އިންޑިއާއިން ރާއްޖެ ހިފައި ރައީސް މުޢިއްޒުގެ ސަރުކާރު ވައްޓާލަން އެ ގައުމުގެ ލީޑަރަކު ގޮވާލައްވައިފި

އިންޑިއާއިން ރާއްޖެ ހިފުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ސްބްރަމާނިޔަމް ސްވަމީ ގޮވާލައްވައިފިއެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން މުހުލަތެއް ދީފައެވެ. މިކަން ފާހަގަކުރައްވައި ސްވާމީ ވަނީ އެ އެންގުމަށް އިންޑިއާގެ ސަރުކާރުން އަމަލުކުރާނެތޯ ސުވާލު އުފައްދަވައިފައެވެ. މި އެންގުމާއެކު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިންޑިއާގެ މޫނުމަތީ ތަފާލެއް ޖަހާނީތޯއާއި މީގެކުރިން ރަޖީވް ގާނދީ ހެއްދެވިހެން އިންޑިއާ ސިފައިންގެ ލަޝްކަރެއް, އިތުބާރު […]
ނަތީޖާތަކުން ދައްކާ ގޮތުން އެމްޑީޕީ ކެންޑިޑޭޓް އާޒިމް ބޮޑު ތަފާތަކުން ކުރީގައި

މާލޭގެ މޭޔަރު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގެ ވޯޓު ގުނަމުންދާއިރު އެންމެ ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްކަމަށް ނަތީޖާތަކުން ދައްކައިފިއެވެ. މާލޭގެ މޭޔަރުކަމަށް ބޭފުޅަކު އިންތިޚާބުކުރަން ވޯޓުލުން ފެށީ ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ ހަވީރު 17:00 އާ ހަމައަށެވެ. އިލެކްޝަން ކޮމިޝަނުން ބުނީމި އިންތިޚާބުގައި 54680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޓުލާފައިވަނީ 17000 އެއްހައި މީހުން ކަމަށެވެ. ވޯޓު ގުނަން ފަށާފައިވާއިރު ބައެއް ޓީވީ ޗެނަލްތަކުގެ ވަގުތީ […]
ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ވޯޓުލައްވައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން މިއަދު ބާއްވާ ބައި-އިލެކްޝަނުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވޯޓުލައްވައިފިއެވެ. ވ.އާރަށުގެ މައްސަލާގައި ރިޝްވަތާއި ޚިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި އަދި މިހާރު ގޭބަންދަށް ބަދަލުކޮށްފައިވާ ރައީސް ޔާމީން ވޯޓުލެއްވުމަށްފަހު އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުންނާއެކު ނަންގަވާފައިވާ ފޮޓޯއެއް ޕީއެންއެފްގެ މީޑިއާ ގުރޫޕުގައި ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ތިއްބެވީ ރައީސް ޔާމީނުގެ ތާއީދާއެކު އިންތިޚާބުގައި މޭޔަރުކަމަށް ވާދަކުރައްވާ […]
މޭޔަރު އިންތިޚާބު ކުރުމަށް ވޯޓުލުން ފަށައިފި

މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި މާފަންނު ދެކުނު ދާއިރާ,ހެންވޭރު ދެކުނު ދާއިރާ, މެދުހެންވޭރު ދާއިރާ އަދި މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ. މި އިންތިޚާބުގައި މޭޔަރު ކަމަށް ވާދަކުރައްވަނީ ޝުޢައިބު ޢަލީ (އަމިއްލަގޮތުން) އާއި ޙުސައިން ވަޙީދު (އަމިއްލަގޮތުން) އާއި ޢާއިޝަތު ޢާޒިމާ ޝަކޫރު (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް) […]
މާޒީގެ ވީޑިއޯ ކްލިޕަކާއެކު ވަރުގަދަ ހަމަލާއެއް: “އަދުރޭއާއި ރައީސް މުޢިއްޒުގެ ދޮގާއި މަކަރުވެރިކަން އިންތިހާއަށް“

ވެރިކަން ލިބި ކުޑަ ދުވަސްކޮޅެއްވީއިރު މުޅި ރާއްޖެއަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ދަސްވެއްޖެ ކަމަށާއި އެބޭފުޅުންގެ ދޮގުވެރިކަމާ މަކަރުވެރިކަން އިންތިހާއަށް ގޮސްފައިވާކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ. މިމޭރުމުން ޖަމީލު ފާޑުވިދާޅުވީ އަބަދުވެސް ތިއްބަވާނީ ރައީސް ޔާމީނާއެކު ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒާއި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މީގެކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކަވާފައިވާ ވާހަކަތަކުގެ ވީޑިއޯ […]
ބޫޓާންގެ އިންތިޚާބީ ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ ރައީސް ފޮނުއްވި މެސެޖުގައި ވަނީ ބޫޓާންގެ ބޮޑުވަޒީރުގެ އައު ޒައާމަތުގައި، ބޫޓާން ތަރައްގީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން މި ފެށިގެންދާ އައު ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތްކޮށް މަސައްކަތް ކުރެއްވުމަށް އުއްމީދު […]
ސައްހަ ނޫން ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަނީ

ސައްހަނޫން ޔޫއެސް ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ. ފުލުުހުން ބުނީ މިހާރަކަށް އައިސް ސައްހަ ނޫން ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައިވާތީ، އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށެވެ. އެގޮތުން ސައްހަނޫން ޑޮލަރު […]
މަސްތުވާތަކެތި ހުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ޖަނަވަރީ 9 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖް އަދި ގިނަ […]
ރާއްޖެއާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މިއަދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ޗައިނާގެ ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައެވެ. ދެގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކަކީ: މި ދަތުރުފުޅުގައި ދެ ގައުމުގެ ސަރުކާރުގެ […]
މަޖިލިސް އިންތިޚާބު: ވޯޓުލެވޭ 284,327 މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް, ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ މާޗުމަހުގެ 17 ވަނަ ދުވަަހުގައި އިންތިޚާބު ބޭއްވުމަށެވެ. އެ ކޮމިޝަނުން މިރޭ ވަނީ ވޯޓާސް ލިސްޓްއެ ކޮމިޝަނުގެ ވެބްސައިޓާއި ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނާނެހެން އާންމުކޮށްފައެވެ. މީގެއިތުރުން މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކާއި ސިޓީ ކައުންސިލްތަކުގެ އަވަށްތަކުގެ […]