ޗައިނާގެ ރައީސް މޮސްކޯއަށް ވަޑައިގެންފި

ރަޝިޔާއިން ޔޫކްރެއިންގައި ސްޕެޝަލް އޮޕަރޭޝަން ހިންގަންފެށިފަހުންް ޗައިނާގެ ރައީސް ޝީ ޖިންފިން ފުރަތަމަ ފަހަރަށް މޮސްކޯއަށް ވަޑައިގެންފިއެވެ. ރައީސް ޝީ ވަޑައިގަތީ ދެދުވަހުގެ ރަސްމީ ދަތުރު ފުޅެއްގައި ރައީސް ޕޫޓިންއާ މަޝްވަރާ ކުރެއްވުމަށްޓަކައެވެ.އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ބުނާ ގޮތުގުގައި ރައީސް ޝީގެ ދަތުރުފުޅު މިއައީ ރަޝިޔާއާއި ދެކޮޅަށް އެމެރިކާއާއި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޔޫކްރެއިންގެ ހަނގުރާމަ ދެމެހެއްޓުމަށް ބޭނުންވާ ހަތިޔާރުވެސް ރަޝިޔާއިން ހުސްވާން ކައިރިވެފައިވާ ދަނޑިވަޅެއްގައި ކަމަށް ޚަބަރުތައް ބުނެއެވެ.  އަދި ޗައިނާއިން ބަރު […]

ސަޢޫދީ ރަސްގެފާނުގެ ދައުވަތު އީރާނުގެ ރައީސަށް

ރޮއިޓާރސް ޚަބަރު ދީފައިވާގޮތގައި އިއްޔެގެ ވަގުތެއްގައި ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް  އަޒީޒުގެ ދައުވަތެއް އިރާނުގެ ރައީސް އިބްރާހިމް ރައީސީ އަށް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ދައުވަތަށް މަރުޙަބާ ދަންނަވާ ކަމަށް އީރާނުގެ ރައީސް އޮފީހުން ހާމަކޮށްފިއެވެ.  އެއީ ރައީސް އިބްރާހިމް ރައީސީ ސަޢޫދީ އެރޭބިޔާއަށް ވަޑައިގަތުމަށް ދެއްވި ދައުވަތެއް ކަމާށާއި އެހެންނަމަވެސް ވަކިތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ސަލްމާނުގެ ސިޓީފުޅުގައި މާރޗް 10 ގެ އެއްބަސްވުމާމެދު އުފާފުޅުކުރައްވާކަން ހާމުރައްވާފައިވެއެވެ.         މި ޚަބަރާބެހޭގޮތުން މަޢުލޫމާތު ސާފުކުމަށް ރޮއިޓާރސް […]

އިންޑިއާގައި ފިޔާ އެއްވެސް އަގެއްނެތިފާ

ބީބީސީ ޚަބަރުން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ މަހާރަސްތްރާ ސްޓޭޓުގެ ދަނޑުވެރިން އުފައްދާ ފިޔާ އަށް ރަނގަޅު އަގެއް ލިބިދިނުން އެދި އެތައްހާސް ދަނޑުވެރިންނެއް މުމްބާއި އާ ދިމާލަށް 200 ކިލޯމީޓަރުގެ ނުރުހުމުގެ ހިނގާލުމެއް ފަށައިފިއެވެ.  ދަނޑުވެރިންގެ މުޒާހަރާއާއި ގުޅިގެން ސަރުކާރުން ދަނޑުވެރިންނަށް އިނާޔަތެއް ދިނުމަށް ކަނޑައެޅުމުން އެމީހުންގެ އުފެއްދުމަށް ރަނގަޅު އަގެއް ހަމަޖެހެންދެން މުޒާހަރާ ކުރުން ހުއްޓާނުލާނެކަމަށް އެމީހުން ގެންދަނީބުނަމުންނެވެ.                            ނާސިކް ޑިސްޓްރިކްޓުގެ ނާމްދޭވް ތަކާރޭ ގެ […]

ދުނިޔޭގެ ބޮޑެތި ބޭންކުތަކަށް ގޮތްނޭގޭ ބައްޔެއް ޖެހެނީ

އެމެރިކާގެ ބޭންކުތަކަށް ޖެހެމުން މިދާ ބައްޔެއް ނޭގުނު ނަމަވެސް ކަންބޮޑުވެ ހާސްނުވުމަށް ސަރުކާރުގެ ރަސްމީ އިދާރާތަކުން ބުނަންފަށައިފިއެވެ. ފަސްޓް ރިބަލިކް ބޭންކް ވެގެންމިދިޔައީ މިދިޔަ ހަފްތާގެ ތެރޭގައި ބަންދުކުރަން ޖެހުނު 4 ވަނަ ބޭންކު ކަމަށެވެ. ފަސްޓް ރިޕަބްލިކް ބޭންކަށް މިޖެހުނީ ކޮން ބައްޔެއް ހެއްޔެވެ؟ ފަސްޓް ރިޕަބްލިކް ބޭންކު އުފެދުނީ 1985 ވަނަ އަހަރުގައެވެ. އެއީ ވެލްތު މެނޭޖްމެންޓާއި ޕްރައިވެޓްބޭންކިންގައި ވަރަށް ފުންނާބު އުސް ބަޔަކު އުފެއްދި ބޭންކެކެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގައި ބޭންކުގެ ހިއްސާގެ އަގު ވެއްޓުމުން އެ […]


އީރާން ސަޢޫދީގެ ސުލްޙައަށްފަހު އީރާނާއި އެމިރޭޓްސްގެ ވާހަކަތައް ފެށިއްޖެ

ސަޢޫދީ އާއި އިރާނުގެ ޙައިރާންކުރަނިވި ސުލްޙައިގެ އެއްބަސްވުމަށް ފަހު އީރާނާއި އެމިރޭޓްސްގެ ގުޅުން ރަނގަޅު ކުރުމާބެހޭ ވާހަކަތައް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެބަ ކުރިއަށްދެއެވެ.  މި ވާހަކަފުޅުތަކުގައި އީރާނުން ބައިވެރިވެ ވަޑައިގަންނަވަނީ އެގައުމުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޢަލީ ޝަމްޚާނީއެވެ. ޚަބަރުތަކުން އެނގޭ ގޮތުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބައިވަންތަކަން ދެމެހެއްޓޭނެ ފުރުސަތުތަކާއި ބެހޭގޮތުން އަބޫދާބީގައި އެމިރޭޓްސްގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން އާއެކު މަޝްވަރާ ކުރެއްވުމަށްފަހު އެމިރޭޓްސް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝައިޚް ތަހްނޫން […]

މެލޭޝިޔާގެ ކުރީގެ ރަސްގެފާނުގެ ތިމާގެ ބޭފުޅުންތަކެއް ކޯޓަށް

މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުން ޚަބަރު ލިބޭގޮތުގައި މެލޭޝިޔާ ސަރުކާރަށް ނިސްބަތްކުރެވޭ މިލްކިއްޔާތު ތަކެއްގެ މައްސަލަ 15 ބިލިއަން އެމެރިކާ ޑޮލަރަށް ފަރަންސޭސި ވިލާތުގެ އާބިޓްރޭޝަނުގައި ނިންމަން މަސައްކަތް ކުރެއްވުމުގެ ތުޙުމަތުގައި ކުރީގެ ރަސްގެފާނުގެ ތިމާގެ ބޭފުޅުން ތަކެއް ކޯޓަށް ޙާޒިރު ކުރުމަށް ނިންމައިފި ކަމަށެވެ.  ސުލްތާން އޮފް ސޫލޫގެ ފިލިޕީން ބަނޑުގެ ރަސްކަމުގެ ވާރިސުން އިސްތިޢުމާރީންގެ ޒަމާނުގެ ބިންތަކަކާއި ބެހޭގޮތުން ހަދާފައިވާ  އެއްބަސްވުމެއް ފަރަންސޭސި އާރބިޓްރޭޝަން ކޯޓުން މިދިޔައަހަރު ކާމިޔާބު ކުރައްވާފައިވަނީ ރަސްމަތިފުށުގެ އެބޭފުޅުންނަށް އެ އެއްބަސްވުމަށް އިޙުތިރާމްކުރުމުގެ ގޮތުން 2013 ވަނައަހަރާ ހަމަޔަށް […]

އިސްރާޢީލުގެ ރައްޔިތުން ގަބޫލު ކުރާގޮތުގައި ގައުމު މިދަނީ ހަލާކުގެ މަގުން

އިސްރާޢީލަކީ މިހާތަނަށް ދުނިޔޭގައި ސެކިއުލަރިޒަމޭ މިކިޔާ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރަމުންދިޔަ އެއް ގައުމުކަމުގައި ބުނެވިދާނެއެވެ.  އެހެންނަމަވެސް ހަރުކަށި ވިސްނުމުގެ ސިޔާސީ ޕާރޓީތަކަށް ފުރުސަތު ލިބުމާއިއެކު މުޅި ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެން ދަނީކަމަށް އެމީހުންވެސް މިހާރު ގަބޫލުކުރަން ފަށައިފިއެވެ.  ދިވެހިންގެ ތެރޭގައި ހަރުކަށިފިކުރޭ ނުކިޔަސް މަށަށް ނޫނީ ރަނގަޅަށް އެއްވެސް ކަމެއް ކުރާކަށްނޭގެޔޭ ބުނާ ފިކުރުތައް ވަރަށް ގިނައެވެ. އަދި އެ ފިކުރުތަކަށް އިތުރު ޖާގަ ކަށަވަރު ކުރުމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްވެސް މަދެކޭ ނުބުނެވޭނެއެވެ. މިލިއުމުން ކިއުންތެރިންގެ މަޢުލޫމާތު […]

ނިއުޔޯރކުގެ ސިގްނޭޗަރ ބޭންކުވެސް ސަރުކާރުން ބަންދުކޮށްފި

މިދުވަސްވަރަކީ ދިވެހިރާއްޖޭގައިވެސް ބޭންކުތަކާމެދު ކަސްޓަމަރުންގެ ހިތްހަމަނުޖެހުން ހާމަކުރަމުންގެންދާ ދުވަސްވަރެކެވެ. ބޭންކުތަކުން އަބަދުވެސް މަސައްކަތްކުރާނީ ބޭންކުގެ ފައިދާ އިތުރުކުރަން ކަމުގައި ގަބޫލުކުރަންޖެހެއެވެ.  އެކަންކުރެވޭނެ އެއްގޮތަކީ ބޭންކުގެ ކަސްޓަމަރުންނަށް ބައެއް ކަންތައްތައް ހާމަނުކޮށް ބޭއްވުމެވެ. އެމެރިކާއަކީ އެގައުމުގެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ގާނޫނުތައް ހަދައި އެ ގާނޫނުތައް ތަންފީޒުކުރުމުގައި މިސާލު ލިބިގަންނަން ޖެހޭ ގައުމެކެވެ.  މިހާރު ހާމަވެގެން މިދިޔަ ބޭންކުތަކުގެ މައްސަލައަށް ބަލާލުމުންވެސް އެކަން ވަރަށްރަނގަޅަށް އޮޅުންފިލައެވެ. މިސާލަކަށް ބޭންކުގައި ހުރި ކަސްޓަމަރުންގެ ފައިސާއަކީ އިންޝުއަރ ކުރެވި އެއަށް ސަރުކާރުން ޒިންމާވާންޖެހޭ […]

ރަޝިޔާއިން ޗައިނާގެ ނިއުކްލިއަރ މަޝްރޫއަށް އެހީތެރިވުމަކީ ބިރުހުރި ކަމެއް – އެމެރިކާ

ރަޝިޔާއިން ޗައިނާގެ ނިއުކްލިއަރ މަޝްރޫއު އިތުރަށް ތަރައްގީކުރަން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން އެމެރިކާގެ ޕެންޓަގަން އަށް އެނގިއްޖެކަމަށް ބުނެފިއެވެ. އަދި މިއީ ބިރުހުރި ކަމެއް ކަމުގައި ދުނިޔެއަށް އިންޒާރުވެސްދީފިއެވެ. ރަޝިޔާ ސަރުކާރުގެ ނިއުކްލިއަރ ހަކަތައާއިބެހޭ މޮނޮޕޮލީ ރޮސާޓޮމް އިންޗައިނާގެ ފާސްޓް-ބްރީޑަރ ރިއެކްޓަރތަކަށް ވަރަށް މަތީ ދަރަޖައަކަށް ފައްކާކޮށްފައިހުރި ޔުރޭނިއަމް ފޯރުކޮށްދީފިއެވެ. އަދި އެ ފެންވަރަށް ފައްކާކޮށްފައިހުންނަ ޔުރޭނިއަމް އަކީ ހަތިޔާރު ފެންވަރުގެ ޕުލޫޓޯނިއަމަށް ބަދަލުކުރެވިދާނެ އެއްޗެކެވެ.                      އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ […]

ސަޢޫދީއާއި އީރާނުގެ ގުޅުމަކީ އެމެރިކާއަށް މެދުއިނގިލި ދެއްކުން

މިދިޔަ ހުކުރުދުވަހު މުޅިދުނިޔެ ހައިރާންކޮށްލީ ކުރިން އެއްވެސް އިޝާރާތެއް އެނގުމެއްނެތި ކުއްލިއަކަށް ޗައިނާގެ އިސްނެގުމާއެކު ކުރެވުނު ކާމިޔާބު މަސައްކަތުގައި ސައޫދީ އެރޭބިޔާއާއި އީރާނުގެ ދެބަސްވުންތައް އެއްފަރާތްކޮށް އެ ދެގައުމުން ސިޔާސީގުޅުން އަލުން ގާއިމްކުރަން އެއްބަސްވި ޚަބަރުންނެވެ. ޗައިނާއާއި އީރާނަކީ އެމެރިކާއިން އެންމެ ބޮޑަށް ނުރުހޭ ދެ ގައުމެވެ. މިސަބަބާހުރެ އެމެރިކާގެ ކުރީގެ ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވަނި މިއީ ރައީސް ބައިޑްން އަށް މެދު އިނގިލި ދެއްކުން ކަމަށެވެ. އަދި ވަލީއަހްދު މުހަންމަދު ބިން ސަލްމާނުގެ ވެރިކަމުގައި އެމެރިކާ […]