ހުވާކުރައްވާފައިވާ ދެ ރައީސުން: ރިޔާސީ ބަޔާން އިއްވަވަނީ ކޮން ބޭފުޅެއް؟
’ކޮންމެ އަހަރަކުމެ, ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެއެވެ.“ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތީ މިހެންނެވެ. ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:00 ގައެވެ. އެ ޖަލްސާގައި […]
ޞާލިޙަކަށް ވެސް ނަޝީދަކަށް ވެސް ރައްޔިތުން އެދޭ ވެރިކަމެއް ނުކޮށްދެވޭނެ: އިބްރާ
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިޔަސް, ރައީސް މުޙައްމަދު ނަޝީދު ވިޔަސް ރައްޔިތުން އެދޭފަދަ ވެރިކަމެއް ނުކޮށްދެވޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާޢީލް (އިބްރާ) މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ޞާލިޙާއި, ރައީސް ނަޝީދު ކެމްޕޭން ކުރައްވަމުންދާއިރު ރައީސް ޞާލިޙް ވިދާޅުވަނީ ރައްޔިތުން އެދޭ ބަދަލު ގެނެސްދެވޭނީ އެމަނިކުފާނަށް އިތުރު ދައުރެއް ލިބިގެން ކަމަށެވެ. ނަޝީދު ވިދާޅުވަމުންދަނީ ރައީސް ޞާލިޙަށް ރިޔާސީ ޓިކެޓް ލިބިއްޖެނަމަ ކަންކަން ގޯހުންގޯހަށް ދާނެ ކަމަށާއި […]
މާލޭގައި ގުރޫޕަކުން މީހެއްގެ ގަޔަށް ވަޅި ޖަހައިފި
މާލޭގައި ގުރޫޕަކުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފިލައިފިއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ ޣިޔާސުއްދީން ސްކޫލު ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުނީ މިއަދު 16:10 ހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުން މި މާރާމާރީގައި އަނިޔާވެފައިވަނީ ފިރިހެނަކަށެވެ. އަދި އައިޖީއެމްއެޗްގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާގެ ހާލަތު އަދި ސާފުވާ ގޮތެއް ނުވެއެވެ. ސަންދާނަށް މަޢުލޫމާތު ލިބޭ ގޮތުން ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހުން ވަޅިން […]
ޑީއާރްޕީ އުވައިލަން ނިންމި މައްސަލަ ހައިކޯޓަށް
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ އެ ޕާޓީން ހައިކޯޓަށް ހުށަހަޅައިިފިއެވެ. ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ ޢަދަދަކީ 3000 މެންބަރުންނެވެ. އެ ޢަދަދަށް މެންބަރުން ހަމަކުރުމަށް އީސީން ޑީއާރްޕީއަށް 03 މަސް ދުވަހުގެ މުއްދަތެއް ދިނީ މިދިޔަ އަހަރުގެ ޖުލައިނަހުގެ 25 ވަނަ ދުވަހުއެވެ. އެ މުއްދަތު ހަމަވީ މިދިޔަ އޮކްޓޫބަރު މަހުގެ 25 އަށެވެ. ނަމަވެސް ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަވެފައެއް […]
މާލެއަކީ އިންޑިއާގެ ރަށެއްކަމަށް ބުނުމުން ވެސް ދިވެހި ސަރުކާރުން “ހަނު“
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ މަހަރަޝްތުރާ އިންފޮމޭޝަން ސެންޓަރުން މާލޭގެ ފޮޓޯއެއް ސޯޝަލްމީޑިއާގައި ހިއްސާކޮށް އެއީ އިންޑިއާގެ ރަށެއްކަމަށް ބުނެފިއެވެ. މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް މަހާ އިންފޯރ ސެންޓަރުން ކުރި ޓުވީޓެއްގައި ބުނީ ފޮޓޯއިން ފެންނަނީ މަހަރަޝްތުރާގައި އެއީ އޮންނަ ސަލްސެޓޭ އައިލެންޑް ކަމަށެވެ. އެ ޓުވީޓުގައި އިތުރަށް ބުނެފައިވަނީ އެ ރަށުގެ ކޯރުތަކާއި ފެންގަނޑުތަކާއި ފެން އާރުތައް ހުންނަ ކަމަށާއި އެ ރަށުން 109 ބުޑިސްޓު ހޮހޮޅަ ވެސް ފެންނަ ކަމަށެވެ. އަދި […]
ޢާއިލާގެ ގުޅުން ދެމެހެއްޓުން
ޢާއިލާގެ ގުޅުންތަކަކީ ލިއެކިއުމުން ބަޔާންކުރެވޭނެ ކަމެއްނޫންކަން އެންމެފުރަތަމަ ގަބޫލުކުރާނީ އަޅުގަނޑެވެ. އެހެންނަމަވެސް އަޅުގަނޑުމެން މި ދިރިއުޅޭ މުޖުތަމާގައްޔާއި އަދި މުޅިދުނިޔޭގައިވެސްް ބަދަލުވަމުންދާ ޢާއިލީ ގުޅުންތަކުގެމައްޗަށް ކޮންމެވެސް އެއްޗެއް ލިޔާހިތްވާތާ ދުވަސްގަނޑެއް ވެއްޖެއެވެ. މައިގަނޑު ގޮތެއްގައި އަޅުގަނޑު ބަލާލާނީ އަޅުގަނޑުމެންގެ ދިވެހިި މުޖުތަމާގައި ކަންތައް ހިނގަމުންދާގޮތުގެ މައްޗަށެވެ. ސަބަބަކީ އެހެންމީހުންގެ ކަންތަކާބެހުމަށްވުރެން ތިމަތިމާމެންގެ ކަންތަކަށް އިސްކަންދިނުން ރަނގަޅުކަމަށް އަބަދުވެސް އަޅުގަނޑު ދެކޭތީއެވެ. އަޅުގަނޑުމެން ބޮޑުވަމުން އައި ދުވަސްވަރަކީ މީގެ 60-50 އަހަރު ކުރިކަމަށްވެފައި ޚާއްސަކޮށް މެދުރާއްޖެތެރޭގެ ތަޢުލީމީ ޙާލަތުވެސް […]