ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ. ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އަށެވެ. ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 ކަމަށްވާއިރު މި އިންތިޚާބުގައި ވޯޓުލުމަށް 227 ފޮށި ވަނީ ބަހައްޓައިފައެވެ. ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލެވޭނެއެވެ. މާލޭގައި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، […]
ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ: ވޯޓުލުން އޮންނާނީ މާދަމާ 10 އިން 5 އަށް

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 17:00 އަށް ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފިއެވެ. ކޯލިޝަނުން ބުނީ ޕްރައިމަރީ ބާއްވާ ދާއިރާތަކުގެ އަދަދަކީ 73 ކަމަށާއި މި އިންތިޚާބުގައި ވޯޓުލުމަށް 227 ފޮށި ބަހައްޓާނެ ކަމަށެވެ. މާލޭގައި ފޮށި ބަހައްޓާތަން: ހެންވޭރު ދަނޑު (އަތޮޅުތަކުގެ ފޮށިތައް) ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް […]
ކަނޑިންމަ ރިސޯޓު ކައިރިން ނުވަ ފޫޓުގެ ކިނބުލެއް ފެނިއްޖެ

ދ.އަތޮޅުން ނުވަ ފޫޓުގެ ކިނބުލެއް ފެނިއްޖެއެވެ. މި ކިނބޫ ފެނިފައިވަނީ އެ އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓްގެ ފުއްޓަރު ކައިރިންނެވެ. އެމްއެންޑީއެފްއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް, ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ.ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރު ކަމަށެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި ސިފައިންގެ […]
އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައިފި

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ގުޅިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައި މިއަދު އެކަން އިއުލާނުކޮށްފިއެވެ. އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވީ މި ސަރުކާރު އައީ ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ނަމަވެސް އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދި ސަރުކާރުން އަމަލުކުރަމުންދާ ގޮތާމެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް […]
މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ސްޕްރީމް ކޯޓުން ވެސް ކަނޑައަޅައިފި

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުސްއަބު މަގާމުން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ސްޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރީ 2019 ވަނަ އަހަރުއެވެ. އެ ގޮތުން އެ ނިންމުން ބާތިލުކުރުމަށާއި ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި […]
ޑރ.ޒިޔާދުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާގެ އިސްތިއުނާފު މައްސަލަ އަނބުރާ ގެންގޮސްފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ. ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒިޔާދަށް ދައުވާ އުފުލީ ދާރުއްޒިކުރާ މިސްކިތް ހުރި ތަނުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާއި ޚިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާތީއާއި އެމަސައްކަތް ހަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ […]
ކަމެއް ނުނިމިގެން ރައްޔިތުން ކައުންސިލުގެ ދޮރުގައި ޓަކިޖަހަންޖެހޭ ޖެހުން ނިމުނީ: އައު މޭޔަރު

ކަމެއް ނުނިމިގެން އާންމު ރައްޔިތުން ސިޓީ ކައުންސިލުގެ ދޮރުގައި ޓަކިޖަހަން ނުޖެހޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވައި އިންތިޚާބުވެވަޑައިގެންނެވި އާޒިމް ރޭ މަގާމުގެ ހުވާކުރެއްވުމަށްފަހު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ކައުންސިލުން ފަރުވާކުޑަ ނުކުރާނެ ކަމަށާއި ރައްޔިތުންގެ ހައްގުތައް އަދާކޮށްދިނުމަށް ކައުންސިލުން ޚާއްސަ އަހަންމިއްޔަތު ކަމެއް ދޭނެ ކަމަށެވެ. “ދެން މީހުން ސިޓީތަކަށް ޖަވާބު ނުލިބިގެން ކަމެއް ނުނިމިގެން ސިޓީ ކައުންސިލުގެ ދޮރުގައި […]
ހެއްދެވިނުހެއްދެވިއަށް ގޮވުމަށްފަހު އެމްޑީޕީއާއި ޑިމޮކްރެޓްސް “އެއް މޭޒަކަށް“

ރައްޔިތުންގެ މަޖިިލިސް އިންތިޚާބު ގާތްވެފައި ވަނިކޮށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުން ބައްދަލު ކުރައްވައިފިއެވެ. ސޯޝަލްމީޑިއާގައި އިއްޔެ އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާއި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއެކު ހޮޓަލެއްގައި ކޮފީ ބައްލަވަން ތިއްބަވާ މަންޒަރު ފެނެއެވެ. މި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ އާއި އެ ޕާޓީގެ މުއައްސިސް ޙަސަން ލަޠީފާއި މެދުހެންވޭރު ދާއިރާގެ މެންބަރު […]
ބައެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި މައްސަލަ ހޫނުވެ ޕީޕީއެމް/ޕީއެންސީގެ ނިންމުން ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބައެއް މީހުންގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމި ނިންމުމާ ގުޅިގެން މަސްލަހަތު ގޯސްވުމާއެކު ފޯމު ހުށަހެޅި އެންމެންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތް ހަދައިފިއެވެ. އަންނަ މާޗުމަހުގެ 17 ގައި ބާއްވާ މަޖިލިސް އިންތިޚާބު ބާއްވަން މީގެ ކުރިން ދެފަހަރެއްގެ މަތިން ދުވަސް ކަނޑައެޅުމަށްފަހު މިހާރު ނިންމާފައިވަނީ މި މަހުގެ 27 ގައި ޕްރައިމަރީ ބޭއްވުމަށެވެ. ޕްރައިމަރީގައި ވާދަކުރަން ހުށަހެޅި ބައެއް ފަރާތްތަކުގެ ކެންޑިޑެންސީ ބަލައިނުގަނެވޭނެކަން އިއްޔެ ވަނީ އެ […]
މަކަރާއި ހީލަތުގެ މައްސަލައެއްގައި 3 މީހަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި 3 މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށެވެ. ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހިމް ޝަފީޤު (40އ) އެވެ. ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ޖަނަވަރީ 31 ވަނަ […]