ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ބީއޭއެމްގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ބަަލައި ފާސްކޮށްފި

Loading

Facebook
Twitter
WhatsApp

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު (މޫސަ) އާ ގުޅުންހުރި ބައެއް ތަންތަން ބަަލައި ފާސްކޮށްފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ 9:35 ގައި މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، އެ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސްއާ ގުޅުންހުރި ބައެއް ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަަލައި ފާސްކުރަމުންދާ ކަމަށެވެ. ނަމަވެސް ބަލައި ފާސްކުރި ތަންތަނުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ރައްދުވާ ގޮތަށް ކޮރަޕްޝަނާ ގުޅުންހުރި ގިނަ ތުހުމަތުތަކެއް ވަނީ އޭސީސީއަށް ހުށަހަޅައިފައެވެ.

މި ތުހުމަތުތަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދުމަށް އޭސީސީގެ ތަހުގީގު ޓީމެއް މި މަހުގެ 19 ވީ އަންގާރަ ދުވަހު ބެޑްމިންޓަން އެސޯސިއޭޝަން ބަލައި ފާސްކޮށްފައި ވެއެވެ.

ބީއޭއޭމްގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: ބީއޭއެމް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް