އީރާނުން އިސްރާއީލަށް ހަމަލާ ދީފާނެ ކަމަށް ބިރުން ތިބޭއިރު އީރާނުގެ މިސައިލް ޕްރޮގްރާމް މަތިން ދުނިޔެ ހަނދާން ނެތުނީބާ!

ސުރުޚީއަކީ އެސޯޝިޢޭޓެޑް ޕްރެސްގެ ޖޯން ގަމްބްރެލް ކޮށްފައިވާ ސުވާލެކެވެ. ދުބާއި އިން އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުތަކަށް ބަލާއިރު ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވައުދުވެފައިވާ މި ދަނޑިވަޅުގައި އިސްރާއީލަށް ސީދާ ހަމަލާ ދިނުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމުގެ ބޭނުން ކުރާނެ ކަމަށް ބެލެވޭ ޚަބަރު ހިމެނެއެވެ. އެކަމަކު އެ މިސައިލްތަކުން ކިހާވަރެއްގެ ގެއްލުމެއް އިސްރާއީލަށް ދެވިދާނެ ހެއްޔެވެ؟ 1991 ވަނައަހަރު ގަލްފު ހަނގުރާމައިގެ ދުވަސްވަރު ސައްދާމް […]

ހިޒްބުﷲގެ ބާރުގެ ދަށުގައި އެކްސްޕްލޯސިވް އިލެކްޓްރޯ މެގްނެޓިކް ވޯރހެޑް އުފުލޭނެ ބޮމާއި މިސައިލް ހުންނާނެ:އީރާން

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ހިޒްބު އަށް ފޯރުކޮށްދީފައިހުރި ބާރުގަދަ އޭ އެމް ޕީ ( އިލެކްޓްރޯ މެގްނެޓިކް ޕަލްސް ވެޕަން ) ހަތިޔާރަކީ އިސްރާއީލަށް އޮތް ވަރަށްބޮޑު ނުރައްކަލެއްކަން ހާމަވެއްޖެއެވެ.                             އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ހިޒްބު ﷲ އަށް ފޯރުކޮށްދީފައިހުރި ބާރުގަދަ އޭ އެމް ޕީ ( އިލެކްޓްރޯ މެގްނެޓިކް ޕަލްސް ވެޕަން ) ހަތިޔާރަކީ އިސްރާއީލަށް އޮތް ވަރަށްބޮޑު ނުރައްކަލެއްކަން ހާމަވެއްޖެއެވެ. އީރާނުގެ ރިޓަޔަރޑް ޖެނެރަލަކު ބުނެފައިވާގޮތުގައި ހިޒްބު ﷲ އަތުގައި […]

ރަހީނުން މިނިވަން ކުރުމުގެ މަސައްކަތުގައި ފަރުވާކުޑަ ކުރާނީ ކިހާ ދުވަހަކު!

ހަމާސްއިން މަރާލި ކަމަށް ބުނާ 6 ރަހީނުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ހާރޝް ގޯލްޑް ބާރގް-ޕޯލިން ވަޅުލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އާއިލާގެ ފަރާތުން ފާހަގަކުރާ ހިތާމަ ކުރުމުގެ 7 ދުވަސް ގުނަމުންދާއިރު އިސްރާއީލުން ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުވާކަށް ނުވޭތޯ “ ހޮސްޓޭޖަސް އެންޑް މިސިންގ ފެމިލީސް ފޯރަމް “ ގައި ދުނިޔޭގެ ލީޑަރުންނަށް އެ އާއިލާގެ ފަރާތުން ސުވާލުތައް ކުރިމަތި ކޮށްފައެވެ. ރަހީނުންނަށް ކުރަމުން ގެންދާ އަނިޔާތައް ހަމާސްއިން ހާމަކުރުމުގެ ބޭނުމަކީ ރަހީނުންގެ […]

އީރާނުގެ ބިރުދެއްކުމާހުރެ އިސްރާއީލުގެ އުޑުމަތި ބަނަވަނީތަ!

އިސްރާއީލުގެ އެއާރ ޑިފެންސްއަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ކުރިއަރާފައިވާ ނިޒާމުކަމަށް ބެލެވޭއިރު މަތިންދާ ބޯޓުފަހަރު ދުއްވާ ބައެއް ބިޔަ ކުންފުނިތަކުން އިސްރާއީލަށް ދަތުރުކުރުން ހުއްޓާލަން ޖެހުނީ ކީއްވެގެން ހެއްޔެވެ! މިއީ މިއަދު ބައިނަލްއަގްވާމީ މީޑިއާގެ އެންމެ ކުލަ ގަދަ ސުރުޚީއަށް ވެއްޖެއެވެ. އީރާނު ސަރުކާރަށް ތާއީދުކުރާ އަލް މަޔާދީނުން ބުނެފައިވަނީ ކޮމާރޝަލް ފްލައިޓްތަކުން އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލަކުރަމުން ގެންދަނީ އީރާނުން އިސްރާއީލަށް ކޮންމެ ވަގުތެއްގައިވެސް ހަމަލާދީފާނެ ކަމުގެ ބިރަށެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި މިއީ […]

ޔޫކްރެއިންގެ މިލިޓްރީ ކޮލެޖަށް އަމާޒުވި ހަމަލާގައި އެތައް ބަޔަކު މަރުވެއްޖެ

އޭބީސީ ނިއުސްއިން ބުދަދުވަހު ދީފައިވާ ޚަބަރުތަކުގައި ރަޝިޔާއިން ޔޫކްރެއިނަށް މިސައިލާ ޑްރޯނުން ދިން ހަމަލާތައް އަނެއްކާވެސް ޔޫކްރެއިންގެ އުޑުމަތި ބަނަކޮށްލައިފިއެވެ. ޔޫކްރެއިންގެ އޮފިޝަލުން ބުނެފައިވަނީ ރަޝިޔާގެ ހަމަލާތަކުގައި ގިނަބަޔަކު ޝިކާރައަކަށް ވެފައިވަނީ ޕޮލްޓާވާއިން ކަމަށެވެ. 2 ބެލިސްޓިކް މިސައިލް ޕޮލްޓޯވާ މިލިޓްރީ ކޮމިއުނިކޭޝަންސް އިންސްޓިޓިއުޓަށާއި އަދި ކައިރީގައި ހުރި ހޮސްޕިޓަލަކަށް އަމާޒުވި ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ހާދިސާގެ ފުރިހަމަ ތަހްގީގެއް ކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށެވެ. ރަޝިޔާގެ ހަމަލާގައި 51 […]

ރަޝިޔާގެ ބާރުގަދަ ހަމަލާތަކުގައި ކީވް އާއި އެހެން ސަރަހައްދުތައް ގުޑުވާލައިފި

ކީވުން ރޮއިޓާރސް ދީފައިވާ ޚަބަރުތަކުގައި ރަޝިޔާއިން އޮއްސައިލި ގިނަ އަދަދެއްގެ މިސައިލް ހަމަލާގައި ކީވް އާއި ކައިޜިގެ އެހެން ސަރަހައްދުތައް ގުޑުވާލައިފިއެވެ. އެ ހަމަލާތަކުގައި ގެތަކާއި އެހެނިހެން އިމާރާތްތައް ހަލާކުވެގެން ދިޔަ ކަމަށް އޮފިޝަލުން ރޮއިޓާރސްއަށް ކިޔާދީފައި ވެއެވެ. ގޮވުންތަކުގެ ބާރުގަދަ އަޑަށާއި އަދި ޔޫކްރެއިންގެ އެއަރޑިފެންސުން އެ މިސައިލްތަކަށް ފޮނުވި ރައްދު ހަމަލާގެ އަޑުފަށްގަނޑަށް ކީވްގައި ދިރިއުޅޭ ރައްޔިތުން ނިދިން ހޭލައްވާލީ ބިރުވެރި ކަމެއްގެ ތެރެއަށެވެ. ރަޝިޔާގެ ހަމަލާގައި ދުއިސައްތަ ވަރަކަށް މިސައިލް ބޭނުންކޮށްފައިވެއެވެ. އެ […]

އިންޑިއާ-ޗައިނާ ބޯޑަރު ސަރަހައްދުން ސިފައިން ދުރުކުރުމުގެ އެއްބަސްވުމަކާ ދިމާލަށް

އިންޑިއާ-ޗއިނާއިން ދެބަސްވުން އުފެދިފައިވާ ބޯޑަރު ސަރަހައްދުން ދެ ޤައުމުގެ އެތައް ހާސް ސިފައިން ދުރަށް ގެންދިޔުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެސޯސިއޭޓެޑް ޕްރެސް ނިއު ދިއްލީން ރިޕޯޓުކޮށްފިއެވެ.                         އެގޮތުން އެ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން އޮސްގައި މިހާރު ހިނގަމުންދާ އާސިއާންގެ ބައްދަލުކުރުމުގެ ހަވާސާގައި އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރއާއި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ބައްދަލުކުރައްވައި އޭޝިޔާގެ މި ބިޔަ ދެ ބާރުގެ މެދުގައި  މިހާރު ދެބަސްވުން އުފެދިފައިވާ ހިމާލިޔާ […]

ބާރުގެ ބޭނުންކޮށްގެން މިނިވަންކުރާ ރަހީނުން ގެންދަން ޖެހޭނީ ސަންދޯކަށް ލައިގެން

އެސޯޝިއޭޓެޑް ޕްރެސް ތެލްއަވީވުން މިއަދު ދީފައިވާ ޚަބަރުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ”އަހަރެން ކަންތައް ކުރަންޖެހޭ ގޮތް ބުނުމުގެ ފުރުސަތު ހަމަ އެކަކަށްވެސް ނުދޭނަން“ ކަމަށް ނަތަންޔާހޫ ބުނި ޚަބަރެވެ. ނަތަންޔާހޫ މިހެން ބުނެފައިވަނީ ގައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ބާރު އެޅުމުގެގޮތުން އިސްރާއީލުގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާއި އަދި އެމެރިކާގެ ރައީސް ”އަހަރެންވެސް މިކަމުގައި އިތުރު މަސައްކަތް ކުރަން އެބަ ޖެހޭ ކަމަށް“ ވިދާޅުވުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުންނެވެ. ހަމާސްގެ ބެލުމުގެ ދަށުގައި […]

ޤައުމަށް ނިސްބަތްވުމާއި ޤައުމީ ލޯބި

ޤައުމަށް ނިސްބަތްވުމަކީ ބިމާއި ވަޒަނާއި ތިމާގެ އަތުގައި އޮންނަ ކާކު ކަން އަންގައިދޭ ކާޑާއި އޮންނަ ގުޅުމެވެ.ޤައުމަށް ނިސްބަތްވުމާއި ޤައުމީ ލޯތްބަކީ ޤައުމާމެދު ހިތުގައި އުފެދޭ ރޫޙާނީ އިޙްސާސްތަކެވެ. ޤައުމާމެދު ހިތުގައި އުފެދިފައިވާ އީޖާބީ ގުޅުމެެވެ.ޤައުމާމެދު ތިމާގެ ހިތުގައި އޮންނަ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. ޤައުމީ ވާޖިބުތަކަށް ބޯލެބުމުގެ އިޙްސާސްތިމާގެ ހިތުގައި ވުމެވެ.ތިމާއާއި ތިމާގެ ޤައުމާމެދު އޮންނަގުޅުން ތަރުޖަމާކޮށްދޭނީ ތިމާގެ އަޚްލާޤާއި ސުލޫކުންނެވެ. އެއަޚްލާޤާއި ސުލޫކަކީ ޤައުމު ދިފާޢު ކުރުމުގެ އިޙްސާސް ތިމާގެ ހިތުގައި އޮތުމެވެ. ޤައުމާމެދު ތިމާގެ […]

ރަޝިޔާގެ ހަމަލާތަކާހެދި ހާލަތު އުނދަގޫ ވެއްޖެ:ޔޫކްރެއިންގެ އިސް ޖެނެރަލް

ކީވުން މިއަދު ހަވީރު ރޮއިޓާސް ދިން ޚަބަރުތަކުގެ ތެރޭގައި ތަފްސީލަކަށް ނުގޮސް ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކަށް އަމާޒުކޮށްގެން ރަޝިޔާއިން ދެމުން ގެންދާ ހަމަލާތަކާހުރެ ޔޫކްރެއިނުން ވަރަށް އުދަނގޫ ފައްތަރަކަށް ވަދެވިއްޖެކަމަށް ދޭހަވާ ބަހުރުވައަކުން ޔޫކްރެއިންގެ އެންމެ އިސް ކޮމާންޑަރ ޖެނެރަލް އޯލެކްސަންޑަރ ސައިރަސްކީ ވާހަކަ ދައްކައިފިކަމަށް ބުނެފިއެވެ. މިކަމާބެހޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ހުންނާނީ ފުރިހަމަކޮށްފާ ކަމަށްވެސް އޭނާ ބުންޏެވެ. މިދިޔަ ހަފުތާގެ ގިނަ ދުވަސްތަކެއް އެ ސަރަހައްދުގައި ހޭދަކުރި ކަމަށާއި ހަނގުރާމަ ކުރެވެމުންދަނީ ވަރަށް […]