ރަޝިޔާއިން ޗައިނާގެ ނިއުކްލިއަރ މަޝްރޫއަށް އެހީތެރިވުމަކީ ބިރުހުރި ކަމެއް - އެމެރިކާ

Loading

Facebook
Twitter
WhatsApp


ރަޝިޔާއިން ޗައިނާގެ ނިއުކްލިއަރ މަޝްރޫއު އިތުރަށް ތަރައްގީކުރަން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަން އެމެރިކާގެ ޕެންޓަގަން އަށް އެނގިއްޖެކަމަށް ބުނެފިއެވެ. އަދި މިއީ ބިރުހުރި ކަމެއް ކަމުގައި ދުނިޔެއަށް އިންޒާރުވެސްދީފިއެވެ.

ރަޝިޔާ ސަރުކާރުގެ ނިއުކްލިއަރ ހަކަތައާއިބެހޭ މޮނޮޕޮލީ ރޮސާޓޮމް އިންޗައިނާގެ ފާސްޓް-ބްރީޑަރ ރިއެކްޓަރތަކަށް ވަރަށް މަތީ ދަރަޖައަކަށް ފައްކާކޮށްފައިހުރި ޔުރޭނިއަމް ފޯރުކޮށްދީފިއެވެ. އަދި އެ ފެންވަރަށް ފައްކާކޮށްފައިހުންނަ ޔުރޭނިއަމް އަކީ ހަތިޔާރު ފެންވަރުގެ ޕުލޫޓޯނިއަމަށް ބަދަލުކުރެވިދާނެ އެއްޗެކެވެ.                     

އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ ސްޕޭސް ޕޮލިސީ ޖޯން އެފް ޕްލަމްބް ކޮންގްރެޝަނަލް ސަބްކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރަޝިޔާ އާއި ޗައިނާގެ މި ގުޅުމުގެ ސަބަބުން ޗައިނާގެ ފަނާކުރަނިވި ހަތިޔާރުގެ މަޝްރޫއު ފުޅާވެގެން ދިއުމަކީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އަދި މި މަޝްރޫއުގައި ރަޝިޔާ އާއި ޗައިނާގެ ގުޅުން އަޅާނުލާ ދޫކޮށްލެވޭކަށް ނޯންނާނެއެވެ. އެމީހުން ކަންކަމާ ދޭތެރޭ މަޝްވަރާ ކުރުމާއި އެ މަޝްރޫއޫތައްހިންގުމަކީ ތަފާތު ދެކަމެކެވެ. ބްރީޑަރ ރިއެކްޓަރަކީ ޕްލޫޓޯނިއަމެވެ. ޕްލޫޓޯނިއަމް ބޭނުން ކުރާނީ ފަނާކުރަނިވި ހަތިޔާރު ތައްޔާރު ކުރުމަށެވެ. ޗައިނާއިން އިތުރު ޕްލޫޓޯނިއަމް ހޯދުމުގެ މަގްސަދަކީ އިތުރު ހަތިޔާރު އުފެއްދުމެވެ. މިއީ ސީރިއަސްކޮށް ވިސްނަންޖެހޭ މައްސަލައެއް ކަމަށް ޕްލަމްބް ވިދާޅުވިއެވެ.             

ޗައިނާގެ ޗަންގްބިއާއޯ ޖަޒީރާގައި މިހާރުވެސް ސީ އީ އާރ-600 ގެނަމުގައި ފާސްޓް ނިއުޓްރޯންގެ ދެ ބްރީޑަރ ރިއެކްޓަރ ބިނާކުރަމުން އެބަގެންދެއެވެ. މީގެތެރެއިން އެއް ރިއެކްޓަރ މިއަހަރުގެ ތެރޭގައި ޗައިނާގެ ގައުމީ ގްރިޑާއި ގުޅާލާނެއެވެ. ދެވަނަ ރިއެކްޓަރ 2026 ގައި އޮންލައިންކޮށް ބޭނުންކުރަން ފަށާނެއެވެ.         

ޗައިނާގެ ރިއެކްޓަރތަކަށް ބޭނުންވާ ފިއުލް ފޯރުކޮށްދިނުމުގެ އެއްބަސްވުން ވުޖޫދުކުރެވުނީ 2018 ގައެވެ. އަދި އެއްބަސްވެވިފާވާ ގޮތަށް ފިއުލް ފޯރުކޮށްދިނުން މިއަހަރު ޖެނުއަރީގައި ނިމިއްޖެއެވެ. ޗައިނާއިން ބުނަނީ އެއީ މަދަނީ ބޭނުމަށް އިލެކްޓްރިކް އުފައްދަން ހޯދި ފިއުލް ކަމަށާއި އެއިން 600 މެގަވޯޓުގެ ކަރަންޓް އުފެއްދޭނެ ކަމަށެވެ.   

ފާސްޓް ބްރީޑަރ ރިއެކްޓަރަކީ އެއަށް ބޭނުންކުރާ ފިއުލްއަށްވުރެން ގިނައިން ފިއުލް އުފައްދާ ނިޒާމެކެވެ. އަދި އެއިން އުފައްދާ ފިއުލް ބޭނުންކުރާނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށެވެ.

ކޮންމެ ސީ އީ އާރ- 600 ގެ ރިއެކްޓަރަކުން އަހަރަކު 200 ކިލޯގްރާމްގެ ވެޕަން-ގްރޭޑުގެ ޕްލޫޓޯނިއަމް އުފެއްދޭނެއެވެ. އެއިން 50 ވޯރހެޑް އުފެއްދުމަށް ފުދޭނެއެވެ. އެހެންވީމާ ޗައިނާއަށް ލިބިފައިހުރި އެހެން ވަސީލަތްތަކާއެކު 2030 ވަނައަހަރާހަމަޔަށް ދާއިރު 1270 ނިއުކްލިއަރ ވޯރހެޑް ލިބިފައިހުންނާނެއެވެ. އެއީ ގާތްގަނޑަކަށް މިހާރު އެމެރިކާއިންވެސް އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްގެ އަދަދުކަމަށް ހާމަކޮށްފައިވާ އަދަދެވެ. ގަބޫލު ކުރެވޭގޮތުގައި ޗައިނާއިން މިސްރާބުޖަހާފައި އެހުރީ އެމެރިކާއާއި އެއްހަމައެއްގައި ފައިތިލަ ސާބިތު ކުރުމަށެވެ.                                                          

Loading

One Response

  1. ހުރިހާ ނުލަފާ ފަނާކުރަނިވި ކަމެއް ކުރާނީ އެމެރިކާ އާއި އެމެރިކާގެ ބައިވެރީންނެވެ. އެހެނަސް އެހެން މީހުނަށް ފާރަލައި ފަނިއުފައްދާ އިލްޒާމް އަޅުވާނީ އެހެންމީހުންގެ ބޮލުގައެވެ. ދުނިޔޭގައި ނިއުކުލިއަރ ބޮންވެސް ހަދައި އޭގެ ބޭނުންކޮށްފާ ވަނީވެސް އެމެރިކާއެވެ. އަދި އިޒްރޭލަށް އެ ފަނާކުރަނިވި ޓެކްނޮލޮޖީ ދީގެން އިޒްރޭލައްވާ ނިއުކުލިއަރ ހަތި؛ޔާރު އުފަށްދުވައި އެކަންވެސް އިންޓަރނޭޝަނަލް އެކަމާއިބެހޭ އެޖެންސީތަކުކން ބެލިޔަނުދީ އަބަދު އީރާނާއި ޗައިނާ އާއި އަޅައިގަނެގެން ނުނެއްޓެވިގެން އުޅެނީ ދެބޯގެރި ދުއްވުމާއި މުނާފިގް ކަމުންނެވެ. އެމެރިކާ އަތް ވަނީ ގިނަބައެއްގެ ލެއިން ތަތްތެޅިފައެވެ. އެހެންމީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާކަށް މާތަހިރު ބައެއް ނޫންވެސް މެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް