ރާއްޖެ އެތެރެކުރަން އުޅުނު 5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 5.30 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 5.30 ކިލޯގެ މަސްތުވާތަކެތި ފެނުނީ މި މަހުގެ 12 ވަނަ ދުވަހު ޤަތަރުގެ ދޯހާއިން ރާއްޖެ އައި ޕާކިސްތާނުގެ 56 އަހަރުގެ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެ ތަކެތީގެ މަގުމަތީ އަގު 5,300,000 ދިވެހި ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުތަކުން ދައްކާ ގޮތުން އޭނާގެ ބަންދަށް ވަނީ 30 ދުވަސް ޖަހައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް