އެމްޕީއެލްގެ މުވައްޒަފުންނަށް ކެންސަރ ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ މުވައްޒަފުންނަށް ކެންސަރ ސްކްރީނިން ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. އެމްޕީއެލްއިން މިއަދު ބުނީ ހުޅުމާލެ ހޮސްޕިޓަލާއި އެ ކުންފުނި ގުޅިގެން ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ކެންސަރު ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. “މި ޕްރޮގްރާމަކީ މި ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކެންސަރު ބަލީގެ ހޭލުންތެރިކަން އިތުރުވުމާއި، އެ ބަލިން ރައްކާތެރިވުމާ ގުޅޭ މަޢުލޫމާތުތައް ދިނުމުގެ ގޮތުން ހިންގި ހަރަކާތެއް.“ މި […]
ތ.އަތޮޅުގައި އިތުރު ރިސޯޓުތައް ހުޅުވުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

ތ.އަތޮޅުގައި މިއަހަރު އިތުރު ރިސޯޓުތައް ހުޅުވުމުގެ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ އެމަނިކުފާނު ޖަވާބުދެއްވުމުގެ ގޮތުން ފެބްރުއަރީ 01 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ކުރިއަށްގެންދާ ”ރައީސްގެ ޖަވާބު“ ސިލްސިލާގެތެރެއިން މިއަދު ތ.ވޭމަންޑޫ، ދޫނިގޭ، އާދަމް ރިފާޒް، މި ދައުރުގައި ތ.އަތޮޅަށް ޓޫރިޒަމް ފުޅާވެ ރިސޯޓްތައް އިތުރުވާނެތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީއަކީޓޫރިޒަމް އިންޑަސްޓްރީ […]
މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓަރީ ކުރަން 13,378 މީހުން ހުށަހެޅި: އީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ކުރަން ހުޅުވައިލި މުއްދަތުގައި 13,378 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީކުރަން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އީސީގެ ނައިބު ރައީސް އިސްމާޢީލު ޙަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނުން ދިން 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ރީ ރަޖިސްޓަރީ ކުރުމަށް 13,378 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 11,919 މީހުން ރީ […]
ތަޢުލީމާ ވަޒީފާއާ އާމްދަނީގެ ފުރުޞަތުތައް ޒުވާނުންނަށް ފަހިވާން ޖެހޭ: ރައީސް މުޢިއްޒު

ތަޢުލީމާއި ވަޒީފާއާ އާމްދަނީގެ ފުރުސަތުތައް ޒުވާނުންނަށް ފަހިވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައެވެ. ޒުވާނުންގެ ވިސްނުމާ ފިކުރު ޤައުމު ހިންގުމުގައި ވަރަށް ބޭނުންތެރި ކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ އެކަމަށް މަގުފަހިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޔޫތު އެޑްވައިޒަރީ ބޯޑު މިހާރު ވާނީ އެކުލަވާލާފައި ކަމަށެވެ. ތަޢުލީމާ ވަޒީފާއާ އާމްދަނީގެ […]
ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމައިފިން: ރައީސް

ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ފުރަތަމަ ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް މި ކުންފުނިތައް ދައުލަތަށް ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަށްވެސް މަސައްކަތްކުރަން ޖެހޭ ކަމަށާއި މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅުކުރުމަށް ގިނަގުނަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. “މިއީވެސް ދައުލަތަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މުހިންމުކަމެއް. […]
އަޅުގަނޑުމެން ގެންގުޅޭނީ ’ޕްރޯ މޯލްޑިވްސް‘ ގެ ސިޔާސަތު: ރައީސް

ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ރައްކައުތެރިކުރުމާއެކު ގައުމުގެ ކަންކަން ހިންގުމުގައި ހިފަހައްޓާނެ އެންމެ މައިގަނޑު އުސޫލަކީ ދިވެހީންނަށާއި ދިވެހި ގައުމަށް އިސްކަން ދިނުން ނުވަތަ ’ޕްރޯ މޯލްޑިވްސް‘ ގެ ސިޔާސަތު ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާއަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ދިވެހިންނަށް ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދު ކަމަށެވެ. އަދި […]
ރައީސް ރިޔާސީ ބަޔާން އިއްވެވުމަށް މާދަމާ ބާއްވާ ޖަލްސާ އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ބޮއިކޮޓްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓަރީ ގްރޫޕުގެ މެންބަރުން ހާޒިރުނުވުމަށް ނިންމައިފިއެވެ. އެމްޑީޕީން މި ގޮތަށް ނިންމީ އެ ޕާޓީން މިރޭ ބޭއްވި ޕާލިމަންޓަރީ ގްރޫޕްގެ 148 ވަނަ ބައްދަލުވުމުގައެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރިނުވުމަށް ނިންމި ސަބަބު ތަކުގެ ތެރޭގައި […]
އަސްލަމާއި ސަލީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި ނައިބު ރައީސް އަޙްމަދު ސަލީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ އެ މައްސަލާގެ ނޯޓިސް ފޮނުވައިފިއެވެ. މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙަސަން ޒިޔާއު މިއަދު ވިދާޅުވީ މި މައްސަލައިގެ ނޯޓިސް މިއަދު އަސްލަމާއި ސަލީމަށް ފޮނުވައިފައިވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ ގަރާރު ހުށަހަޅާތާ ގިނަވެގެން ތިން ދުވަސްތެރޭ އެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ފޮނުވަން ޖެހެއެވެ. އަސްލަމާއި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ […]
ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ލިބިފައިވާ އެންމެންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: ރައީސް

ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލޭގެ ފޭސް 3 އިން ގޯތި ލިބިފައިވާ އެންމެންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތުން ރައީސް އޮފީހުން ފަށާފައިވާ ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސިލްސިލާގެ ދަށުން ހ.މެލްބާން އިބްރާހީމް ސަމާހު މިއަދު ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު ސުވާލުކޮށްފައެވެ. ރައީސް […]
ފިރުޝާން އާއި ސައިފް ޑިމްކްރެޓްސްގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީ މަޑަވެލި ދާއިރާގެ މެންބަރު ޙުސައިން ފިރުޝާންއާއި މާލެ ސިޓީ ކައުންސިލުގެ މެންބަރު މުޙައްމަދު ސައިފް ފާޠިޙް (އައިކޮ) ކާމިޔާބު ކުރައްވައިިފިއެވެ. ޑިމޮކްރެޓްސްއިން މިއަދު ޕްރައިމަރީ ބޭއްވީ ދެ ދާއިރާއެއްގައެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހުޅުމާލެ ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ފިރުޝާނެވެ. އަދި ހެންވޭރު ދެކުނު ދާއިރާގެ ޓިކެޓް ކަށަވަރުކުރެއްވީ ސައިފްއެވެ. ވަގުތީ ނަތީޖާ: […]