ކުރީގެ ގިނަ މެންބަރުންތަކެއް ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރުކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު ހިމެނިވަޑައިގެންފިއެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ މިއަދު 10:00 އިން ހަވީރު 17:00 އަށެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ވޯޓު ފޮށި ބަންދުކުރީ މިރޭ 19:00 ގައެވެ.

73 ދާއިރާއެއްގެ ޕްރައިމަރީ ބޭއްވިއިރު މި އިންތިޚާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ބައެއް ދާއިރާތަކުގެ ވޯޓު ގުނައި ނިމިފައިވާއިރު ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅުން ވެސް މިހާރު ވަނީ ކަށަވަރުވެފައެވެ.

އޭގެތެރޭގައި 18 ވަނަ މަޖިލީހުގައި މެންބަރުކަން ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޓިކެޓް ކަށަވަރުވި ބޭފުޅުންގެ ތެރޭގައި:

މުޙައްމަދު އިސްމާޢީލް – ވިލިމާލެ ދާއިރާ
އަޙްމަދު ނާޒިމް – ދިއްގަރު ދާއިރާ
ސަޢުދުﷲ ހިލްމީ – ތިނަދޫ އުތުރު ދާއިރާ
އިބްރާހިމް ދީދީ – ފޭދޫ ދެކުނު ދާއިރާ
އިބްރާހިމް ރިފާޢު – މާފަންނު ދެކުނު ދާއިރާ
ޢަބްދުއްލަޠީފް މުޙައްމަދު – ދިއްދޫ ދާއިރާ
އިބްރާހިމް ފަލާޙް – އިނގުރައިދޫ ދާއިރާ
ޙަސަން މުފީދު ޢަބްދުލްޤާދިރު – މިލަންދޫ ދާއިރާ
އަސްމާ ރަޝީދު – މާފަންނު މެދު ދާއިރާ
ޢަލީ ފަޒާދު – ފުވައްމުލަކު މެދު ދާއިރާ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މާޗު 17 ގައެވެ. ޕްރައިމަރީއަކާ ނުލައި 13 ބޭފުޅަކަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރުވެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް