އިސްރާއީލަށް ވަލުކުއްތާ ވަނުން ގިނަވެ މުސީބާތަކަށް ވެއްޖެ

ހަމާސްއާއި އިސްރާއީލާ ދެމެދު ކުރެވޭ ހަނގުރާމައިގާ ގައްޒާއިން އިސްރާއީލަށް ވަންނަމުންދާ ވަލުކުއްތާތައް ގިނަވެ އިސްރާއީލަށް ބޮޑު މުސީބާތަކަށް ވެއްޖެއެވެ. މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން މިހާތަނަށް ގައްޒާއިން އެއްހާހަށްވުރެން ގިނަ ވަލުކުއްތާ އިސްރާއީލަށް ވަދެފައިވާކަމަށް އެ ގައުމުން ބުނެއެވެ. އަދި އެ ކުއްތާތައް ވަނުން ނުހުއްޓުވިދާނެތީއާއި އޭގެ ސަބަބުން މެދުވެރިވެދާނެ ގިނަ ނުރައްކަލާ ދޭތެރޭ އިސްރާއީލު ސަރުކާރުން މިހާރު ވަނީ ހަދާނެގޮތް ހުސްވެފައެވެ ވަލުކުއްތާތައް އިސްރާއީލަށް ވަނުމަށް މަގުފައިވެފައިވަނީ ގައްޒާއާއި އިސްރާއީލު ވަކިކުރަން ހަދާފައިވާ އިންފާރު ހަމާސްއިން […]

ބިތުފަންގި ނަގައިގެން ބެލީމާ ހަނގުރާމައިގައި ޔޫކްރެއިނަށް ލިބޭ ގެއްލުން

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ ޔޫކްރެއިނަށް ލިބޭ ގެއްލުމުގެ އަންދާޒާއެއް ދެނެގަތުމަށްޓަކައި އެސޯޝިއޭޓެޑް ޕްރެސް އިން ބިތުފަންގި ނަގައިގެން ބެލުމުން ފެންނަ މަންޒަރުގެ ޚުލާސާއެއް ހާމަކޮށްފިއެވެ. ހަނގުރާމައިގައި ހޭދަވެގެން މިދާ 2 އަހަރު ދުވަހު ޔޫކްރެއިނުން މަރުވެފައިވާ މީހުންގެ އަދަދު ގުނަން ފަށަން ޖެހެނީ ސަތޭކަ ހާހުން ކަމަށާއި އަދި އޭރުންވެސް ބަރާބަރަށް އެ އަދަދު ދެނެގަނެވޭނެގޮތެއް ނެތްކަމަށް އެނޫހުން ބުނެއެވެ. އެ ނޫހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާގެ ބާރުގެ ދަށުގައިހުރި ރަށްތަކުން މަރުވެގެންދާ […]

ޔޫކްރެއިންގެ ބޮޑު ޝަހަރެއް އަނެއްކާވެސް ރަޝިޔާއަށް

ސީއެންއެންގެ ޚަބަރުގައި ބުނެފައިވާގޮތުން އަނެއްކާވެސް ޔޫކްރެއިންގެ ބޮޑު ޝަހަރެއް ރަޝިޔާގެ ސިފައިންގެ ބާރުގެ ދަށަށް ހިނގައްޖެއެވެ. މިފަހަރު ޔޫކްރެއިނަށް ގެއްލިގެން އެ ދިޔައީ ޔޫކްރެއިން އަވްޑީވްކާއެވެ. އެ ޝަހަރަކީ ޑޮނާސްކް އޮބްލާސްޓުގައި ހިމެނޭ ޝަހަރެކެވެ. މިދިޔަ ހޮނިހިރު ދުވަސް ރައީސް ޒެލެންސްކީއަށް ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ބައިޑަން ވިދާޅުވީ އެ ޝަހަރު ޔޫކްރެއިނަށް ގެއްލިގެން އެދިޔައީ ކޮންގްރެސްއިން ޔޫކްރެއިނަށް އެހީވެދިނުން ހުއްޓުވާފައި އޮތުމުގެ ސަބަބުން ކަމަށެވެ. ޮހަމަ މިމޭރުމުން ނާއިބްރައީސް ކަމަލާ ހަރިސްވެސް ރިޕަބްލިކަން މެމްބަރުންނަށް […]

އިމްރާން ޚާން އެކަހެރިކޮށްފައި ޕާކިސްތާނުގައި ސަރުކާރެއް އެކުލަވައިލަނީ

2022 ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މަގާމު ގެއްލުވައިލަން އެންމެ ބާރުއަޅައި މަސައްކަތްކުރި ޕާކިސްތާން މުސްލިމް ލީގު- ނަވާޒް އާއި ޕާކިސްތާން ޕީޕަލްސް ޕާޓީ ގުޅިގެން ޕާކިސްތާނުގައި އަލަށް ސަރުކާރެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. އެ ދެ ޕާޓީއަށް ޕާލަމެންޓުގައި ކާމިޔާބު ކުރެވުނު ގޮނޑީގެ ޖުމުލަ އަދަދުން ސަރުކާރެއް އެކުލަވާލަން ބޭނުންވާ އަދަދު ހަމަނުވާތީ މިހާރު މަސައްކަތް ކުރަމުންގެންދަނީ އިންތިޚާބުގައި ގޮނޑި ކާމިޔާބު ކުރެވުނު ކުދި ޕާޓީތަކުގެ ރުހުން ހޯދުމަށެވެ. ޕާކިސްތާނުގެ މުސްލިމް […]

ހޫތީންގެ ހަމަލާ އަތަށް ގޮވީތަ ނޫނީ މީޑިއާގެ ޚަބަރު އަތަށް ގޮވީތަ!

ބާބުލް މަންދޫބްގެ ތެރެއިން ދެކުނުގެ މިސްރާބަށް ދަތުރުކުރަމުންދިޔަ އެމެރިކާއާއި ގުޅުންހުރިކަމަށްބެލެވޭ  ސްޓާރ އައިރިސް އަށް ހޫތީން ހޯމަދުވަހު ހެނދުނު ދިން މިސައިލް ހަމަލާއަކީ ވިހި މިނިޓް ތެރޭގައި ވަރަށް ބަރާބަރަށް  އަމާޒަށް ފޮނުވާލެވުނު ހަމަލާއެއްކަމަށް އެ ޖަމާއަތުން ހާމަކޮށްފިއެވެ. އެހެންނަމަވެސް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިކަމާ ބެހޭގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.                                 ޚަބަރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ބޯޓު ބަރުކޮށްފައިވަނީ އީރާނަށް ގެންދާ ސާޅީސް ހާސް ޓަނުގެ ޒުވާރި އެވެ. އެހެންނަމަވެސް އެކަމާގުޅޭގޮތުން އީރާނުންވެސް ވާހަކައެއް ނުދައްކައެވެ.  […]

ޕާކިސްތާނުގެ އިންތިޚާބުގެ ނަތީޖާ

ސީއެންއެން ގެ އެންމެފަހުގެ ޚަބަރުތަކަށް ބަލާއިރު މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގެ އިންތިޚާބީ އިދާރާއިން އާންމުކުރި ނަތީޖާގައި  ޕާކިސްތާނުގެ ތަހްރީކޭ އިންސާފު ޕާރޓީއަށް ނިސްބަތްކުރެވޭ އަމިއްލަ ކެންޑިޑޭޓުން ކުރި ހޯދައިފިއެވެ. އެ ނަތީޖާގައި ބުނެފައިވާ ގޮތުން ޕާލަމެންޓުގެ 102 ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ވަފާތެރި މިނިވަން ކެންޑިޑޭޓުންނެވެ.                 ނަވާޒް ޝަރީފުގެ ޕީއެމްއެލްއެން. ޕާޓީއަށް 73 ގޮނޑި ކާމިޔާބުކުރެވުނު އިރު ޕީޕީޕީ އަށް ކާމިޔާބު ކުރެވުނީ 54 ގޮނޑިއެވެ.                                                  ޕާކިސްތާނުގެ އެންމެ ބޮޑު […]

ފަލަސްތީނުގައި އިސްރާއީލުން ބޭނުންހާ ގޮތަކަށް ޖަރީމާ ނުހިންގޭނެ: ބްލިންކަން

އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރެވޭނީ ހަމާސްގެ ލީޑަރ ޔަހްޔާ ސިންވާރާއި އެހެން ހުރިހާ އިސް ބޭފުޅުން ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކުރުމުން ކަމަށާއި އަދި ގައްޒާގައި ހަމާސްގެ ވެރިކަން ނިންމުމުންކަން ޝަރުތުކޮށް އިސްރާއީލުގެ ވަރަށް ގިނަ އިސް އޮފިޝަލުން ހާމަކޮށްފައިވާކަމަށް އެން. ބީ. ސީ. އާ ހަވާލާ ދީ ޔޫ. އެސް. އޭ ޓްޑޭ އިން މައުލޫމާތު ހާމަކޮށްފިއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިހާރުވެސް ބުނަމުންގެންދަނީ ޔަހްޔާ ސިންވާރާއި މުޙައްމަދު […]

އިގުތިސާދީ ފުދުންތެރިކަން ނެތި މިނިވަންކަމުގެ ރާހަތެއް ނުކުރާނެ

ހަނގުރާމަކޮށް ލޭ އޮހޮރުވައި އެތައްބައެއްގެ ފުރާނައިން ގުރުބާންވެގެން ގިނަ ގައުމުތަކެއް އިސްތިއުމާރީ އަޅުވެތިކަމުން ސަލާމަތްވެ މިނިވަން ދައުލަތަކަށްވުމުގެ އުފާ ލިބިގެންފައި އެބަހުއްޓެވެ. އެހެންނަމަވެސް އެ މިނިވަން އެންމެ ފުރިހަމަގޮތުގައި ނޫނަސް ފުރިހަމަ ގޮތެއްގައިވެސް ދެމެހެއްޓޭނީ އެ ގައުމެއްގެ އިގުތިސާދު ރަނގަޅަށް މެނޭޖް ކުރެވިގެންނެވެ. ގައުމަށް ލިބޭ އެއްޗަކަށްވުރެން ޚަރަދު ބޮޑުވަމުން ގޮސް ދަރަނިވެރިވެ ގައުމުގެ ރައްޔިތުން ބިކަވެ އަތާއި އަނގަޔާ ދިމާނުވާ ހާލަތަކަށް ދިއުމުން މިނިވަން ގައުމެކޭ ކިއުން ޖާއިޒު ވެގެންނެއް ނުވެއެވެ. ބައެއް ގައުމުތަކުން މުޅިދުނިޔެ […]

އިސްލާމީވަންތަކަމުގެ މުހިންމުކަން: ދިވެހީންގެ ހަގީގީ ބާރު ނެގެހެއްޓުމަށް ގޮވާލެވޭ ގޮވާލުމެއް

Islamic identity

ިންޑިއާކަނޑުގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައި އޮންނަ ދިވެހިރާއްޖެއަކީ، މުސްލިމް ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ. އެހެންނަމަވެސް، އަދުގެ ދިވެހިރާއްޖެ އޮތީ ގައުމީވަންތަ ފިކުރެއްގެ މަތީގައި އެއްބައިވުމަށް ގޮވާލާ ގޮވާލުމެއްގެ ދަށުވެ ތާށިވެފައެވެ. މިގޮތުން، ގައުމީވަންތަކަން އިސްކުރުމަށް ގޮވާލާ އަޑުގެ އަނެއްފަރާތުގައި އޮތީ ގައުމު ބިނާ ކުރުމަށްޓަކައި އިސްލާމީވަންތަކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް ގޮވާލާ ފަރާތްތަކެވެ. މިލިޔުމުގައި އަލިއަޅުވާލާނީ ގައުމީވަންތަކަމުގެ ބާރުކަނޑުވާލައި، އިސްލާމީ ޢިލްމުވެރިންގެ އިރުޝާދާއެކު ދިވެހިރާއްޖެ އޭގެ ހަގީގީ މާނައިގައި ބާރުވެރިކުމަށްޓަކައި އިސްލާމީވަންތަކަމުގެ ބިންގާ ސާބިތުކޮށް […]

އިސްރާއީލަށް 17.6 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީދޭކަށް މިފަހަރުވެސް ފާހެއްނުވި

ޔޫ އެސް އޭ ޓްޑޭ ވޯޝިންގްޓަނުން ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލަށް އެހީގެ ގޮތުގައި އެމެރިކާ ސަރުކާރުން ދޭން ބޭނުންވެގެން އުޅޭ 17.6 ބިލިއަން އެމެރިކާ ޑޮލަރ މިފަހަރުވެސް މަޖިލީހުން ފާހެއް ނުވިއެވެ. މިއީ ބޭރު ގައުމުތަކަށް އެހީވެ ދިނުމުގެ ކުރިން އެމެރިކާގެ ބޯޑަރާއި އިމިގްރޭޝަންއަށް މެދުވެރިވެފައިވާ ގޮންޖެހުންތައް އެންމެ ފުރަތަމަ ހައްލުކުރަން ޖެހިފައިވާ ކަމަށް ދެ ޕާޓީން ވެސް ބާރުއަޅަމުންދާ ވަގުތެއްގައި އެ މެމްބަރުންނާ ދެކޮޅަށް އިސްރާއީލަށް އެހީ ފޯރުކޮށްދިނުމުގެ ޕެކޭޖް ފާސްކުރަން މަޖިލީހުގެ ރައީސް […]