މެއި 10 ގެ ކުރިން ހުރިހާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެއްޖެ

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަންނަ މެއިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އަނބުރާ ގެންދިއުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ. މި ގޮތަށް އެއްބަސްވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އެކުލަވާލައިފައިވާ ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުމުގައެވެ. މި ބައްދަލުވުން އޮތީ މިއަދު ނިއުދިއްލީގައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި އިގުތިސާދީ އަދި […]

މަސްވެރިންނަށް ނުދެވި އަދިވެސް 190 މިލިއަން, ސަވަރިން ގެރެންޓީދީގެން ފެސިލިޓީއެއް ހޯދަނީ

މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތަކުން ދައްކާ ކަމަށާއި ސަރުކާރު އަދި މިފްކޯއިން ދަނީ ސަވަރިން ގެރެންޓީދީގެން ވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުން ކަމަށް ފިޝަރީޒް މިނިސްޓަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި ލަސްވާތީ އެ އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުއްދި، ކުލި ނުދެއްކި، ޔުޓިލިޓީ ބިލްތަކަށް ފައިސާ ނުދެއްކި، ދަރިންގެ ޓިއުޝަން ފީ ނުދެއްކި، ލޯނުތައް އަދާނުކުރެވި ދުވަސްތައް […]

ރާއްޖޭގައި ތިިބި އިންޑިއާ ސިފައިން ބޭލުމުގެ ދެވަނަ މަޝްވަރާ ބައްދަލުވުުން މިއަދު ނިއުދިއްލީގައި

ރާއްޖޭގައި ތިިބި އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާކުރުމަށް ދެ ގައުމުން އެކުލަވައިލައިފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ  ބައްދަލުވުުން މިއަދު ނިއުދިއްލީގައި ކުރިއަށް ދާނެއެވެ. ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާއި އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާ ގުޅިގެން ދެ ގައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުުން މިއަދު ނިއުދިއްލީގައި ކުރިއަށްދާނެ ކަމަށެވެ. މިއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާއެކު މިދިޔަ އަހަރު ޑިސެމްބަރު މަހު […]

މަޖިލިސް އިންތިޚާބު: ރާއްޖެއިން ބޭރުގައި ބަހައްޓާ 6 ފޮށި ހިމެނޭހެން ވޯޓުލުމަށް ޖުމްލަ 608 ފޮށި ބަަަހައްޓާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ފޮށިތަކުގެ މައުލޫމާތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ. އީސީއިން ބުނީ މާޗު 17 ގައި ބާއްވާ މި އިންތިޚާބުގައި ވޯޓުލުމަށް 608 ފޮށި ބަހައްޓާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. ނަަމަވެސް ވޯޓުލާން މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ މުއްދަތަށްފަހު މި އަދަދަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ. އީސީއިން ހާމަކުރި ގޮތުގައި ވޯޓުލުމަށް ރާއްޖެއިން ބޭރުގެ 6 ގައުމެއްގައި ވޯޓު ފޮށި […]

މަޖިލިސް އިންތިޚާބު: ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ ވަނަ ދުވަހުގެ 16:00 ގެ ނިޔަލަށް ކަމަށެވެ. ރީ ރަޖިސްޓަރީވުމަށް ހުށަހަޅާނީ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލާން ބޭނުންވާ މީހުންނެވެ. ރީ ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ form.elections.gov.mv‎ މި ޕޯޓަލް މެދުވެރިކޮށް. […]

ޖޫރިމަނާ ދައްކާފައިނުވާތީ އެފްކޮންސް ގޮވައިގެން އީޕީއޭއިން ކޯޓަށް ދަނީ

ތިލަމާލެ ބުރިޖު އެޅުމަށް ކުރިއަށްގެންދިޔަ ސާވޭގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ތިމާވެށްޓަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކުރި ޖޫރިމަނާ ދައްކާފައިނުވާތީ އެ ކުންފުންޏާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް އީޕީއޭއިން ނިންމައިފިއެވެ. ބުރިޖު ސާވޭގައި ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރީ 16 އޮގަސްޓް 2022 ގައެވެ. މި ޕްލެޓް ފޯމު ފުންކޮށް ފަރަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް އީޕީއޭއިން ސާވޭ ފެށީ […]

ސަރުކާރުގެ ނިންމުމާ އެއްގޮތަށް މިއަދުން ފެށިގެން ޑޮލަރުގެ ލިމިޓު ބޮޑެއް ނުކުރެވުނު

ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މި މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ޑޮލަރު ލިމިޓު ބޮޑުކުރަން ނިންމި ނިންމުން ތަންފީޒެއް ނުކުރެވުނެވެ. ދިވެހި ރައްޔިތުންނަށް ބޭރު ފައިސާ ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅު ފުރިހަމަކުރުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 750 […]

ޕީޖީއަށް ހަމަލާދިން ބަޔަކު ހޯދައި ތަހުގީގު އަވަސްކުރުމަށް ޕީޕީއެމް/ޕީއެންސީއިން ގޮވާލައިފި

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން ބަޔަކު ހޯދައި ތަހުގީގު އަވަސްކުރުމަށް ޕީޕީއެމް/ޕީއެންސީއިން ގޮވާލައިފިއެވެ. ސައިކަލެއްގައި ދިޔަ ދެ މީހަކު ޝަމީމަށް ހަމަލާދިނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. ޕީޕީއެމް/ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނީ ޝަމީމަށް، މަގުމަތީން މިއަދު ދީފައިވާ ހަމަލާއާމެދު އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަމަށާއި ދައުލަތުގެ ޒިންމާދާރު އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ދިން މި ހަމަލާ އެ ކޯލިޝަނުން ކުށްވެރިކުރަނީ އެންމެ ހަރުކަށި އިބާރާތުން ކަމަށެވެ. “މި ޖަރީމާ ހިންގުމުގައި ބައިވެރިވި ފަރާތްތައް […]

ޝަމީމަށް ބަޔަކު ހަމަލާދީފި, އަތުގެ ކަށިގަނޑުގައި ވަނީ ރެނދުލައިފައި

ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ބަޔަކު ހަމަލާދީފިއެވެ. މިއަދުގެ ފަތިހުގެ ވަގުތެއްގައި ޝަމީމަށް ހަމަލާދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ. ފުލުހުން ބުނީ އެއީ ތޫނު ހަތިޔާރެއް ކަމަށް ނުބެލެވޭ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޝަމީމަށް ހަމަލާދިނީ ދަނގަޑުބުރިއެއްފަދަ އެއްޗަކުންނެވެ. ހަމަލާ އަމާޒުވީ ވައަތަށެވެ. އެގޮތުން އެ އަތުގެ ކަށިގަނޑުގައި ވަނީ ރެނދުލައިފައެވެ. މި ހަމަލާއާ ގުޅިގެން ޝަމީމް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. “އެމަނިކުފާނުގެ ހާލު މިހާރު ރަނގަޅު.“ ޕީޖީ […]

ރައީސް އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓައިލަން ޤާސިމް ގޮވާލައްވައިިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓައިލުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފިއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ ‏ރައްޔިތުންގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތުން ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަގާމާ ހަވާލުވިތާ އަދި މިވީ އެންމެ ދެ މަސްދުވަސް ކަމަށެވެ. “އެމަނިކުފާނު ގާނޫނުއަސާސީ އާއި ގާނޫނާއި ޚިލާފު ނުވާހައި ހިނދަކު އަދި ރައީސުލްޖުމްހޫރިއްޔާ […]