ވޯޓުލުމުގެ ކުރިން އިމްރާން ޚާންގެ މަޝްހޫރުކަން އިތުރުވެއްޖެެ

ޚަބަރު ލިބެމުންދާ ގޮތުގައި ޕާކިސްތާނުގެ ގިނަ ރައްޔިތުން ގަބޫލުކުރާގޮތުގައި ގައުމުގެ  އިންފްލޭޝަން އަތްނުފޯރާ ހިސާބަށް މައްޗަށްގޮސް އަދި ގައުމުން ބޭރަށް ދަރާފައިވާ ދަރަނި އަދާކުރެވޭނެ މަގެއް ނުފެނިގެން މިދަނީ، ބައިވެރިންތަކައިކާއެކު އުފައްދާފައިވާ މިހާރުގެ ސަރުކާރުގެ ސަބަބުންނެވެ.  މިފަދަ ސަބަބު ތަކާއި ހެދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގެ މަޝްހޫރުކަން އިތުރުވެ އެމަނިކުފާނަށް ރައްޔިތުންގެ ތާއީދު އެތައް ގުނައަކަށް އިތުރު ވެއްޖެއެވެ.ގެލޮޕްގެ ފަރާތުން ކުރި ސާރވޭއެއްގައި ބައިވެރިވި މީހުންގެ %62 މީހުންގެ ނަޒަރުގައި ފާއިތުވެގެންމިދާ ފަސްދޮޅަހަކަށް އަހަރުގައިވެސް ގައުމުގެ އިގްތިސާދު އިނދަ ނުޖެހޭ މިންވަރަށް ދަށަށް ގޮސް […]

އިރާގުގައި ބަނގުރާ މަނާކުރުން ޒުވާބަކަށް

އިރާގަކީ މުސްލިމް ގައުމެކެވެ. މަދު އަދަދެއްގެ ނަސާރާއީންނާއި އެހެންދީންތަކަށް ތަބާވާ ބަޔަކު ތިބިނަމަވެސް އިސްލާމްދީނުގެ އަސްލު އުސޫލުތަކާއި ޚިލާފް އެއްވެސް ގާނޫނެއް ނުވަތަ ގަވައިދެއް ހެދުމަކީ އެ ގައުމުގެ ގާނޫނު އަސާސީގެ އާރޓިކްލް 2 ގައި ސާފު އިބާރާތުން މަނާކޮށްފައިވާ ކަމެކެވެ.  ރާބުއިމަކީ އިސްލާމްދީނުގައި މަނާކޮށްފައިވާ ކަމެކެވެ. އެހެންނަމަވެސް މިބުނެވުނު ބައިމަދު މީސްކޮޅުން ރާބުއިމަކީ އަމިއްލަކަމެކޭ އެކަން މަނާ ކުރުމުން އިންސާނީ ޙައްގުތަކަށް އަރާއި ގަނެވެނިއްޔޭ ޑިމޮކްރެސީގެ އުސޫލުތަކެއްނޫނޭ ގޮވާ އަޑުގަދަ ކޮށް 2005 ގެ ގާނޫނު އަސާސީއަށް ގޮންޖަހަން ފަށާގަތްތަން ފެނިގެން […]

އެމެރިކާގައި ސިއްޙީ ދާއިރާގެ ވަގު ސެޓްފިކެޓްތައް ހާހުން ގުނަންޖެހިފާ

ސައުތު ފްލޮރިޑާގެ ނަރސިން ސްކޫލަކުން ދީފައިވާ 7600 ވަގު ޑިގްރީ ސެޓްފިކެޓްގެ މައްސަލައެއް ފަޅާއަރައިފިއެވެ. އެމެރިކާގެ ފެޑެރަލް ސަރުކާރުން ބުނެފައިވަނީ މިގޮތަށް ކަންތައްދާނަމަ ސިއްޙީ ދާއިރާގެ ފަންނީ މަގާމުތަކުގައި ތިބި މީހުންނަށް އިތުބާރު ކުރާނީ ކިހެނެއްހެއްޔެވެ. ޑިގްރީ ސެޓްފިކެޓް އިމްތިހާނުގައި ބައިވެރިވުމަށް އޭގެތެރެއިން 2600 މީހުން ހުށައެޅި ޑިޕްލޮމާއަކީވެސް ވަގު ސެޓްފިކެޓް ތަކެކެވެ. ފަޅާއަރައިގެން މިއުޅޭ ސެޓްފިކެޓްތައް ދޫކޮށްފައި ވަނީ ފްލޮރިޑާގެ ނަންމަޝްހޫރު ކޮލެޖްތަކުންނެވެ. އެހެންނަމަވެސް މިކަމަކީ ގިނަ ސްޓޭޓްތަކެއްގައި ހިނގަމުންދާ ކަމެއް ކަމުގައި މިހާރު ވަނީ […]

ސަޢޫދީ އެރޭބިޔާއިން ތުރުކީއަށް 5 ބިލިއަން ޑޮލަރގެ އެނހީ

މިދިޔަމަހުގައި ތުރުކީއާއި ސީރިޔާއަށް މެދުވެރިވި ނުރައްކާތެރި ބިންހެލުމާއި ގުޅިގެން ތުރުކީއަށް ލިބުނުގެއްލުމާއި އަދި އެ ބިންހެލުމުގެ ސަބަބުން އިގްތިސާދަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން އަގުދަށްވެފައިވާ ތުރުކީގެ ލީރާގެ އަގު ހިފޭއްޓުމަށްޓަކައި ސަޢޫދީ އެރޭބިޔާއިން 5 ބިލިއަން އެމެރިކާ ޑޮލަރު ތުރުކީގެ ސެންޓްރަލް ބޭންކަށް ޖަމާކޮށްދީފިއެވެ. ސައޫދީ އެރޭބިޔާގެ ރަސްމީ ޕްރެސް އޭޖެންސީން ބުނެފައިވާ ގޮތުގައި މިއީ ތުރުކީއާއި އެގައުމުގެ އަޚުވަންތަ ރައްޔިތުންނާއި ސަޢޫދީ އެރޭބިޔާގެ ގާތް ގުޅުން ހާމަވެގެންދާ ސާފު ހެއްކެކެވެ. ސަޢޫދީގެ ބަޔާނުގައި އެއީ ހިލޭ […]

ޢަރަބިންގެ އެންމެ އިސް ގާނޫނީ ބޭފުޅުން ސީރިޔާގައި

ބޭރޫތުން މަޢުލޫމާތު ހާމަކުރަމުން ގެންދާގޮތުގައި ޢަރަބިންގެ އެންމެ އިސް ގާނޫނީ ބޭފުޅުން ސީރިޔާއަށް ވަޑައިގެންފިއެވެ. އެބޭފުޅުންގެ ދަތުރުފުޅަކީ ބަޣްދާދުގައި އޮތް ޢަރަބްލީގުގެ އެންމެ އިސްވެރިންގެ ކުޑަ ބައްދަލުވުމަކަށްފަހު ސީރިޔާ އަލުން އަރަބިންގެ ތެރެއަށް ގެނުމުގެ ބޭނުމުގައި ބައްޝާރުލް އަސަދާއެކު މަޝްވަރާ ކުރުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މިވަފުދުގައި ފަލަސްތީނާއިއެކު  ޢަރަބިންގެ ނުވަ ގައުމެއްގެ އިސް ގާނޫނީ ބޭފުޅުން ހިމެނިވަޑައި ގަންނަވައެވެ. އެބޭފުޅުންގެ ދަތުރުފުޅުގެ މަގްސަދަކީ ފާއިތުވެދިޔަ ދިހަވަރަކަށް އަހަރު ގިނަ ޢަރަބި ގައުމުތަކަކުން ސީރިޔާ އެކަހެރިކޮށްފާ ބޭއްވުމަށްފަހު އަލުން […]

އެންމެ މީރު މަގުމަތީ ކެއުމަކީ ކޮބާ

ކެއުމަކީ އެއާނުލައި ހަމަ އެކަކަށްވެސް ދިރިނުހުރެވޭނެ އެއްޗެކެވެ. މީރު ކާއެއްޗެއްސަށް ލޯބި ކުރުމަކީ ތަބީޢީ ކަމެކެވެ. ހަމައެފަދައިން މަގުމަތީ ކެއުން ނުވަތަ ސްޓްރީޓްފޫޑް މިއީވެސް ވަރަށް ގިނަ ބަޔަކު އަބަދާ އަބަދު ތަޖްރިބާ ކުރަމުން ދާ އެއްޗެކެވެ. ރައްޓެހި ރަޙްމަތްތެރިންނާއެކު މަގުމަތީ ކެއުމެއް ޙިއްސާ ކޮށްލުމަކީވެސް ވަރަށްހިތްހަމަޖެހޭ ކަމެކެވެ. އެހެންވީމާ މީރު ކެއުމާއި މީރުކެއުން ލިބޭތަންތަން އޮޅުންފިލުވައި ދިނުމަކީ ބަޔަކުމީހުން ކެނޑި ނޭޅި ކުރަމުންގެންދާ ކަމެކެވެ. ސިންގަޕޯރަކީ ކެއުމުގެ ބާވަތްތަކުގައި އެންމެ ކުރީސަފުގައި އުޅޭ ގައުމެކެވެ. ތަފާތު […]

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވާތީ އެމެރިކާވެސް ރަތަށް

ހަނގުރާމައިގާ އިސްރާޢީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ގެންދިއުމާއިގުޅިގެން އެމެރިކާއިންވެސް ރަތަށް އަރައިފިއެވެ.  މިދުވަސްވަރަކީ ޔޫރަޕްގެ ގައުމުތަކުންނާއި ޔޫ.އެން. މެމްބަރުންގެ ބޮޑު މެޖޯރިޓީއަކުން ފަލަސްތީނުގެ އެ ބިންތަކުން ޔަހޫދީން ފޭބުމަށް ބާރުއަޅައި އިޒްރާޢީލް ކުށްވެރިކުރަމުން ދާ ދުވަސްވަރެކެވެ.  އަދި މިއީ އެމެރިކާއިން ބުނަން ބޭނުންވެގެން ބުނި އެއްޗަކަށް ނުވިޔަސްޔުނައިޓެޑް ނޭޝަންސުން އެއީ އިސްރާޢީލުން ހިންގާ ޣައިރު ގާނޫނީ ޢަމަލެއްކަމަށް ބުނެ އެކަން ހުއްޓުވަން ކުރަމުންގެންދާ މަސައްކަތައް ލިބުނު ހިތްވަރެއްކަމަށް ވޯޝިންޓަނުން ރޮއިޓާސް ޚަބަރު ދީފިއެވެ.    އިސްރާޢީލަށް ފާޑުކިޔުމުން ރައީސް ބައިޑްން މިހާރު ހުންނެވީ ބޮޑުވަޒީރު […]

އެމެރިކާއާއި ޗައިނާގެ މިލިޓްރީ ކުރިމަތިލުމެއްގައ ތަޖްރިބާކާރުން ދެކޭގޮތް

އެމެރިކާއާއި ޗައިނާގެ މިލިޓްރީ ކުރިމަތިލުމެއްގައ ތަޖްރިބާކާރުން ދެކޭގޮތް މިލިޓްރީ ތަޖްރިބާ ކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިލިޓްރީ ގޮތުން އެމެރިކާއާއި ޗައިނާގެ ކުރިމަތިލުން ވެގެންދާނީ މުޅިދުނިޔެއަށް ކުރިމަތިވެގެންދާނޭ ވަރަށް ބޮޑު މުސީބާތަކަށެވެ. ެއްވެސް ގައުމަކުން އެ ޙާލަތުގައި ބަލިވާކަށް ބޭނުމެއް ނުވާނެއެވެ. ތަޖްރިބާކާރުންގެ އިންޒާރަކީވެސް އެއީއެވެ. ޗައިނާއިން ތައިވާނުގެ ހަނގުރާމައެއް ފަށައިފިނަމަ އަދި އެ ކަމުގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ ވަރަށް ހިތި ތަޖުރިބާތަކެއް އެމެރިކާއިން ތަޙަންމަލް ކުރަންޖެހުމަކީ ވަރަށް އެކަށިގެންވާ ކަމެއް ކަމުގައި ތަޖްރިބާ ކާރުން ވިދާޅުވެއެވެ. […]

ރައީސް ޔާމީނަށް އިއްވި ޙުކުމުގެ އިސްތިއުނާފު ވަނީ ތައްޔާރު ކުރެވިފައި, ދެން މާ ލަހެއްނުވާނެ: ވަކީލު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރުމަހު އިއްވި ޙުކުމުގެ އިސްތިއުނާފު ތައްޔާރު ކުރެވިފައިވާ ކަމަށާއި, ތައްޔާރު ކުރައްވާފައި އޮތް އިސްތިއުނާފަށް ބަލާއިރު, އެ މަނިކުފާނު މިނިވަންވެވަޑައިގަންނަވާނެކަމީ %100 ޔަޤީންކަމެއް ކަމަށް އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވާ ކަމަށް ނިންމަވައި, ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ […]

ސްރީލަންކާގެ 75 ވަނަ މިނިވަންދުވަސް

އިއްޔެއަކީ ( 2023 ފެބްރުއަރީ 4 ) އަވަށްޓެރި ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ސްރީލަންކާގެ އެކުވެރި ރައްޔިތުންނަށް މިނިވަންދުވަހުގެ ސަލާމާއި ތަހްނިޔާ ފޮނުވަމެވެ.      ސްރީލަންކާގެ އިގްތިސާދު ވެއްޓިފައިވާ އަނދިރި ވަޅުގަނޑުގެ ސަބަބުން އެ ގައުމުގެ ވަރަށް ގިނަ ރައްޔިތުން ތިބީ އުފާ ފާޅުކުރެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ވަރަށް ގިނަ އަދަދެއްގެ ފާދިރީންނާއި ހާމުދުރުން ވަނީ ސްރީލަންކާގެ ވެރިރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ އިހްތިފާލަށް ނުދާނެކަމަށް ބުނެފައެވެ. އަދި މިއީ މިފަދަ […]