މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ހ.ތިމާވެށި ގޭގެ ފަސްވަނަ ފަންގިފިލާއިން މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށްނަގާފައިވާ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މަހުގެ 25 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން، 30 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ހ.ތިމާވެށި، ފަސްވަނަ ފަންގިފިލާއިން ވަގަށްނެގި ބައެއް ތަކެތި ހޯދާފައިވާ ކަމަށެވެ. މި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާ […]
މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވައިލައިިފިއެވެ. މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ މާރިޗު 17 ވާ އާދީއްތަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓުގައި ކަނޑައަޅާފައިވާ 93 ދާއިރާއަށް, 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ފެބްރުއަރީ 14 ގެ ނިޔަލަށް ހުޅުވައިލައިފައިވާ ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް […]
އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމުގެ ހުވާކުރައްވައިފި

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމުގެ ހުވާކުރައްވައި ވަޒީރުކަމާ ހަވާލުވެވަޑައިގެންފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ރުހުން ނުދިނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.މުޙައްމަދު ޝަހީމާއި މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ.ޢަލީ ހައިދަރާއި އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމަށެވެ. އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެބޭފުޅުން އެ މަގާމުތަކަށް […]
ޝަހީމް ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ: މައިނޯރިޓީ ލީޑަރު

ވަޒީރުންނަށް ރުުހުން ދިނުމުގެ މައްސަލައާއި އިތުރު ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގައި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެެއެވެ. ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުުހުން ދިނުމުގެ […]
ބަންޑާރަނައިބާއި 4 ވަޒީރަކަށް ރުހުން ނުދޭން ނިންމައިފި

ބަންޑާރަނައިބު އަޙްމަދު އުޝާމާއި އިތުރު 4 ވަޒީރަކަށް ރުހުން ނުދިނުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ނިންމައިފިއެވެ. ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އިއްތިފާގުން ނިންމީ އުޝާމުގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމާއި ހައުސިންގ މިނިސްޓަރު ޑރ.ޢަލީ ހައިދަރާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ނިންމީ އުޝާމާއި ޑރ.ޝަހީމާއި ހައުސިންގ ޑރ.ޢަލީ ހައިދަރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދަށް ރުހުން ނުދިނުމަށެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތާއި […]
ބައެއް ވަޒީރުންނަށް ރުހުން ނުދޭން ޑިމޮކްރެޓްސްއިން ނިންމައިފި

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އެ ބައްދަލުވުމުގެ އިއްތިފާގުން ނިންމައިފިއެވެ. މިގޮތަށް ނިންމިކަން އެ ޕާޓީން ހާމަކުރީ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތާއި އިންތިޚާބާބެހޭ އާންމު ގާނޫނަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ހުށަހެޅި އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ފެށުމުގެ އިރުކޮޅެއް ކުރިންނެވެ. ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުޢިއްޒުގެ […]
ކުރީގެ ގިނަ މެންބަރުންތަކެއް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު ހިމެނިވަޑައިގެންފިއެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު 10:00 އިން ހަވީރު 17:00 އަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ވޯޓު ފޮށި ބަންދުކުރީ މިރޭ 19:00 ގައެވެ. 73 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއިރު މި އިންތިޚާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ބައެއް ދާއިރާތަކުގެ ވޯޓު ގުނައި ނިމިފައިވާއިރު ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅުން […]
ޕީޕީއެމްއިން ވަކިކުރަން ނިންމި މަލީހް ޕްރައިމަރީގައި ވޯޓު ލައްވައިިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ޕީޕީއެމްއިން ވަކިކުރަން ނިންމި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ވޯޓު ލައްވައިިފިއެވެ. މަލީހް އިސްވެ ހުންނަވައި ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް ކުރުމުގެ ގޮތުން ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާއި ނުލައި އަމިއްލަފުޅަށް ކޮމިޓީއެއް އެކުލަވައިލައްވައި ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ޕީޕީއެމްއިން މަލީހު ވަކިކުރަން ނިންމީ މިދިޔަ ނޮވެމްބަރު 23 ގައެވެ. […]
ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ: ލިސްޓުން ނަން އުނިކުރި ކަމަށް ބުނެ ޒުވާބާއި ހިތްހަމަނުޖެހުން

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން ނަން އުނިކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުމުގެ ވަގުތު ހަމަވާނީ 17:00 އަށެވެ. މި ޕްރައިމަރީގައި މާލޭ ސަރަހައްދުގައި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސްކޫލް، ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ)، ރެހެންދި ސްކޫލް (ހުޅުމާލެ) ގައެވެ. އަތޮޅުތަކަށް […]
ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީ: މައްސަލަތަކެއް ދިމާވެ ބައެއް ފޮށިތަކަށް ވޯޓުލުން އަދި ވެސް ނުފެށޭ

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވާއިރު ބައެއް ދާއިރާތަކުގައި ވޯޓުުލުން އަދި ނުފަށައެވެ. މި އިންތިޚާބުގ ވޯޓުލުން ފެށީ ހެނދުނު 10:00 ގައެވެ. ވޯޓުލުމުގެ ވަގުތު ހަމަވާނީ 17:00 އަށެވެ. ސަންދާނު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވޯޓުލުން ނުފެށި ލަސްވަނީ ވޯޓާސް ލިސްޓުގައި މައްސަލަތަކެއް ހުރުމުންނެވެ. މައުލޫމާތު ލިބޭ ގޮތުން ކެންޑިޑޭޓުންނަށް ދީފައިވާ ލިސްޓުތަކާއި ވޯޓުލާ މަރުކަޒުގައި ހުރި ލިސްޓުތަކާ ދިމައެއް ނުވެއެވެ. ވޯޓުލުމަށް ދިޔަ ބައެއް މީހުން ލިސްޓުގައި […]