މަގުމައްޗަށް ކުނި އެޅި ބިދޭސީންތަކެއް ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

މަގުމައްޗަށް ކުނި އެޅި ބިދޭސީންތަކެއް ޖޫރިމަނާކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ހީނާމާގެ ޕާކިންގ ގައި ކުނި ބެހެއްޓި ބިދޭސީންތަކެއް ރޭ ވަނީ ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. އަދި ކުނި އެޅި މީހުން, އެ ކުނިތައް އަނބުރާ ޕިކަޕަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ބިދޭސީން ރާއްޖެ ގެނެސް ގެންގުޅޭ ފަރާތްތަކުން އެ ފަރާތެއްގެ ސްޕޮންސަރގައި ރާއްޖޭގައި އުޅޭ މީހުންނަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދަށް ހުރުމަތްތެރި ކޮށް ހިތާ ބަޔެއްކަން ޔަގީންކުރަންޖެހޭ ކަމަށެވެ.

މާލޭ މަގުމަތީ ކުނި ބަހައްޓައިގެން 9 ފަރާތެއް އިއްޔެ ޖޫރިމާނާ ކުރެވިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އަދި މާލެ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަން ވެސް އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ފޮޓޯ: މާލެ ސިޓީ ކައުންސިލް

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް