މިދިޔަ ސަރުކާރުގައި ފެނަކައިން ހިންގި ކޮރަޕްޝަން މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފި

މިދިޔަ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު މިއަދު ވިދާޅުވީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް ބީއޯކިއުއެއް އަދި މާކެޓްގައި މި މަސައްކަތްތައް ކުރެވޭނެ އަގަށް ބެލުމެއްނެތި އަދި އެސެސްމެންޓެއްވެސް ނަހަދައި މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އިންހައުސްކޮށް ކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްތަކުން […]
ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ބޮޑުވެއްޖެ

ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާ މައްސަލަ ބޮޑުވެ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިފިއެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކޮށް، އެ ތަންތަނަށް ވަދެ ޓްރާންސްފޯމަރުތައް ނިއްވާލައި، އެ ޓްރާންސްފޯމަރުތަކުގެ އެކި ބައިތައް ވަގަށް ނަގަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވި ގޮތުގައި ބުރާސްފަތި ރޭ ފަތިހު […]
އެކަށިގެންވާ މާހައުލެއް ނެތްކަމަށް ބުނެ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްފި

މިރޭ އައްޑޫ ސިޓީގައި ބާއްވަން ނިންމި ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިޚާބު ފަސްކޮށްފިއެވެ. ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ22 މާރިޗު 2024 ވަނަ ދުވަހަށް ތާވަލުކުރެވިފައިވާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާހައުލެއް އޮތްކަމަށް އެ އެސޯސިއޭޝަނަށް ނުފެންނާތީވެ, އަހަރީ އާންމު ޖަލްސާ ފަސްކުރެވިފައިވާ ކަމަށެވެ. މިގޮތަށް ނިންމިއިރު މި އިންތިޚާބު ފަސްކުރަން ދެފަހަރެއްގެ މަތިން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އަންގަވައިފައެވެ. އޭގެފަހުން އެންޓި ކޮރަޕްޝަން […]
ރާއްޖެ އެތެރެކުރަން އުޅުނު 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.30 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 5.30 ކިލޯގެ މަސްތުވާތަކެތި ފެނުނީ މި މަހުގެ 12 ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ރާއްޖެ އައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ. ކަސްޓަމްސްއިން ބުނީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 5,300,000 ދިވެހި […]
ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމުނީ މިދިޔަ އަހަރު: އޭސީސީ

ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އެ ކޮމިޝަނުން އެންމެ ގިނަ މައްސަލަ ތަހުގީގު މަރުހަލާގައި ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ. އޭސީސީއިން ބުނީ 2023 ވަނަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް 1151 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 56 އިންސައްތަ ޝަކުވާ ރަޖިސްޓަރީކުރެވިފައިވާ ކަމަށެވެ. އޭގެތެރޭގައި އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ 610 ޝަކުވާއާއި ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވާ 40 ޝަކުވާ ހިމެނެއެވެ. އަދި އެ ކޮމިޝަނުން […]
އެޕްރީލް 21 އަދި 22 ވަަނަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފި

އަންނަ އެޕްރީލް 21 ވާ އާދީއްތަ ދުވަހާއި އެޕްރީލް 22 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. އޭޕްރީލް 21 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓުލުން އޮންނަ ދުވަހެވެ. އެގޮތުން އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ. މީގެއިތުރުން އިންތިޚާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު […]
މަގުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ފޮނުވައިދިނުމަށް އެދިއްޖެ

މާލޭގެ މަގުތަކުގައި ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ފޮނުވައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކުގައި ކުނި ބަހައްޓަމުންދާ ފަރާތްތައް ފާހަގަ ކުރެވެމުންދާ ކަމަށެވެ. “މި ގޮތަށް ރައްޔިތުންނަށް އުދަގޫވާ ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ކައުންސިލަށް ފޮނުވައި ދެއްވުން އެެދެން.“ މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި އެދިފައިވެއެވެ. މާލެ ސާފުތާހިރުކޮށް ބޭއްވޭނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެންކަން ވެސް […]
މިފްކޯގެ މެނޭޖިންގ ޑިރެކްޓަރު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަމާހު ރަޝީދު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ޝަމާހުއާ ގުޅޭ ގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން އެކަމުގެ ފުރިހަމަ އިންކުއަރީއެއް ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީސީބީއިން ބުންޏެވެ. އެހެންވެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާބެހޭ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) […]
އެމްޕީއެލްއިން ފިޔަވައްޗަށް މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފި

ދައުލަތުގެ ފަރާތުން ބަލަހައްޓާ ކުޑަކުދިން ތިބޭ މަރުކަޒެއް ކަމަށްވާ ”ފިޔަވަތި“ އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަސްދަޅު ކޭސްތަކެއް ހަދިޔާކޮށްފިއެވެ. އެމްޕީއެލްއިން މިއަދު ބުނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ފިޔަވައްޗަށް ޖުމްލަ 35 ދަޅުމަސް ކޭސް ހަދިޔާކޮށްފައިވާ ކަމަށެވެ. މަސްދަޅު ކޭސްތައް ރަސްމީކޮށް ހަވާލުކޮށްދެއްވުމަށް އެމްޕީއެލްގެ ޗީފް އޮފް ބިއުރޯ އައިޝަތު ޝިމްލާއާއި ޖެނެރަލް މެނޭޖަރު އަޙްމަދު ސަލީމާއ ޖެނެރަލް މެނޭޖަރ ޢަލީ ޖައުފަރު މިއަދު ހެނދުނު ވަނީ ފިޔަވައްޗަށް […]
އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތް ހަދަން އެމްޑީޕީގެ ފަރާތުން ގާނޫނަށް އިސްލާހެއް

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތް ހަދަން އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ. އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް އޮތުން މުހިންމު ކަމަށް ވިދާޅުވެ މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް ޢަލީއެވެ. ގާނޫނުގައި މިހާރު އޮންނަނީ އީސީއަށް މެމްބަރުން އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައެވެ. ގާނޫނުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މެންބަރު […]