ޙަމާސްއަކީ ޓެރަރިސްޓުން: ފަލަސްތީނުގެ ލީޑަރޝިޕް

މިދިޔަ އަހަރު އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ޙަމަލާއާއި ގުޅިގެން ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލުއާންމުގެ އަސްލަކީ ޙަމާސްގެ ޓެރަރިސްޓުން ކަމުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްގެ ސިޔާސީ ޕާރޓީ ފަތަޙް ޖަމާއަތުންބުނެފިއެވެ. ފަތަހް ޕާރޓީގެ ފަރާތުން ނެރުނު ބަޔާނުގައި ޙަމާސްގެ ލީޑަރުން ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ ހިތްފަސޭހަ އަރާމު ދިރިއުޅުމަށާއި އެ ޖަމާޢަތުން އިރާނާއެކު އޮންނަ ގުޅުމަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވެއެވެ. […]
އަހަރެންނަށް ވެރިކަން ނުލިބިއްޖެއްޔާ އެމެރިކާގައި ލޭގެ ކޯރުތައް ދެމެން ފަށާނެ

ވަންޑާލިއާ- އޮހައިއޯ އިން މިއަދު ހެނދުނު އެން. ބީ. ސީ. ގެ ޚަބަރުގައި ބުނެފައިވަނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިފަހަރު އިންތިޚާބުގައި ވެރިކަމަށް ނުހޮވިއްޖެނަމަ އެމެރިކާގައި ލޭގެ ކޯރުތައް ދެމިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅު ވެއްޖެ ކަމަށެވެ. ކުރީގެ ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ އޮޓޯ އުފެއްދުމުގައި ޗައިނާއާ ދޭތެރޭ އޮތް ވާދަވެރި ކަމާބެހޭ ގޮތުން ވާހަކަ ދެއްކެވުމެއްގެ ތެރޭގައެވެ. އެއީ ސެނެޓުގެ ރިޕަބްލިކަން ކެންޑިޑޭޓް ބާރނީ މޮރޭނޯއަށް ތާއީދު ހޯދަން ބޭއްވި އެއްވުމެއްގައެވެ. ވާހަކަ ދައްކަން ފެއްޓެވީ “ އެންމެންނަށް އަދުލު […]
ޔޫކްރެއިންގެ ގިނަ ސިފައިންތަކެއް މަރާލަން ވެކިއުމް ބޮން ބޭނުން ކުރީމު: ރަޝިޔާ

ވެކިއުމް ބޮން ބޭނުންކޮށްގެން ޔޫކްރެއިންގެ ގިނަ އަދަދެއް ސިފައިން މަރާލާފައިވާނެ ކަމަށް ރަޝިޔާއިން ބުނި ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފިއެވެ. ވެކިއުމް ބޮމަކީ ވަށައިގެންވާ ތިމާވެށިން އޮކްސިޖަން އެތެރެއަށް ދަމައިގަނެގެން ގޮއްވައިލެވޭ ބާރުގަދަ ހަތިޔާރެކެވެ. ރަޝިޔާ ސިފައިންގެ ޑެޕިއުޓީ ޗީފް އޮފް ދަ ޖެނެރަލް އާރމްޑް ފޯސަސް ރަޝިޔާގެ ދިފާއީ ވަޒީރާއެކު ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވާފައިވަނީ “ އަމާޒަށް ވާސިލު ކުރެވުނު އޭރިއަލް ހަތިޔާރުގެ ސަބަބުން ތިން ސަތޭކަ ޔޫކްރެއިންގެ ސިފައިން މަރާލެވިފައިވާނެ ކަމަށެވެ. ރަޝިޔާއިން […]
އިސްރާއީލުގެ ކޯލިޝަން ސަރުކާރު ރޫޅެން ތައްޔާރުވެއްޖެ

ބޮޑުވަޒީރު ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ތަންކޮޅެއް ލާހިކު ސިޔާސަތެއް ގެންގުޅޭ ކުރީގެ ދިފާއީ ވަޒީރު ބެނީ ގާންޒްއަށް ތާއީދުކުރާ ޕާރލަމެންޓްގެ މެމްބަރުން އެއްފަރާތަކަށް ޖެހިލުމުން ނަތަންޔާހޫއަށް ފިއްތުންތަކާއި ގޮންޖެހުން އިތުރުވެ 5 މަސްދުވަހަށް ދެމިގެންދާ ހަމާސްގެ ހަނގުރާމައިގެ ސަބަބުން ސަރުކާރު ރޫޅިގެންދިއުމުގެ ހެކިތައް އާންމު ވެއްޖެއެވެ. ފުރިހަމަ ގޮތުގައި ސަރުކާރު ހިންގުން ނުކުޅެދިފައި އޮންނަތާ ދުވަސްތަކެއް ފާއިތުވެގެން ދިއުމަށްފަހު މިހާރު މި ފެންނަނީ އާންމު އިންތިޚާބު ބޭއްވުމުގެ ތާރީޚުގެ މާކުރިން ސަރުކާރު ރޫޅި އަނެއްކާވެސް އާންމު އިންތިޚާބަކަށް […]
ރަޝިޔާއިން ނިއުކްލިއަރ ހަނގުރާމައަކަށް ތައްޔާރު, ރައީސް ޕޫޓިންގެ އިންޒާރު ހުޅަނގަށް

