ސަޢޫދީއާއި އީރާނުގެ ގުޅުމަކީ އެމެރިކާއަށް މެދުއިނގިލި ދެއްކުން

Loading

Facebook
Twitter
WhatsApp

މިދިޔަ ހުކުރުދުވަހު މުޅިދުނިޔެ ހައިރާންކޮށްލީ ކުރިން އެއްވެސް އިޝާރާތެއް އެނގުމެއްނެތި ކުއްލިއަކަށް ޗައިނާގެ އިސްނެގުމާއެކު ކުރެވުނު ކާމިޔާބު މަސައްކަތުގައި ސައޫދީ އެރޭބިޔާއާއި އީރާނުގެ ދެބަސްވުންތައް އެއްފަރާތްކޮށް އެ ދެގައުމުން ސިޔާސީގުޅުން އަލުން ގާއިމްކުރަން އެއްބަސްވި ޚަބަރުންނެވެ. ޗައިނާއާއި އީރާނަކީ އެމެރިކާއިން އެންމެ ބޮޑަށް ނުރުހޭ ދެ ގައުމެވެ. މިސަބަބާހުރެ އެމެރިކާގެ ކުރީގެ ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވަނި މިއީ ރައީސް ބައިޑްން އަށް މެދު އިނގިލި ދެއްކުން ކަމަށެވެ. އަދި ވަލީއަހްދު މުހަންމަދު ބިން ސަލްމާނުގެ ވެރިކަމުގައި އެމެރިކާ ސަރުކާރުގެ މޫނުމަތީގައި ޖެހި ތަފާލެކެވެ.                                      

ސައޫދީ އެރޭބިޔާއާއި އީރާނުން ސިޔާސީ ގުޅުން ގާއިމްކޮށް އަލުން އެމްބަސީ ހުޅުވަން ނިންމުމުން އެއީ އެ ސަހަރަހައްދުގައި އެމެރިކާގެ ނުފޫޒު ކުޑަވެގެންދާ ކަމުގެ ހެއްކެކެވެ. އަދި މި ދެގައުންވެސް އެ ސަރަޙައްދަށް ފަތުރަމުން ގެންދިޔަ ނުފޫޒު ކުޑަވެ ކުރިން އޮތް ދެކޮޅުވެރި ވިސްނުން ބަދަލު ވުމުގެ ސަބަބުން ޔަމަނުގެ ހަނގުރާމަ އަށްވެސް ނިމުމެއް އަތުވެދާނެކަމުގެ އުންމީދު ކުރެވެއެވެ. ސަޢޫދީންނާއި އީރާނުންވެސް ގެންދިޔައީ މެދުއިރުމަތީ އެބައެއްގެ ނުފޫޒު ފަތުރަން މަސައްކަތް ކުރަމުންނެވެ.                                      

މެދުއިރުމަތީގެ ގިނަ ސަރުކާރު ތަކަކަށް ލަފާދެއްވި އެމެރިކާގެ ކުރީގެ ޑިޕްލޯމެޓަކު ކަމުގައިވާ އާރޯން ޑޭވިޑް މިލަރ ވިދާޅުވަނީ ޗައިނާއާއި އެމެރިކާގެ ގުޅުން މީގެކުރިން ދުވަހަކުވެސް ގޯސްނުވާ މިންވަރަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި އަދި އީރާނާއެކުވެސް އެމެރިކާގެ ދެކޮޅުވެރިކަން މިހާ ނާޒުކު ފައްތަރެއްގައި އޮތްއިރު ޗައިނާއާއި އީރާނާއެކު ސަޢޫދީ އެރޭބިޔާއިން ސުލްޙަވެރި އެއްބަސްވުމަކަށް އައުމުން އެއީ ރައީސް ބައިޑްންއަށް މެދު އިނގިލި ދެއްކުން ނޫންކަމަކަށް ނުބުނެވޭނެއެވެ. އަދި މެދުއިރުމަތީގައި އެތައް ޒަމާނަކަށް ދެމިގެންދިޔަ އެމެރިކާގެ ނުފޫޒުން އެއްކިބާވެ ޗައިނާއަށް ބުރަވުން ކަމުގައިވެސް ބަލަން ޖެހެއެވެ.                                               

ޗައިނާގެ ސްޓޭޓް ކްރާފްޓާބެހޭ އިދާރާގެ އިސްވެރިޔަކު ވިދާޅުވީ އެމެރިކާއިން މެދުއިރުމަތީގައި ގެންގުޅޭ ހަތިޔާރު ވިއްކުމުގެ ގުޅުމަށްވުރެން ޗައިނާއިން އެ ސަރަޙައްދަށް އެއްބައިވަންތަކަމާއި އިގްތިސާދު ކުރިއެރުވުމާއި ވިޔަފާރީގެ ގުޅުން ކުރިއެރުވުމަށް ދީފައިވާ އަހަންމިއްޔަތުގެ ކާމިޔާބީ ސަޢޫދީއާއި އީރާން އެއްގަލަކަށް އެރުވުމުންވެސް ހާމަވެގެން ހިގައްޖެއެވެ.                                                      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް