ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާދިނީ ސަބަބެއް ނެތިއެއް ނޫން

ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން ފަލަސްތީނުގެ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާ ދިނީ ސަބަބެއް ނެތި ނޫންކަމުގައި ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ. އެހެންވިދާޅުވުމުން ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ޓެރަރިޒަމަށް ހިތްވަރުދެނީ ކަމަށްބުނެ އިސްރާއީލުން ރަތަށް އަރައިފިއެވެ. ގުޓަރެސް ވިދާޅުވީ ޙަމާސްގެ ޙަމަލާގައި މަރުވެދިޔަ މީހުންނާމެދު ހިތާމަ ކުރައްވާ ކަމަށާއި އެހެންނަމަވެސް އެޙަމަލާ މެދުވެރިވެފައި ވަނީ ސަބަބެއް ނެތި ނޫންކަމަށެވެ. ޙަމާސްއިން އެދިން ޙަމަލާއަކީ ހަރުކަށި އަދި ލާއިންސާނީ އަމަލެއް ނޫނެކޭ ނުބުނަމެވެ. މައްސްލާގެ އަސްލަކީބައްގެ ބިން ގަދަބާރުން އަތުލައި އަޅުވެތިކޮށް ބޭނުންވެއްޖެ ކޮންމެހިދެއްގައި އަނިޔާވެރިކަން އިސްކުރާ ކުރުމެވެ. އަދި މިހާރު […]

ވާގްނަރ އިން ޙިޒްބުއްލާ އަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދެނީ

ރަޝިޔާގެ އެދުމުގެ މަތިން ރަޝިޔާގެ ހަނގުރާމަވެރި ޖަމާޢަތް ވާގްނަރ އިން އީރާން މެދުވެރިކޮށް ހިޒްބުއްލާ އަށް އެއަރ ޑިފެންސް ސިސްޓަމް ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ. އެ ނިޒާމް ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ރަޝިޔާގެ ފަރުދުންނާއި ޖަމާއަތްތަކާމެދު ވޯޝިންގްޓަނުން ކައުންޓަރ ޓެރަރިޒަމް ދަށުން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ވައިޓް ހައުސްގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ވަނީ އިންޒާރު ދީފައެވެ. އޭނާގެ އިންޒާރުގައި އިތުރަށް ބުނެފައިވަނީ އީރާނާއި ރަޝިޔާގެ ގުޅުމަކީ ބައިނަލް އަގްވާމީގޮތުން މުޅި ދުނިޔެއަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި ރަޝިޔާއާއި އީރާނުގެ ގުޅުން ފުޅާވަމުންގޮސް އީރާނުގެ […]

އިސްރާއީލަށް ނިސްބަތްކުރެވޭ އާގު ބޯޓެއް ޔަމަނުގެ ހޫތީންގެ އަތުލައިގަތުން

އިސްރާއީލަށް ނިސްބަތް ކުރެވޭ އާގު ބޯޓު “ ގެލެކްސީ ލީޑަރ“ ދެކުނު ރެޑްސީގެ ތެރެއިން ހޫތީންގެ ބާރުގެ ދަށަށް ގެނެސްފިކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ.  މިކަން ޔަމަނުގެ ހޫތީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އިސްރާއީލުން މިކަންވެސް އަޅުވަމުން ގެންދަނީ އީރާނުގެ ބޮލުގައެވެ. ގެލެކްސީ ލީޑަރ އަކީ ބުނެވޭގޮތުގައި އިސްރާއީލުގެ ވިޔަފާރިވެރިއެއްގެ ޙިއްސާއެއްވެސް ހިމެނޭ ބޯޓެކެވެ.  ބޯޓު ބަރުކޮށްފައިވަނީ ތުރުކީން އިންޑިއާއަށެވެ. ހޫތީންގެ ފަރާތުން ބުނެފައިވާ ގޮތުގައި މިއީ އިސްރާއީލުގެ ބޯޓުފަހަރު ހިފޭއްޓުމަށް ފަށައިގަތުމެކެވެ. އެއްވެސް ބޯޓެއް އިސްރާއީލަށް މުދާ ބަރުކޮށްގެން ނުވަތަ އިސްރާއީލުން މުދާ ބަރުކޮށްގެން […]

ޢަރަބި ގައުމުގެ ސިފައިން ގައްޒާއަކަށް ނުދާނެ

އިސްރާޢީލު ސިފައިން ގައްޒާއަށްވަދެ ހިންގަމުންގެންދާ ގަތުލުއާންމަށް ވަރަށް ހޫނު ފާޑުކިއުމެއް ހާމަކުރައްވަމުން އަރަބިންގެ ސިފައިން ގައްޒާއަށް ނުދާނެކަމަށް ޖޯރޑްން ގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެއްޖެއެވެ.  އިންސާނިއްޔަތަށްޓަކައި ބޭނުންވާ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމުގެ ބޯޅަ އޮތީ ފަލަސްތީނު ޙަމާސް ޖަމާޢަތުގެ ކޯޓުގައި ކަމަށާއި ރަހީނުން މިނިވަން ކުރުމަކީ ޝަރުތެއްކަމަށް ވިދާޅުވެ ރައީސް ޖޯ ބައިޑަންގެ މެދުއިރުމަތީ ޚާއްސަ މުޝީރު ބްރެޓް މެކް ގާރޓް ދެއްކެވި ވާހަކަފުޅަށް ތޫނު ރައްދުގައި އައިމަން ސަފާދީ ދިވާޅުވީ އިންސާނިއްޔަތުގެ އެހީތައް ފޯރުކޮށް ދިނުމަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް ހަމާސްއިން ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް […]

ހޮލޯކާސްޓްގެ ހަނދާންވާތީ ޖަރުމަނުން އިސްރާޢީލާ ދެކޮޅަށް އަނގަ ހުޅުވާކަށް ނުކެރޭނެ – އުރުދުޣާން

މިދިޔަ ހުކުރުދުވަހު ތުރުކީގެ ރައީސް އުރުދުޣާން ޖަރުމަނުގެ ޗާންސެލަރ އޯލާފްޝޮލްޒާއެކު ބޭއްވެވި ފިނިހޫނުމިން ބުނަންނޭގޭ ބައްދަލު ކުރެއްވުމެއްގައި އިސްރާއީލުން ފަލަސްތީން އަށް ދެމުންގެންދާ ޙަމަލާތަކާއި އެމެރިކާ އާއި ހުޅަނގުގެ ބާރު ބޭނުން ކޮށްގެން ފަލަސްތީނު އަޅުވެތިކޮށްގެން ގެންގުޅުމާއިދޭތެރޭ ޖަރުމަނުން އިސްރާއީލާދެކޮޅަށް އަނގަ ހުޅުވާލަންވެސް ނުކެރިގެންއުޅެނީ ހޮލޯކާސްޓް ހަނދާނަށް އަންނަވަރުން ކަމުގައި އުރުދުޣާން ވިދާޅުވެއްޖެއެވެ. ބާރލިންގައި ޖަރުމަނުގެ ޗާންސެލަރ އައިއެކު ބޭއްވި މި ބައްދަލުވުމުގައި އުރުދުޣާން ވިދާޅުވެފައިވަނީ ބާރލިންގެ ލީޑަރުން ފަދައިން އެމަނިކުފާނު ދޫފުޅު އޮތީ ބަންދު ވެފާ ނޫންކަމަށާއި ވިސްނިވަޑައިގަންނަވާ އެއްޗަކާއި ދެކިވަޑައިގަންނަވާ ގޮތެއް ދުލުން ހާމަކުރުމަށް އުޒުރުވެރިވެ ވަޑައި ނުގަންނަވާނެކަމަށެވެ. ތުރުކީއިން […]

ހުޅަނގުން ޔޫކްރެއިން ނުއަގުގައި ވިއްކާލަން ވިސްނަނީތަ؟

ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގާ އެންމެފަހުން ޔޫކްރެއިނުން ހުޅަނގަށް ބަރޯސާވެވެން ނެތްކަމާއި އަދި ބައިޑަން އެޑްމިނިސްޓްރޭޝަނުން ޔޫކްރެއިނަކަށް މާބޮޑު ޝަވްގުވެރިކަމެއް ނެތްކަންވެސް ގަބޫލުކުރަން ޖެހިއްޖެއެވެ.  މީގެ ސަބަބުން ޔޫކްރެއިންގެ ސިޔާސީ ވެށީގައި ކުރިއަށް އޮތް އިންތިޚާބުގައި މިހާރުގެ ރައީސް ޒެލެންސްކީ އަށް ތާއީދު ނުކުރުމުގެ ބަހުސްތައްވެސް އާންމު ވެއްޖެއެވެ.                               އެންމެފަހުން  ޔޫކްރެއިނުން އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކުގައިވެސް އެމެރިކާގެ ވާހަކަތައް ބޮޑަށް އަމާޒުކޮށްފާ އޮތްކަމަށް […]

އިސްރާއީލުގައި ހުންނަ ދެކުނު އެފްރިކާގެ އެމްބަސީ ބަންދުކުރަނީ

ސެމާފޯރ އަށް ފެނިފައިވާ ލިއެކިއުންތަކަކުން ހާމަވެފައިވާ ގޮތުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ އަނިޔާވެރި ގަތުލު އާންމަށް ދެކޮޅު ހެދުމުގެ ގޮތުން އިސްރާއީލުގައި ހުންނަ ދެކުނު އެފްރިކާ އެމްބަސީ ބަންދުކުރަން ނިންމާފިއެވެ. އެގޮތުން އެންމެހާ ސިޔާސީ ގުޅުންތައް ކަނޑާލުމަށް ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް އިން ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުން އެބަ ގެންދެއެވެ. އަދި އެ އަނިޔަވެރި ހަނގުރާމަ ހުއްޓާލަން އިސްރާއީލުން އިންކާރުކުރަމުން ގެންދާތީ ދެކުނު އެފްރިކާގައި ހުންނަ އިސްރާއީލުގެ އެމްބަސީ ބަންދު ކުރަން އެންގުން ނޫން އެހެން ގޮތެއް މިހާރު ދެކުނު އެފްރިކާގެ ސަރުކާރަކަށްވެސް ނެތްކަމަސް ބުނެފިއެވެ.   […]

ލިއެކިއުންނެތި އިންޑިއާގެގިނަ ރައްޔިތުން ތަކެއް ފައިމަގުގައި އެމެރިކާއަށް

ޔޫ. އެސް. ބޯރޑަރ އެންޑް ކަސްޓަމްސްއާ ޙަވާލާދީ ބައިނަލް އަގްވާމީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި ލިއެކިއުންތައް ނެތި ފައިމަގުގައި އިންޑިއާގެ ގިނަ ރައްޔިތުންތަކެއް އެމެރިކާގެ ބޯޑަރ ހުރަސްކުރަމުން ގެންދިއުމަކީ ކީއްވެގެން އުފެދިގެންއުޅޭ މައްސަލައެއްތޯ ސުވާލު އުފެދިއްޖެއެވެ. މީގެ ކުރިން ކޮންމެވެސް ވަރަކަށް ހިފޭއްޓިފާ އޮތް މިކަންތައް މިހާރު ބޮއްސުންލައިގެން ހިނގައްޖެ ކަމަށް އެ ޚަބަރުތައް ބުނެއެވެ. 2022 ވަނައަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން މިއަހަރު ސެޕްޓެމްބަރ މަހާއި ހަމަޔަށް ގާތްގަނޑަކަށް އެއްލައްކަ އިންޑިއާ މީހުން އެއްވެސް ލިއެކިއުމެއްނެތި ބޯޑަރ ހުރަސްކޮށް އެމެރިކާއަށް އެތެރެވާން މަސައްކަތް ކޮށްފައިވެއެވެ. […]

ނަތަންޔާހޫ ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގެ ކުރިމައްޗަށް

އިސްރާޢީލުގެ ސިފައިން ފަލަސްތީނުގައި މިހާރު ހިންގަމުން ގެންދާ ހަނގުރާމައިގެ ގަތުލު އާންމުގެ މޭސްތިރިއަކީ ޔަހޫދީންގެ ބޮޑުވަޒީރު ނަތަންޔާހޫ ކަމުގައި ތުރުކީ ވިލާތުން ބުނެފިއެވެ. އަދި އޭނާއާއި އެކުގައި އެ ޖަރީމާގައި ބައިވެރިވަމުން ގެންދާ ހުރިހާ މީހުންގެ މައްޗަށް ބައިނަލް އަގްވާމީ ޖިނާއީ ކޯޓުގައި ދައުވާކުރަން ތުރުކީގެ ގާނޫނީ ވަކީލުން ތަކެއްގެ ފަރާތުން އެކޯޓަށް ހުށައަޅައި ދިނުން އެދި ތުރުކީގެ ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ވަނީ މައްސަލަ ހުށައަޅުއްވައިފައެވެ.   އެބޭފުޅުންގެ ތެރޭގައި ތުރުކީގެ ކުރީގެ ޕާލަމެންޓް މެމްބަރުންނާއި އަދި ގާނޫނީ ވަކީލުން ވެސް ހިމެނެއެވެ. އެބޭފުޅުން ހުށައެޅުއްވި […]

ކެނެޑާ ބޮޑުވަޒީރުގެ ފަރީއްކުޅުވުން ހުއްޓުވައިފި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ރެސްޓްރާނެއްގައި ފަރީއްކުޅުއްވަން އިންނަވަނިކޮށް މުޒާހަރާކުރަމުން ދިޔައަ އެތައްހާސް ބަޔަކު އެމަނިކުފާނުގެ ފަރީއކުޅުވުން ހުއްޓުވައިފިއެވެ.  އެމީހުން ބޮޑުވަޒީރު ޓްރޫޑޯ އަށް ދަންނަވަމުން ގެންދެވިކަމަށް މީޑިޔާގައި ބުނެފައިވަނީ ކެނެޑާގެވެސް ރުހުމާއިއެކު ފަލަސްތީނުގެ އެތައް ބަޔަކު އިސްރާއީލުގެ ސިފައިންގެ ޙަމަލާތަކުގައި މަރަމުން ގެންދާއިރު ހަމަޖެހިލައިގެން ފަރީއްކުޅުއްވަން ތިޔަ އިންނަވަނީ މަނިކުފާނުގެ ހިތަށް އެއްވެސް އަސަރެއް ނުކުރާކަން ދައްކަންހެއްޔެވެ؟  އިޙްތިޖާޖު ކުރަމުން ދިޔަ މީހުންތައް ހަމަޔަކަށް އެޅުވުމަށްޓަކައި ސަތޭކައަށްވުރެން ގިނަ ފުލުހުންގެ އޮފިސަރުންތަކެއް ޓްރޫޑޯ ވޭންކުއަރ ގައި އިންނެވި ރެސްޓޯރެންޓަށް ފޮނުވިފައިވާކަން […]