮންގްކޮންގް އެއާލައިނުގެ ފުރަތަމަ ފުލައިޓު ޖެއްސީ ރޭ 19:30 ގައެވެ. މި ފުލައިޓުން 209 ޕަސެންޖަރުން ރާއްޖެ އައިސްފައިވާއިރު މަރުހަބާ ކިޔުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވައިފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި މި ހަފްލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު ވާންގް ލީޝިންގެ އިތުރުން ސަރުކާރުގެ އިސް ވުޒާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. […]
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ދެވަނަ ބައްދަލުވުން އިންޑިއާގައި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ދެވަނަ ބައްދަލުވުން އިންޑިއާގައި ބާއްވަން ނިންމައިފިއެވެ. ރާއްޖެއާއި އިންޑިއާއާ ދެމެދުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ދެ ގައުމުގެ އިސްވެރިން ހިމެނިވަޑައިގަންނަވާހެން ވަނީ ހައިލެވެލް ކޮމިޓީއެއް އުފައްދައިފައެވެ. މި ކޮމިޓީގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ މިދިޔަ އާދިއްތަ ދުވަހު މާލޭގައެވެ. އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީން ބުނީ ދެވަނަ މަޝްވަރާ ބައްދަލުވުން އޮންނާނީ އަންނަ […]
އިހުތިސާސްގެ ތެެރޭގައި ނެތް ފަޅު ރަށްތައް ކައުންސިލުތަކަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވައިލައިފި

އިހުތިސާސްގެ ތެެރޭގައި ނެތް ނަމަވެސް ކައުންސިލު ހިމެނޭ އިދާރީ ދާއިރާގައި ހިމެނޭ ފަޅު ރަށްތައް ކައުންސިލުތަކަށް ދޫކުރެވޭ ގޮތަށް ގަވާއިދެއް އެކުލަވައިލައި މިއަދު ގެޒެޓްކޮށްފިއެވެ. މި ގަވާއިދަކީ ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ތަރައްގީކުރުމަށް ނުވަތަ އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައިތަރައްގީކުރުން ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ކަމާ ގުޅޭ އެހެނިހެން އުސޫލުތައް ބަޔާން ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ. ”މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ […]
މަރުވެފައި އޮތް ދިވެހި ޒުވާނަކު ކަނޑުމަތިން ފެނިއްޖެ

މަރުވެފައި އޮތް ދިވެހި ޒުވާނެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެއެވެ. ފުލުހުން ދެންމެ ބުނީ ވެލައްސަރު ރިސޯޓު ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ. އެކަން ފުލުހުންގެ އިދާރާއަށް ރިޕޯޓުކުރީ މިއަދު 9:11 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައިވަނީ ކ.އަތޮޅު ރިސޯޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
“އާބަންކޯ“ ގެ ބަދަލުގައި އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފި

“އާބަންކޯ“ ގެ ބަދަލުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފިއެވެ. އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަނުގެ ގާނޫނީ ނަން ”ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން“ އަލުން އެ ކޯޕަރޭޝަނުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ މި ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ ނަން އާބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާ ކަމަށާއި ގާނޫނީ […]