އެމެރިކާގެ ސިފައިން ޔޫކްރެއިނަށް ފޮނުވައިފިނަމަ އެއީ މިހާރު ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމަ އިތުރަށް ނުރައްކާތެރިކުރަން އެމެރިކާއިން ގަސްދުކުރުންކަމަށް ދެކި ރަޝިޔާއިން ނިއުކްލިއަށް ހަނގުރާމައަކަށް ދާން ތައްޔާރު ކަމުގައި ހުޅަނގަށް އިންޒާރު ދީފިއެވެ. މިމަހުގެ 15 ން 17 ށް އޮންނަ އިންތިޚާބުގެ ކުރިން ގައުމާ މުޚާތަބުކޮށް ވާހަކަފުޅުދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވީ މިހާތަނަށްވެސް ގަބޫލުފުޅުކުރައްވައިގެން ހުންނެވީ ޔޫކްރެއިނާއެކު ކުރަމުންގެންދާ ހަނގުރާމައިގާ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ނުޖެހޭނެ ކަމަށެވެ. އަދި މިހާރުވެސް ރަޝިޔާއިން އެކަމަށް ބޭނުމެއް […]
ނަތަންޔާހޫގެ ސިޔާސީ ހަޔާތް ތަތުންފުޅިއަކަށް ލައިފައި ޑެޑްސީގެ ލޮނުރަހަ ގަދަ ހިސާބަކަށް ކަނޑުފައްތާށެވެ.

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ހަމާސްއާއި އިސްރާއީލުން ކުރަމުންގެންދާ ހަނގުރާމަ ދިރާސާ ކުރައްވަމުން ގެންދަވާ ޑެއިލީ ބީސްޓުގެ މުހައްލިލުންގެ ދިރާސާގެ މައްޗަށް ބިނާކޮށް ބައިނަލް އަގްވާމީ މީޑިއާތަކުގައި ދައުރުވަމުންދާ ރިޕޯޓެއްގެ އުސް އަލިތަކެވެ. ކާމިޔާބު ނުކުރެވެމުންދާ ސުލްހައިގެ ވާހަކަތަކުގެ ސަބަބުން އިސްރާއީލުން ބޭނުންވާ ގޮތަށް ހަނގުރާމަ ނިންމާލަން އަވަސް އަރުވާގަނެގެން އޫޅޭހެން ހިއެއްނުވެއެވެ. މިހާރުގެ ހާލަތަށް ބަލާއިރު ފެންނަމުންދަނީ 7 އޮކްޓޯބަރުގައި ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއާއި ގުޅިގެން މެދުކެނޑުމެއްނެތި އިސްރާއީލުން ހަމާސްގެ ސަރަހައްދުތަކަށް ބޮންއަޅަމުން […]
ނަތަންޔާހޫ މަގާމުން ދުރުކުރާތަން އިސްރާއީލުން ދެކޭނެ ކަމަށް އެމެރިކާ ބުނެފި

އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލުއާންމާ ދޭތެރޭ ބޮޑުވަޒީރު ނަތަންޔާހޫގެ ހަރުކަށި ސިޔާސަތަށް އިސްރާއީލުގެ އާންމު ރައްޔިތުން ނުރުހުމުގެ ނަތީޖާއާއި ކުރިމަތިލާންޖެހި އޭނާ މަގާމުން ދުރުކުރާ ދުވަސް ވަރަށް ކައިރިން އިސްރާއީލުގެ ރައްޔިތުން ދެކޭނެކަން އެމެރިކާގެ ޖާސޫސީ އޭޖެންސީތަކަށް ހަވާލާ ދީ އިނގިރޭސިވިލާތުގެ ދަ ޓެލިގްރާފުން ރިޕޯޓުކޮށްފިއެވެ. ފަލަސްތީނުގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނަގާލައި އެއްވެސް ގައުމެއްގެ ރައުޔަށް ބެލުމެއްނެތި ނަތަންޔާހޫގެ ހައްދުފަހަނަޅާފައިވާ ސިޔާސަތު ތަންފީޒުކުރަމުން ގެންދިއުމުގެ ސަބަބުން އިސްރާއީލާއި އަދި މުޅި ދުނިޔޭގެ ރައްޔިތުން ދަނީ […]
ކަންތައް ނުކުރެވޭހާ މުސްކުޅިއެއް އަދި ނުވޭ: ރައީސް ބައިޑަން

މިއަހަރުގެ ރިޔާސީ ބަޔާނަށްފަހު ރައީސް ބައިޑަންގެ ކޭމްޕެއިނުން އެމެރިކާގެ ރައީސް ކަމުގައި 81 އަހަރުގެ އުމުރުފުޅުގައި ވެސް ހާސިލު ކުރެވުނު ލަނޑުދަނޑިތަކުގެ މައުލޫމާތު އެކުލެވޭ އިޝްތިހާރެއް އާންމުކޮށްފިއެވެ. އިޝްތިހާރުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ރިޕޯޓަރަކު ދެންނެވި ސުވާލަކަށް ސަމާސާކުރައްވައި ޖަވާބު ދެއްވިއެވެ. ”އަހަރެންނަކީ އަދިވެސް ހަމަ ކަށި ނޫ ޒުވާނަކީމެވެ. ހަށިގަނޑުގައި ހަކަތަ އާއި ބާރުވެސްހުރި ވަރަށް ރީތި މީހަކީމެވެ.“ 30 މިލިއަން ޑޮލަރުގެ އަގަކަށް ގަނެފައިވާ 60 ސިކުންތުގެ އިޝްތިހާރު މި ހަފުތާގެ ކެމްޕޭނުގައި […]
ޔޫކްރެއިނުން ދުވާލަކު ރަޝިޔާގެ އެއްހާސް ހަމަލާއާއި ކުރިމަތިލާންޖެހޭ

ބިޒްނަސް އިންސައިޑަރގެ އާލިޔާ ޝުޢައިބު އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތު މީޑިއާއަށް ހިއްސާކުރަމުން ބުނެފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެވްރެޖްގޮތެއްގައި ރަޝިޔާއިން ޔޫކްރެއިނަށް ދުވާލަކު 1000 ފަހަރު ހަލާކުކުރަނިވި ހަމަލާދީފައި ވާކަމަށެވެ. ހަލާކުކުރަނިވި ހަމަލާ ކަމުގައި ބުނެފައިއެވަނީ އެ ހަމަލާތަކުގައި ސިފައިން މަރުވި ނުވަތަ ޒަޚަމްވެފައިވާ އަދަދަށް ބިނާކޮށެވެ. ރަޝިޔާއިން ގެންގުޅޭ ހަނގުރާމައިގެ އުސޫލުތަކަކީ މަރުވާ މީހުންގެ ނިސްބަތުން ވަރަށް އަގުބޮޑު އެކަމަކު ޔޫކްރެއިނަށް އިންތިހާއަށް ނުރައްކާތެރި އުސޫލުތަކެއް ކަމަށްވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ. […]
އިސްރާއީލުގެ ހަނގުރާމައާ ބެހޭ ކެބިނެޓަށް ބިންހެލުމެއް

ތެލްއަވީވުން އެސޯޝިއޭޓެޑް ޕްރެސްއަށް މެލާޑީ ލިޑްމަން އާއި ގައްޒާގެ ރަފާހް އިން ޝުރުފާ ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލުގެ ހަނގުރާމައާބެހޭ ވަޒީރުންގެ މަޖިލީހުގައި އުފެދުނު ދެބަސްވުންތައް ހޫނުވެ ބޮޑުވަޒީރު ނަތަންޔާހޫގެ ފަރާތުން ލައުނަތް ލިބުމުގެ ރުޅީގައި އެ މަޖިލީސްގައި ހިމެނޭ ވަރަށް އިސް ވަޒީރަކު އެމެރިކާގެ ރަސްމީ ފަރާތްތަކާއެކު ވާހަކަ ދެއްކުމަށްޓަކައި ވޮޝިންގްޓަނަށް ހިނގައްޖެއެވެ. އިސްރާއީލުގެ ސިޔާސީ އޮފިޝަލުން ހާމަކުރަމުން ގެންދާ ގޮތުގައި ރެނދުލަމުންދާ ވަޒީރުންގެ މަޖިލީހުގެ ރެނދުތައް މިހާރު ވަނީ އަލުން ކައިރިކުރުން އުދަނގޫ ވަރަކަށް […]