ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމުނީ މިދިޔަ އަހަރު: އޭސީސީ

Loading

Facebook
Twitter
WhatsApp

ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު އެ ކޮމިޝަނުން އެންމެ ގިނަ މައްސަލަ ތަހުގީގު މަރުހަލާގައި ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފިއެވެ.

އޭސީސީއިން ބުނީ 2023 ވަނަ އަހަރުގެ ތެރޭގައި އެ ކޮމިޝަނަށް 1151 ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 56 އިންސައްތަ ޝަކުވާ ރަޖިސްޓަރީކުރެވިފައިވާ ކަމަށެވެ.

އޭގެތެރޭގައި އަމިއްލަ ފަރާތްތަކުން ހުށަހަޅާފައިވާ 610 ޝަކުވާއާއި ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވާ 40 ޝަކުވާ ހިމެނެއެވެ. އަދި އެ ކޮމިޝަނުން އިސްނަގައިގެން ބަލަންފެށި މައްސަލަތަކާއި ސްޕްލިޓްކޮށް ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް ހިމެނޭހެން ޖުމުލަ 742 މައްސަލައެއް ރަޖިސްޓަރީކުރެވިފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި 365 މައްސަލައެއްގެ ޕްރިލިމިނަރީ ތަހުގީގު ހިންގާފައިވާއިރު ޕްރިލިމިނަރީ މަރުހަލާއިން ނިންމައި އިތުރަށް ތަހުގީގުކުރަން 48 މައްސަލަ އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް ފޮނުވާފައިވާ ކަމަށް އޭސީސީއިން ބުންޏެވެ.

އޭސީސީއިން ބުނީ މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 66.1 އިންސައްތަ މަދު އަދަދެއް ކަމަށާއި މި ބަދަލަކީ ތަހުގީގު މަރުހަލާއަށް ދާ މައްސަލަތަކަކީ ބުރަދަންހުރި މައްސަލަތަކެއްކަން ކަށަވަރުކުރުމަށްޓަކައި ތަހުގީގު މަރުހަލާގެ ކުރިއަށް ޕްރިލިމިނަރީ ތަހުގީގެއް ހިންގާ ގޮތަށް ރާވައި އެގޮތުގެ މަތިން ކުރިއަށް ގެންދިއުމުގެ ނަތީޖާ ކަމަށެވެ.

އޭސީސީއިން ހާމަކުރި ގޮތުގައި ވޭތުވެދިޔަ 5 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، އެ ކޮމިޝަނުން އެންމެ ގިނަ މައްސަލަ ތަހުގީގު މަރުހަލާގައި ނިންމާފައިވަނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައެވެ.

“އެގޮތުން ޖުމުލަ 220 މައްސަލަ މި މަރުހަލާގައި ނިންމާފައިވޭ. މީގެތެރެއިން, ދައުވާކުރުމަށް 18 މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭ.“

އޭސީސީއިން އިތުރަށް ބުނީ 2023 ވަނަ އަހަރު 15 މައްސަލައެއްގައި ހިމެނޭ ޖުމްލަ 74,159,720.53 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވާ ކަމަށެވެ. މި މައްސަލަތަކުން ދައުލަތަށް ހޯދަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ހޯދިފައިވަނީ ޖުމްލަ 234,531.57 ކަމަށް އޭސީސީއިން ވަނީ ބުނެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް