އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ލިބޭ ގޮތް ހަދަން އެމްޑީޕީގެ ފަރާތުން ގާނޫނަށް އިސްލާހެއް

Loading

Facebook
Twitter
WhatsApp

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެމްބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތް ހަދަން އެމްޑީޕީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.

އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް އޮތުން މުހިންމު ކަމަށް ވިދާޅުވެ މި އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް ޢަލީއެވެ.

ގާނޫނުގައި މިހާރު އޮންނަނީ އީސީއަށް މެމްބަރުން އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީފައެވެ.

ގާނޫނުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މެމްބަރަކު އައްޔަން ކުރެއްވޭނީ މެންބަރު ކަމަށް އިއުލާނުކޮށް އެކަމަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ނަންތައް މަޖިލީހަށް ފޮނުއްވުމުން މަޖިލީހުން އެ ނަމެއް ފާސްކުރާ ހިސާބުންނެވެ.

މި ބާރުތައް މަޖިލީހަށް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ 04 ވަނަ މާއްދާއަށް ޔޫނުސް ހުށަހެޅުއްވި އިސްލާހުގައިވަނީ އީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ދިރާސާކޮށް މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެން އީސީއަށް މެންބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ލިބިދިނުމަށެވެ.

މި އިސްލާހު ފާސްވެ ތަސްދީގުކުރުމުން ރައީސުލްޖުމްހޫރިއްޔާގެ ދައުރަކަށްވާނީ މަޖިލީހުން ފާސްކުރާ ބޭފުޅަކު މެންބަރުކަމަށް އައްޔަން ކުރެއްވުން އެކަންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް