މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އެ ބައްދަލުވުމުގެ އިއްތިފާގުން ނިންމައިފިއެވެ.
މިގޮތަށް ނިންމިކަން އެ ޕާޓީން ހާމަކުރީ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތާއި އިންތިޚާބާބެހޭ އާންމު ގާނޫނަށް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ހުށަހެޅި އިސްލާހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ ފެށުމުގެ އިރުކޮޅެއް ކުރިންނެވެ.
ޑިމޮކްރެޓްސްއިން ބުނީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅެ އެގޮތަށް އަމަލު ކުރަމުންދާތީ މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށްފަހު އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމުކަމެއް ކަމަށާއިބސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭ ކަންކަން ކަމަށް އެ ޕާޓީން ބުންޏެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކު ކަމަށާއިއެގޮތުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް އަމަލުކުރާނީ އެގޮތުގެމަތީން ކަމަށެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާ މިހާރު ވަނީ މެދުކަނޑާލައިފައެވެ. ޖަލްސާ ދެން ފަށާނީ 1:30 ގައެވެ. އެ ގަޑީގައި އޮންނާނީ ވޯޓަށް އެހުމެވެ.
One Response
އެބަޔަކަށް ހިލުނުގޮތަކަށް މަސާލަ ހިލާށެވެ. ގައުމުމިވަނީ ނުރައްކަލުގެ ތުންފަތްމަތީގައެވެ. ހުރިހާ ސިޔާސީކުދިވެރީން ނާއި ވެރީން ދޮގުހެދުމާއި އޮޅުވާލުމާއި ރިޝްވަތާއި ޙީލަތްތެރިކަން އިސްކޮށް ބޭނުންވަނީ ދައުލަތުގެ ޚަޒާނާގެ މައްޗަށް ވެރިވެކަންނާށެވެ. އެކަން އެބަކުރެއެވެ. އެންމެންވެސް ޚިޔާނާތެރިވެފާ އެކަކު އަނެކަކަށް ހަޔާތްގޮވާ ދޮގުބަދުނާމު އަޅުވައިގެން ސަރުކާރު އެބަ ބަދަލުކޮށްލައެވެ. އެބުނާ ވަގުން ތައް ހިފާ ހައްޔަރެއް ނުކުރެއެވެ. ވެރިކަން ލިބުނީމާ ކުރީގެ އެބުނި ވަގުން ހިފާ ހައްޔަރުކޮށް ހުރަގެއަށްލާކަށް އުންސުރު ހަމައެއް ނުވެއެވެ. ރައްޔަތުން ކެކިކެކި ތިބީއެވެ. ދައުލަތުގެ ބަޖެޓުން ފިތުނަ ޖާޑިތަކަށް (ޕާޓީތަކަށް) ފައިސާ ދެނީއެވެ. ހެދޭނެގޮތެއްނެތެވެ.