ސަޢޫދީ އެރޭބިޔާއިން ތުރުކީއަށް 5 ބިލިއަން ޑޮލަރގެ އެނހީ

Loading

Facebook
Twitter
WhatsApp

މިދިޔަމަހުގައި ތުރުކީއާއި ސީރިޔާއަށް މެދުވެރިވި ނުރައްކާތެރި ބިންހެލުމާއި ގުޅިގެން ތުރުކީއަށް ލިބުނުގެއްލުމާއި އަދި އެ ބިންހެލުމުގެ ސަބަބުން އިގްތިސާދަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން އަގުދަށްވެފައިވާ ތުރުކީގެ ލީރާގެ އަގު ހިފޭއްޓުމަށްޓަކައި ސަޢޫދީ އެރޭބިޔާއިން 5 ބިލިއަން އެމެރިކާ ޑޮލަރު ތުރުކީގެ ސެންޓްރަލް ބޭންކަށް ޖަމާކޮށްދީފިއެވެ.

ސައޫދީ އެރޭބިޔާގެ ރަސްމީ ޕްރެސް އޭޖެންސީން ބުނެފައިވާ ގޮތުގައި މިއީ ތުރުކީއާއި އެގައުމުގެ އަޚުވަންތަ ރައްޔިތުންނާއި ސަޢޫދީ އެރޭބިޔާގެ ގާތް ގުޅުން ހާމަވެގެންދާ ސާފު ހެއްކެކެވެ. ސަޢޫދީގެ ބަޔާނުގައި އެއީ ހިލޭ އެހީއެއްކަން ނުވަތަ އަނބުރާ ދައްކާގޮތަށް ދިން ފައިސާއެއްކަން ބުނެފައެއް ނުވެއެވެ.

ބިން ހެލުމުގެ ކުރިންވެސް ތުރުކީގެ އިންފްލޭޝަން މައްޗަށްގޮސް ލީރާގެ އަގު ވަނީ ދަށަށް ދާން ފަށާފައެވެ. މީގެ އެއް އަހަރު ކުރިން އެމެރިކާ ޑޮލަރަކަށް 14.26 ލީރާ ލިބުނުއިރު މިހާރުގެ އެކްސްޗޭންޖް ރޭޓަކީ އެމެރިކާ ޑޮލަރަކަށް 18.90 ލީރާއެވެ. 

ފެބްރުއަރީ މަހުގެ ތެރޭގައި ތުރުކީއާއި ސީރިޔާ ހިމެނޭ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުގައި ބައިލައްކައެއްހާ މީހުން މަރުވެ ދެލައްކައަށް ވުރެން ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އޭގެ ތެރެއިން ބައެއް ޢިމާރާތްތައް ވަނީ ބިމާހަމަވެފައެވެ. އަދި އެތައް ހާސް މީހުންގެ ގެދޮރު ވިރާނާވުމުގެ ސަބަބުން ވަނީ މަގުމަތި ވެފައެވެ.

ޔުނިސެފުން ބުނަމުންގެންދަނީ މަގުމަތިވެފައިވާ ކުޑަކުދިން އެކުދިންގެ މައިންބަފައިންނަށް ރައްދުކޮށްދިނުން އެއީ އެ އޭޖެންސީން އެންމެ އިސްކަންދީގެން ކުރަމުން ގެންދާ މަސައްކަތެވެ.

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރ ކެތަރިން ރަސެލް ވިދާޅުވަނީ އެންމެ އުނދަގޫ ކަމަކަށް ކުރިމަތިވެފައި އޮތީ މަގުމަތިވެފައިވާ ކުޑަކުދިންގެ މައިންބަފައިން ދިރިދުނިޔޭގެ ތިބިކަން ދެނެގަތުމެވެ. މީހުންތައް އެކި ދިމަދިމާލަށް ވިއްސިވިހާލިވެގެން ދިއުމުގެ ސަބަބުން އެކުދިންގެ މައިނަބަފައިން ދެނެގަތުމަށް އެތައް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ދެން ދިމާވެފައި އޮތް މައްސަލައަކީ އެކުދިންގެ މަދްރަސީ ހަޔާތް ނެގެހެއްޓުމެވެ. މިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް މިހާރު ވަނީ ހޯދިފައެވެ. އަދި އެކުދިންނަށް ވަގުތީގޮތުން ކްލާސްތަކެއް ހިންގުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.      

ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ވެރިޔާ ޓެޑްރޮސް އަދާނޮމް ގެބްރޭސަސް ވެސް ގެންދަވަނީ ބިންހެލުމުގައި ވީރާނާވެފައިވާ ސަރަޙައްދުތަކަށް ވަޑައިގެން ސިއްޙީ އެހީ ފޯރުކޮށް ދެވިދާނެ ގޮތްތައް ހޯދަމުންނެވެ.  

Loading

One Response

  1. ތުރުކީގައިވެސް ސަރުކާރާ އިދިކޮޅުފަރާތްތައް އެބަތިއްބެވެ. އެކަމަކު ގައުމަށް މެދުވެރިވާ ހިތާމްވެރި ހާލަތު ތަކުގައި އެހީހޯދަން ކުރާ މަސައްކަތް ހުއްޓުވާކަށް ނޫޅެއެވެ. ގައުމާއި ސިޔާސީ ފިކުރު އޮންނަނީ ވަކިކޮށްފައެވެ. އަހަރެމެންނަށް މިވާގޮތަކީ ގައުމާއި ސިޔާސަތު އެއްކޮށްލަނީއެވެ. އެންމެ ފުރަތަމަވެސް ގޮވާނީ ޓްރަރިސްޓުން ނައުމަށެވެ. ދެން އެހީއެއް ލިބިދާނެ މަގުތައް ބަންދު ކުރަން މަސައްކަތްކުރުމެވެ. ދާދި މިދާކަށް ދުވަހުވެސް އެކަހަލަ ވާހަކަތަކެއް ފެންމަތި ވެގެން ދިޔައެވެ. ސިޔާސީ ވެގެން ދިޔަ ދިޔައިނުން ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭންގޭ ހިސާބަށް ދިޔައިމާ ދެން ގައުމާއި ރައްޔިތުންނަށް މެދުވެރިވާނީ އަހަރެމެންގެ ގައުމަށް މެދުވެރި ވެފައިވާ ހާލަތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް