އަންމަޓީގެ ޕާސްޕޯޓް ދޫކުރަން ނެރުނު އަމުރު ސްޕްރީމް ކޯޓުން ބާތިލުކޮށްފި

Loading

Facebook
Twitter
WhatsApp

ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ ޕާސްޕޯޓް ދޫކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ސްޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

2014 ވަނަ އަހަރު އޭރުގެ ސަރުކާރުން ހުޅުމާލެއިން ދޫކުރި ބިމެއްގައި 3,000 ފުލެޓު އިމާރަތްކުރުމަށް 280 މީހުންގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި އަންމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް ވަނީ އުފުލައިފައެވެ.

މައިބަދައިގެ އޮޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް ބުނެ އަންމަޓީގެ ފަރާތުން ހުށަހެޅުމުން އޭނާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނީ މިދިޔަ ޑިސެންބަރު 06 އިން 23 އަށެވެ.

ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރުމުން ދައުލަތުން މި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އޭނާ މީގެކުރިން ފިލައިގެން ގޮސްފައިވާއިރު އެ އިހުތިމާލު އޮތުމުގެ ހާލަތަށް ބަދަލެއް އައިކަން ފެންނަން ނެތް ކަަމަށާއި ކޯޓަށް އެއްބާރުލުން ދެމުން ދިއުމާއި ފިލުމުގެ އިހުތިމާލު ދަށު ކޯޓުން ގުޅުވި ގޮތް ސާފުނުވާ ކަމަށެވެ. އަދި ބޭސްފަރުވާއަށް ބޭރަށް ފުރުމަށް ހުއްދަ ދޭންވާނީ ޕާސްޕޯޓު ދޫކުރުމުގެ ބަދަލުގައި ފިލައިގެން ނުދެވޭނެފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްފަހު ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް