ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓާއި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރަން ނިންމައިފި

Loading

Facebook
Twitter
WhatsApp

ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓާއި ފެން ބިލުތަކަށް އަރާފައިވާ ޖޫރިމަނާ މައާފުކުރަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިންމައިވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މީގެ އިރުކޮޅެއް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކުރަން ނިންމައި ކަމޭބެހޭ ކުންފުނިތަކަށް އަންގަވާފައިވާ ކަމަށެވެ.

އަދި ނުދެއްކި ހުރި ފައިސާ ލުއި ގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ވެސް އަންގަވާފައިވާ ކަމަށެވެ.

މިގޮތަށް ނިންމެވީ ޢާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް