ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.ޢާއިޝަތު ޝިހާމެވެ. އެޗްޑީސީއިން ބުނީ އިސްރަށްވެހިންގެ ނާދީ ތަރައްގީކުރުމުގެ ފަހުމުނާމަގައި އިއްޔެ ސޮއިކުރިއިރު، އެ ކޯޕަރޭޝަނުން ވަނީ ނާދީ ތަރައްގީކުރުމުގެ […]
“ސީ-ޓު-އެއަރ“ ކާގޯ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލަށް ފަށާ ”ސީ-ޓު-އެއަރ“ ކާގޯ ޓްރާންސްޝިޕްމަންޓް ގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާތަކެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި، ޓާކިޝް އެއާލައިންސް އާއި މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އާއެކު ސޮއިކޮށްފިއެވެ. މި ފަހުމުނާމާތަކުގައި ސޮއިކުރީ މީރުމާގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޕީއެލްއިން ޓާކިޝް އެއާލައިންސްއާއެކު ސޮއިކުރީ ”ސީ-ޓު-އެއަރ“ ޓްރާންޝިޕްމަންޓް ޚިދުމަތުގެ ކާގޯ ޕާޓްނަރެއްގެ ގޮތުގައެވެ. އެމްއެސްއެސްއާއެކު ފަހުމުނާމާއެއް ހެދީ ކެރިއަރ ޕާޓްނަރަކަށްވުމަށެވެ. އަދި އެމްއޭސީއެލްއާއެކު […]
ފުލުހުން އަޅުގަނޑުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ނުކުރޭ: ފައްޔާޟް

ފުލުހުން އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ނުކުރާ ކަމަށްއެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. މިދިޔަ ސަރުކާރުގައި އާރްޑީސީއަށް ލިބުނު ފައިސާ އެ ކުންފުނީގެ ވެރިންނާއި އާރްޑީސީއާ ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެެރިވެފައިވާ މައްސަލާގައި އާރްޑީސީއިން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން ފައްޔާޟް އިސްމާޢީލަށް މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭތީ ސުވާލު ކުރުމަށް މިއަދު 15:00 ގައި ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފުލުހަށް ހާޒިރުވެވަޑައިގަތުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ […]
މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ޠަލްޙަތު

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް އެމްއެންޑީއެފްގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޠަލްޙަތު ޙަސަން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި މި މަގާމަށް ޠަލްޙަތު އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެންބަރުންގެ އިއްތިފާގުންނެވެ. ސާޖެންޓް އެޓް އާމްސްއަކީ ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެވަނައަށް އެންމެ އިސް މަގާމެވެ. މީގެކުރިން ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވީ މުޙައްމަދު ޙަލީމެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ […]
ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. ވުޒާރާއިން ބުނީ ފޯމު ފުރިހަމަކުރުމަށްފަހު އެޕްލިކޭޝަނަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހަޅާނީ، އީމެއިލް މެދުވެރިކޮށް، rehendhiawards@msfd.gov.mv އަށް ކަމަށެވެ. އަދި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރުފަހު 2:00 ޖަހަންދެން އުމަރު ޒާހިރު އޮފީސް އިމާރާތުގެ ކައުންޓަރުން ވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ. މި އެވޯޑަށް އެދި ހުށަހަޅާ ކޮންމެ ލިޔުމަކީ އެވޯޑަށް […]
ރާއްޖޭގެ މަސްދޯނިތަކަށް ސިފައިން އެރީ މިސް ކޮމިއުނިކޭޝަނަކުން: އިންޑިއާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ތިން ދޯންޏަކަށް އިންޑިއާގެ ކަނޑުގެ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއެއްގެ ތެރެއިން ކަމަށް އެ ގައުމުން ރަސްމީކޮށް ދިވެހި ސަރުކާރަށް އަންގައިފިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ “އަސުރުމާ 3“ އާއި “ނިރު 7“ އާއި “މާހޯރަ 3“ ދޯންޏަށް އިންޑިއާގެ ސިފައިން އެރީ ޖެނުއަރީމަހުގެ 31 ގައެވެ. އޭގެފަހުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެރޭ މާހޯރަ ދޯންޏަށް ދެވަނަ ފަހަރަށް އަރާފައި ވެއެވެ. އެގޮތުން ރާއްޖޭގެ ކަމާގުޅޭ […]
މަގުމައްޗަށް ކުނި އެޅި ބިދޭސީންތަކެއް ޖޫރިމަނާކޮށްފި

މަގުމައްޗަށް ކުނި އެޅި ބިދޭސީންތަކެއް ޖޫރިމަނާކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ހީނާމާގެ ޕާކިންގ ގައި ކުނި ބެހެއްޓި ބިދޭސީންތަކެއް ރޭ ވަނީ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. އަދި ކުނި އެޅި މީހުން, އެ ކުނިތައް އަނބުރާ ޕިކަޕަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ބިދޭސީން ރާއްޖެ ގެނެސް ގެންގުޅޭ ފަރާތްތަކުން އެ ފަރާތެއްގެ ސްޕޮންސަރގައި ރާއްޖޭގައި އުޅޭ މީހުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދަށް ހުރުމަތްތެރި ކޮށް ހިތާ ބަޔެއްކަން ޔަގީންކުރަންޖެހޭ ކަމަށެވެ. […]
އެފްއޭއެމްގެ ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު އަވަސްކުރަން މަޝްވަރާކޮށްފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެފްއޭއެމްއަށްއެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެ ފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުންނާ މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ބައްދަލު ކުރައްވައިފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި، އެ މައްސަލައިގައި މިހާރު […]
ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓާއި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރަން ނިންމައިފި

ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓާއި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމައިވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމައި ކަމޭބެހޭ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި ނުދެއްކި ހުރި ފައިސާ ލުއި ގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް […]
ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ބީއޭއެމްގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ބަަލައި ފާސްކޮށްފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު (މޫސަ) އާ ގުޅުންހުރި ބައެއް ތަންތަން ބަަލައި ފާސްކޮށްފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ 9:35 ގައި މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓު އަމުރެއްގެ […]