މަކަރާއި ހީލަތުގެ މައްސަލައެއްގައި 3 މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

މަކަރާއި ހީލަތުގެ މައްސަލައެއްގައި 3 މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށެވެ.

ހޯދަމުންދަނީ ހއ. ދިއްދޫ / ޕެލަސް، އިބްރާހިމް ޝަފީޤު (40އ) އެވެ.

ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ޖަނަވަރީ 31 ވަނަ ދުވަހުގެ 10:30 އަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

ފުލުހުން ވަނީ ޝަފީޤް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

މީގެއިތުރުން ފުލުހުން ހޯދަމުންދަނީ ޅ. ނައިފަރު / ސައިމާގެ، މަރިޔަމް ސަޢީދާ (31އ) އާއި މ. މުލި / ނައިޓްރޯސް، އިސްމާޢީލް ޙަމީދު (37އ) އެވެ.

ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސްގެ އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް އެ ދެ މީހުން ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެގޮތުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މަހުގެ 27 ވަނަ ދުވަހުގެ 10:00 އަށް ތަހުގީގަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް