މެލޭޝިޔާގެ ކުރީގެ ރަސްގެފާނުގެ ތިމާގެ ބޭފުޅުންތަކެއް ކޯޓަށް

Loading

Facebook
Twitter
WhatsApp


މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުން ޚަބަރު ލިބޭގޮތުގައި މެލޭޝިޔާ ސަރުކާރަށް ނިސްބަތްކުރެވޭ މިލްކިއްޔާތު ތަކެއްގެ މައްސަލަ 15 ބިލިއަން އެމެރިކާ ޑޮލަރަށް ފަރަންސޭސި ވިލާތުގެ އާބިޓްރޭޝަނުގައި ނިންމަން މަސައްކަތް ކުރެއްވުމުގެ ތުޙުމަތުގައި ކުރީގެ ރަސްގެފާނުގެ ތިމާގެ ބޭފުޅުން ތަކެއް ކޯޓަށް ޙާޒިރު ކުރުމަށް ނިންމައިފި ކަމަށެވެ. 

ސުލްތާން އޮފް ސޫލޫގެ ފިލިޕީން ބަނޑުގެ ރަސްކަމުގެ ވާރިސުން އިސްތިޢުމާރީންގެ ޒަމާނުގެ ބިންތަކަކާއި ބެހޭގޮތުން ހަދާފައިވާ  އެއްބަސްވުމެއް ފަރަންސޭސި އާރބިޓްރޭޝަން ކޯޓުން މިދިޔައަހަރު ކާމިޔާބު ކުރައްވާފައިވަނީ ރަސްމަތިފުށުގެ އެބޭފުޅުންނަށް އެ އެއްބަސްވުމަށް އިޙުތިރާމްކުރުމުގެ ގޮތުން 2013 ވަނައަހަރާ ހަމަޔަށް ކޮންމެ އަހަރަކު މެލޭޝިޔާގެ ސަރުކާރުން ވަކިވަރަކަށް މާލީ އެހީ ފޯރުކޮށްދެމުން ގެންދަނިކޮށެވެ. 

މެލޭޝިޔާ ސަރުކާރުގެ އެހީ ހުއްޓާލެއްވީ ކުރީގެ ރަސްގެފާނު އެ ސަރަޙައްދު އަމިއްލަ ކުރުމަށްޓަކައި ހިންގި ލޭއޮހޮރުމަކާއި ގުޅިގެންނެވެ. އެ ސަޙަރައްދު ސަރަވަކާއި ސަބާހް ހިމެނޭ ދެކުނު ފިލިޕީންސްގެ ރަށްތަކާއި ބޯރނިއޯ ޖަޒީރާގެ ބައެއް އެ ރަސްގެފާނުގެ ވާރިސުންގެ ބާރުގެ ދަށުގައި ވެސް އޮތްކަމަށްވެއެވެ. 

ނަމަވެސް މިހާރު އެމީހުންބުނަނީ ފަރަންސޭސި ވިލާތުގައި އާރބިޓްރޭޝަން ކޯޓަށް މައްސަލަ ވެއްދީ އެރަށްތަކަށް އަތްގަދަ ކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި އެމީހުންނަށް ލިބެމުން އައި މާލީ އިނާޔަތްތައް މެދުކަނޑާލާފައި ވާތީ ކަމަށެވެ.       

މެލޭޝިޔާ ސަރުކާރުން އެ އާރބިޓްރޭޝަންގައި ބައިވެރިވެފައި ނުވާތީ އެއީ ގާނޫނާ ޚިލާފް ނިންމުމެއް ކަމަށްބުނެ އާރބިޓްރޭޝަންގެ އަމުރު ތަންފީޒުކުރުން މިހާރު ވަނީ ހުއްޓުވާފައެވެ. 

 މެލޭޝިޔާ ސަރުކާރުގެ އެ މިލްކިއްޔާތު އެބޭފުޅާއަށް ޙަވާލުކުރުމުގެ ހުއްދަ ފަރަންސޭސި ވިލާތުގެ ކޯޓުން ދިނުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެބޭފުޅާއަށް އެ މިލްކިއްޔާތުތައް ޙަވާލުކުރުމުގެ އިދާރީ މަސައްކަތް ހިންގަމުން ދަނިކޮށް މެލޭޝިޔާ ސަރުކާރުން އެ މައްސަލަ މިހާރުވަނީ ހުއްޓުވާފައެވެ. މެލޭޝިޔާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ މިލްކިއްޔާތު ޙަވާލުކުރުމުގެ މައްސަލާގައި ދެ އޭޖެންޓަކު ޕެރިސްގައި ހުންނަ މެލޭޝިޔާގެ އެމްބަސީއަށްގޮސް އެ މިލްކިއްޔާތު ތަކުގެ ތަފްސީލު ދެނެގަތުމަށްޓަކައި ތަންތާގެ މަޢުލޫމާތު ހޯދަން އެދުމުން ސަރުކާރުގެ އެންގުމަށް އެމްބަސީން ވަނީ އެކަމުން މަނާވެގެންފައެވެ.                                           

މި މައްސަލައާއި ގުޅިގެން އެބޭފުޅުންގެ ހިމާޔަތުގައި މަސައްކަތްކުރާ މެލޭޝިޔާގެ ސަރުކާރަށްވެސް ނިސްބަތްކުރެވޭ ސޫލޫގެ ޚާއްސަ ސެކްރެޓޭރިއޭޓުން ބުނެފައިވަނީ އެބޭފުޅުން އުޅުއްވަނީ އެ މިލްކިއްޔާތުތައް އަމިއްލަކުރަން ނޫންކަމަށެވެ. 

ބުނެވޭގޮތުގައި މި މައްސަލަ ފެށިގެން އައިސްފައިވަނީ 1878 ގައި ފަރަންސޭސި ވިލާތާއި ސްޕެއިނާއި އެކު ސޫލޫގެ ރަސްގެފާނު ހެއްދެވި އެއްބަސްވުމެއްގެ ދަށުން އެ ބިން އެ ރަސްގެފާނުގެ ރަސްކަންހިނގާ ތަނެއްގެ ގޮތުގައި އޮތުމަށް އެއްބަސްވެފައި ވާތީއެވެ. އެހެންނަމަވެސް މިހާރު އެއީ މެލޭޝިޔާގެ ބައެކެވެ.        

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް