އިންތިޚާބުގެ ކުރިން ހަނގުރާމަ ނިންމައިދިނުމަށް ބައިޑަން އެދިވަޑައިގެންފި

އެމެރިކާ ސަރުކާރުން އިސްރާއީލަށް ހިފެހެއްޓުމެއްނެތި މަދަދުކުރުން އެމެރިކާގެ ޒުވާން ޖީލުން ގަބޫލު ނުކުރާކަން ހާމަވެފައިވާތީއާއި ހަނގުރާމަ ނުހުއްޓި ކުރިއަށްދާނަމަ އާންމު އިންތިޚާބުގައި ޒުވާނުންގެ ވޯޓު ނުލިބޭނެކަން ކަށަވަރު ކުރެވޭތީ މިއަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ހަމާސްއާއި ދެކޮޅަށް އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމަށް ރައީސް ބައިޑަން ނަތަންޔާހޫގެ ކިބައިން އެދިވަޑައިގެންފިއެވެ. ބައިނަލް އަގްވާމީ މީޑިއާއަށް އެނގިފައިވާ ގޮތުގައި ރައީސް ބައިޑަން މިގޮތަށް އެދިވަޑައިގެންފައިވަނީ ފޯނު ކޯލަކުންނެވެ. އެމެރިކާގެ 2 އޮފިޝަލަކު ވިދާޅުވެފައިވަނީ 40 މިނިޓަށް ދެމިގެންދިޔަ އެ […]
ފަލަސްތީނުގެ މިނިވަން ދައުލަތެއް އެމެރިކާއިން ގަބޫލުކުރާނެތަ!

އިސްރާއީލާއި ހަމާސްއާއި ދެމެދު ކުރެވެމުންދާ ހަނގުރާމަ ހީވެސް ނުކުރާ ކަހަލަ ކުރިއެރުމަކާއެކު އެމެރިކާއިން ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުން ވެސް ހިމެނޭ ގޮތުގައި ކުއްލިއަށް ނިމިދާނެކަމުގެ އުންމީދުތަކެއް ކުރެވެން ފަށައިފިކަމަށް އެމެރިކާގެ ދަ ވީކް އިން ޚަބަރުދެމުން އެބަ ގެންދައެވެ. ޣައްޒާގެ ހަނގުރާމަ ނިމުމާއެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި އަދި އެމެރިކާއާއި ބައިނަލްއަގްވާމީ ދުނިޔެއިން އެ ދައުލަތް ގަބޫލު ކުރުމާބެހޭ ގޮތުން މިހާރު އެކުލަވާލާފައިވާ އުސްއަލިތައް އަލުން ދިރާސާކުރުމަށް އެމެރިކާގެ ޚާރިޖިއްޔާގެ […]
އެމެރިކާ ސަރުކާރުގެ ހަނގުރާމައިގެ ސިޔާސަތު ގާނޫނީ އިމުން ބޭރުކަމުގެ އިންޒާރު

މިދިޔަ އާދީއްތަ ދުވަހު އިރާގާއި ސީރިޔާއާއި އަދި ޖޯޑަން ގުޅޭ ސަރަހައްދުގައި ހުރި އެމެރިކާގެ މިލިޓްރީ ބޭސްއަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންގެންދާ މުޖާހިދުން ދިން ހަމަލާގައި އެމެރިކާގެ ސިފައިންގެ ތިން މީހަކު މަރުވެ އެތައްބަޔަކު ޒަޚަމް ވުމާ ގުޅިގެން އިރާގައި ސީރިޔާގައި އީރާނުގެ މަދަދު ލިބެމުންދާ މުޖާހިދުންގެ އަމާޒުތައް ކަމަށް ބެލެވޭ ގިނަތަންތަނަށް އެމެރިކާގެ މިލިޓްރީން ވައިގެ ހަމަލާތައް ދީފިކަމަށް އެސޯޝިއޭޓެޑް ޕްރެސްއިން ޚަބަރު ދީފިއެވެ. އެ ޚަބަރުގައި ބުނެފައިވާގޮތުން ހަތް ސަރަހައްދެއްގައި ހުރި 85 ތަނަކަށް […]
އެމެރިކާގެ ޓަވަރ-22 ގެ ބޮޑު ސިއްރު ފަޅާއެރުން

ދަ ޓެލިގްރާފުން ޚަބަރުދީފައިވާ ގޮތުގައި އެމެރިކާގެ 350 ސިފައިންގެ ލަޝްކަރެއް ދިރިއުޅެމުން ގެންދަނީ އިރާގާއި ސީރިޔާއާއި އަދި ޖޯރޑަން އުތުރު ގުޅޭ ސަރަހައްދުގައި 15,000 މީހުން ދިރިއުޅެމުންގެންދާ ރެފިއުޖީ ކޭމްޕެއްގެ ކައިރީގައެވެ. އެމެރިކާއިން ބުނަމުންގެންދަނީ އެ ސަރަހައްދުގައި އެމެރިކާ ސިފައިންގެ ލަޝްކަރެއް އޮތުމުގެ ބޭނުމަކީ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދިނުމަށެވެ. އެމެރިކާގެ ސިއްރު ތަކުގެ މަރުކަޒުކަމުގައި ބެލެވޭ ޓަވަރ-22 އަކީ އެއީ އެވެ. އެމެރިކާއިން ބުނެފައިވާގޮތުގައި ޓަވަރ-22 އަކީ އެގައުމަށް ވަރަށް […]
ޔޫކްރެއިނަށް ހަތިޔާރު ގަންނަން ލިބުނު ފައިސާކޮޅު ޖީބަށް ކަޅާކޮށްލައިފި

އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަތިޔާރު ހުސްވެގެން ސަލާންޖަހަނިކޮށްގެން ލިބުނު ފައިސާކޮޅުގެ ތެރެއިން 40 މިލިއަން ޑޮލަރ ހަތިޔާރު ގަނެދޭ އޭޖެންޓާއި ދިފާއީ ވުޒާރާގް އޮފިޝަލުން ގުޅިގެން ޖީބަށް ކަޅާކޮށްލައިފިއެވެ. ކަޅާކުރުމަކީ މަޖާޒީ ބަހެކެވެ. މާނައަކީ ބައްކުރުމެވެ. އެއީ އެއްލައްކަ މޯޓަރ ޝެލް ގަތުމަށް ހޯދި ފައިސާ ކޮޅެކެވެ. ޔޫކްރެއިންގެ ސެކިއުރިޓީ ސަރވިސް އެސް. ބީ. ޔޫ. އިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލާގައި މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން […]
ދުނިޔޭގެ އެންމެ ބާރުގަދަ ކޯޓުގެ ނިންމުމާމެދު ދުނިޔެއިން ދެކޭ ގޮތް

ފަލަސްތީނުގައި އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު ހުއްޓުވުމަށާއި އިސްރާއީލުގެ ހައްދުފަހަނަޅައި ގޮސްފައިވާ ހަމަލާތަކަކީ ގަތުލު އާންމެއްކަމަށް ކަނޑައަޅައިދެއްވުން އެދި ދުނިޔޭގެ އެންމެ ބާރުގަދަ އަދުލުގެ ކޯޓަށް ހުށަހެޅި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ކޯޓުން ނެރުނު ވަގުތީ އަމުރާމެދު ދުނިޔެ ބައިބައިވެފައިވާ ގޮތާ ދޭތެރޭ ވިސްނައިލުން ރަނގަޅެވެ. އަދި އަމުދުން މިހާރު ދިވެހި ސަރުކާރުން ވެސް ދެކުނު އެފްރިކާއާއެކު އިސްރާއީލާ ދެކޮޅަށް ވަކާލާތުކުރުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާއިރު އަޅުގަނޑުމެންނަށް މައުލޫމާތު ލިބިލިބި ހުރުމަކީ ބޭންތެރިކަމެކެވެ. ދުނިޔޭގެ […]
ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ސިޔާސަތުތައް ތަޢާރަފު ކުރުމަށް ނިންމަވައިފި

ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ޚާއްޞަ ސިޔާސަތުތައް ތަޢާރަފު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. އެ މަނިކުފާނު މި ސިޔާސަތުތައް ތަޢާރަފު ކުރުމަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. މިގޮތުން، ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ސިޔާސަތުތަކުގައިވާ ޓައިމްލައިނާ އެއްގޮތަށް ކުރެއްވުމަށް ނިންމެވި […]
އެމެރިކާއިން ބޭނުންވަނީ ސިފައިންގެ ތެރެއަށް ބޯ ގިނަކޮށްލަން

ވޯޝިންގްޓަނުން ޚަބަރު ދީފައިވާ ގޮތުގައި ފާއިތުވެގެން މިދާ އަހަރު ދުވަހުގެ ތެރޭގައި ސިފައިންގެ ޚިދުމަތަށް ވަންނާނެ މީހުން ނުލިބުމުގެ ސަބަބުބް ދެވަނަފަހަރަށް އެމެރިކާ ސިފައިންގެ ތެރެއަށް ވަނުމުގެ ތަޢުލީމީ ފެންވަރު ދަށް ކޮށްފިއެވެ. މިއީ އެމެރިކާގެ ސިފައިންގެ ތެރެއަށް ވަނުމަށް 2022 ވަނައަހަރު ޑިސެމްބަރު މަހު ހިންގި އިމްތިހާނުގައި ލިބުނު ނަތީޖާގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެކެވެ. ސިފައިންގެ ވަޒީފާއަށް ސިއްޙީ ގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމާއި ރިވެތި އަޚްލާގުގެ ގޮތުން ޝަރުތު ހަމަވާ ޒުވާނުން ނުލިބުމުގެ ދަތިކަން ރެކުރޫޓިން އޭޖެންސީތަކަށް […]
ބޮންއަޅައިގެން ޔަމަން މައިތިރިއެއް ނުކުރެވޭނެ

މިލިޓްރީގޮތުން ދުނިޔޭގެ އެންމެބާރުގަދަ ގައުމު އެމެރިކާއާއި އެމެރިކާގެދަނބިދަރި އިސްރާއީލާ އަދި އެއްޒަމާނެއްގައި މުޅި ދުނިޔެ އިސްތިޢުމާރުކުރި އިނގިރޭސި ވިލާތްވެސް ހިމެނޭ ބިޔަ ކޯލިޝަނަކާ ދެކޮޅަށް މީގެ ދިހަވަރަކަށް އަހަރު ކުރިން އުފަންވި ބަނގުރޫޓު ކޮށްލާފައިވާ ޖިހާދީ ޖަމާޢަތަކުން ކުރިމަތިލުން ޢިއުލާން ކުރުމަކީ މިހާތަނަށް ދުނިޔޭގެ ތާރީޚުގައި ހިނގާފައިވާ ކަމެއް ނޫނެވެ.އަދި މިއީ އާދައިގެ ކަމެއްވެސް ނޫނެވެ. މި ލިއުމުގައި ގެނެސްދީފައި މިވަނީ ގައްޒާއާއި ރެޑްސީގައި ހިނގަމުންދާހަނގުރާމައާ ދޭތެރޭ ދުނިޔޭގައި ތިބި ވަކިފަރާތަކަށް ނުޖެހޭ ސިޔާސީ އަދި މިލިޓްރީ ތަޖްރިބާކާރުންގެ ވިސްނުންފުޅު ހުރިގޮތެވެ. އަންސާރު ﷲ ގެ ނަމުން އެޖަމާއަތުގެ […]
ހަނގުރާމައިގާ ގޭގައިތިބި އަނބިދަރިންވެސް ބައިވެރިވާން ޖެހިދާނެ

އިނގިރޭސި ވިލާތުގެ ސިފައިންގެ އަދަދު މަދުކަމާއިހުރެ ހަނގުރާމައެއްގައި ބައިވެރިވާން ޖެހިއްޖެނަމަ ރަށުގައި ތިބި އާންމު ރައްޔިތުންވެސް ބައިވެރިވާން ޖެހޭނެކަމަށް އިނގިރޭސި ވިލާތުގެ މިލިޓްރީ ޗީފް އިންޒާރު ދެއްވައިފިއެވެ. ރަޝިޔާއާއި އެކު ހަނގުރާމައަކަށް ދާން ޖެހިއްޖެނަމަ ގައުމުގެ މިހާރުގެ ޙާލަތު ރަނގަޅަށް ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތަކުގައި ދެން ފަހަތުފަޔަށް ބުރަވެވެންނެތް ކަމަށް ޖެނެރަލް ސަރ ޕެޓްރިކް ސޭންޑަރ ސަރުކާރަށް ފިއްތުން ކުރިމަތި ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. ދަ ޓެލިގްރާފަށްވެސް ފާހަގަ ކުރެވިފައިވާ ގޮތުގައި ޖެނެރަލް ސަރ ޕެޓްރިކް ގެންދަވަނީ އިނގިރޭސި ވިލާތުގެ ސަރުކާރުން […]