އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ހަނގުރާމަ ހުއްޓުމަކާ ކައިރިއަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވޭނެ މަގެއް ހޯދުމަށް ޕާކިސްތާނުގެ އިސްނެގުމާއެކު އެމެރިކާއާއެކު ކުރެވޭ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ދާދި އަވަހަށް އިއުލާން ކުރެވިދާނެކަމަށް އީރާނުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރުމާގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ހެޔޮ ބަދަލެއް އަތުވެއްޖެއެވެ. ދުނިޔޭގެ ބާޒާރުގައި 102 ޑޮލަރަށް ފީފާއެއްގެ އަގު އުފުލުމަށްފަހު އީރާނުގެ ހާމަކުރާ ގުޅިގެން 96 ޑޮލަރަށް ފީފާއެއްގެ އަގު ވަނީ ދަށްވެފައެވެ. ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމާގުޅިގެން 14 މިލިއަން ފީފާ […]

އިއްތިހާދުގެ ރެނދުއަޅަނީ: ޓްރަމްޕާއި ނަތަންޔާހޫގެ މެދުގައި ދެބަސްވުންތަކެއް!

އެމެރިކާއާއި އީރާނާ ދެކޮޅަށް މިހާރު ކުރިއަށްދާ ހަނގުރާމައިގެ މިސްރާބާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ޔަހޫދީ ބެންޖަމިން ނަތަންޔާހޫއާ ދެމެދު ވަރަށް ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ. މި ދެ މީހުންގެ މެދުގައި ފޯނުން ކުރެވުނު އެއް ގަޑިއިރުގެ ހޫނު މަޝްވަރާތަކާއި ފިނި ބަހުސަކަށްފަހު، ހަނގުރާމައިގައި ދެ ގައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަށް ބުރޫއަރާފައިވާ މިންވަރު ވަނީ ހާމަވެފައެވެ. ޑިޕްލޮމެޓިކް މަސްދަރުތަކުން ކަށަވަރުކޮށްދޭ ރިޕޯޓްތަކަށް ބަލާއިރު، މި މަޝްވަރާތަކަށް ފަހު ނަތަންޔާހޫ ހުރީ […]

އެމެރިކާ ނޭވީ ފްލީޓުގައި ބާދަގަނޑަށް އެހެލަންޖޭހޭ ސަބްމެރިން ގިނަވެއްޖެ

އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތަކުގައި ބާދަގަނޑު ގިނަވެ އުފެދެމުންދާ ހުސްތަން އަލުން ފުރޭނެގޮތެއް ހޯދުމާ ދޭތެރޭ ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި މުސްކުޅިކުރަން ޖެހިފައިވާ އޯހައިއޯ ކްލާސްގެ ހަތަރު ގައިޑެޑް މިސައިލްއާއި ބާރަވަރަކަށް ޓިކޮންޑެރޯގާ ކްލާސްގެ ކްރޫޒަރ ސަބްމެރިން މުސްކުޅިކުރަންޖހޭ އުމުރަށް އައުން އިތުރު ބޮލުރިހުމަކަށް ވެއްޖެއެވެ. އެ ސަބްމެރިންތައް އެއްފަރާތްކުރުމުގެ ސަބަބުން އެމެރިކާ ނޭވީންގެ 2080 ވަރޓިކަލް ލޯންޗް ސިސްޓަމް އެއްފަހަރާ މަދުވެގެންދާނެއެވެ. މި ގެއްލުމަކީ ފިނި ހަނގުރާމައިގެފަހުން އެމެރިކާ ނޭވީންގެ ބާރު އެންމެބޮޑަށް ދަށަށް ދިއުން […]

އުދައިދު މިލިޓްރީބޭސްއަށް އީރާނުން ދިން ހަމަލާގައި ނުދައްކާ ވާހަކަ

ގަތަރުގެ އަލް އުދައިދު އެއާރބޭސްއަށް އީރާނުން ދިން ހަމަލާގެ ޚަބަރުތައް ބައިނަލް އަގްވާމީ މީޑިއާތަކުން ވަނީ ފެނިފައެވެ. އެކަމަކު އެއީ ކިހާވަރެއްގެ ހަމަލާއެއްކަން ބައިނަލް އަގްވާމީ ބޮޑު އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ. ނުވަތަ ހާމަކުރަން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް މިފަހަރު އެ ޚަބަރުތައް ހާމަކޮށްދީފައިމިވަނީ ނިއުސް ވަރަޔ އެކްސް އިންނެވެ. އަލް އުދައިދު އެއާރބޭސްއަކީ ގަލްފް ސަރަހައްދުގައި ގާއިމްކޮށްފައިހުރި އެންމެބިޔަ އަދި އެމެރިކާއަށް އެންމެ މުހިންމު މިލިޓްރީ މަރުކަޒެވެ. އެ މިލިޓްރީ ބޭސްއަށް ދިން ހަމަލާގެ […]

މެދުއިރުމަތީގެ ހަނގުރާމައިގާ އިސްރާއީލަށް ލިބެމުންދާ ގެއްލުންތަކުން ސަފުހާއެއް

އެއްވެސް ހަނގުރާމައެއްގައި ލިބޭ ގެއްލުންތައް ވަގުތުން ހާމަކުރުމަކީ ކުރާކަމެއް ނޫނެވެ. އެހެންނަމަވެސް މުވާސަލާތީ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި އެކަން ސިއްރު ކުރުމަކީވެސް ކުރެވިދާނެ ކަމެއް ނޫނެވެ. އެމެރިކާއާއި އިސްރާއީލުން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަދުވަހު ފެށި ހަނގުރާމައިގާ އިސްރާއީލުންވަނީ މީޑިއާތައް ހުއްޓުވާފައެވެ. ހަނގުރާމައިގެ ޚަބަރުތައް ހާމަކުރުން ހުއްދަ ކުރެވިފައިވަނީ ހަމައެކަނި ސަރުކާރުންދޭ މައުލޫމާތުތަކުގެ މައްޗަށެވެ. މީޑިއާތަކަށް ފެންނަ މަންޒަރުތައް ހާމަކުރުމުން ގާނޫނީގޮތުން ބޮޑެތި އަދަބުތަކާ ކުރިމަތި ލާންޖެހޭނެއެވެ. . އެމެރިކާ ސިފައިންގެތެރޭގައި ކާނަލެއްގެ މަގާމުގައި […]

މެދުއިރުމަތީގެ ހަނގުރާމައިގެ ރާޅުތައް ޔޫރަޕްގެ ގޮނޑުދޮށާ ހަމަޔަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އީރާނުގެ އިގްތިސާދު އިނދަ ޖައްސާލުމުގެ ގޮތުން އެގައުމުގެ އެއްވެސް ބަނދަރަކަށް ކަނޑުމަގުން ދަތުރުކުރުން މަނާކޮށް އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތަކުން ގެންދަނީ އެކަން ކަށަވަރު ކުރަމުންނެވެ. އެކަމަކު ބައެއް މީޑިއާތަކުން ހާމަކުރަމުން ގެންދާ ގޮތުގައި އެމެރިކާގެ ފިޔަވަޅުތައް މިހާރުވެސް ދަނީ ފޭލިވަމުންނެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ރާޅުތައް މެދުއިރުމަތީގެ ހަނި ކަނޑުއޮޅިތަކުން ނިކުމެ ޔޫރަޕްގެ ގޮނޑުދޮށްތަކަށް ބީއްސަން ފަށައިފިއެވެ. މިހާތަނަށް އެ ރާޅުތަކުގައި ސުނާމީއެއްގެ […]

މިއަންނަ އަންގާރަ ދުވަހުގެ ކުރިން އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވަން ޖެހޭނެ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމަ ދޭތެރެދޭތެރޭން މެދުކަނޑާލަން އެމެރިކާގެ ރައީސް އިއުލާންކުރައްވަމުން ގެންދެވިނަމަވެސް ހަނގުރާމައަށް ހުއްޓުމެއް ނާދެއެވެ. ވަގުތީގޮތުން ހަނގުރާމަ ހުއްޓުވުމަށާއި ސުލްހައިގެ ވާހަކަތަކަށް އެނބުރި އައުމަށް އަންގަވައި އީރާނާ ދެކޮޅަށް ބާރުގަދަ ބަސްތައްވެސް ރައީސް ޓްރަމްޕް ގެންދަވަނީ ބޭނުން ކުރައްވަމުންނެވެ. ސުލްހައިގެ މަޝްވަރާތަކަކީ ދެފަރާތުގައިހުރި މައްސަލަތަކާދޭތެރޭ ހަމަހަމަ ނަޒަރަކުން މުތާލިއާކޮށް އެއްބަސްވުމެއް ހޯދުންކަމަށް ކުރީގެ ރައީސް ބިލް ކްލިންޓަން ބާރުއަޅުއްވަމުން ގެންދަވާ ފަލްސަފާ ރައީސް ޓްރަމްޕްގެ ވިސްނުންފުޅަށް ވަންނަހެން ހީއެއް ނުވެއެވެ. ސުލްހައިގެ […]

ގަލްފު ހަނގުރާމައިގާ އެމެރިކާގެ ހަރަކާތްތައް ކުރީގެ ރައީސް ކްލިންޓަންގެ ދޫފުޅުން

ޕަރޝިއަން ގަލްފާއި ހޮރްމުޒް ކަނޑުއޮޅި އޮންނާނީ އީރާނުގެ ބާރުގެ ދަށުގައި. އީރާން ނޭވީއެމެރިކާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ކުރީގެ ރައީސް ކްލިންޓަން މިދިޔަ ހަފްތާގައި ވިދާޅުވެފައިވެއެވެ. ކޮންމެ ހަފުތާއެއްގެ ތެރޭގައި އެމެރިކާގެ ރައްޔިތުންނަށްއެނގެންޖެހޭ އެކަމަކު އެނގުމެއް ނުވާ ބޮޑެތި އެތައް ކަމެއް ސަރުކާރުގެތެރޭގައި ހިނގަމުންދެއެވެ. އޭގެތެރޭން ބައެއްކަންތައް ރައްޔިތުންނަށް ސިއްރުކޮށް ފޮރުވުމަށް ދެއްކޭނެ ބަހަނާއެއްވެސް ނޯންނާނެއެވެ. މިއަދު އެމެރިކާގެ ރައްޔިތުންނަށް އަހަރެން ކިޔާދޭން ޖެހިފައިމިވަނީ ފާއިތުވެގެން ދިޔަ 24 ގަޑިއިރުތެރޭގައި ހިނގާދިޔަ ބޮޑެތި ވާހަކަތެކެކެވެ. ރައްޔިތުންނަށް އެނގުމެއް […]

އީރާނުގެ ހުށަހެޅުންތަކަށް ޓްރަމްޕް އިންކާރު ކޮށްފި

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެ، ތެހެރާނުން އެންމެ ފަހުން ހުށަހެޅި ސުލްހައިގެ ހުށަހެޅުންތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހައްދަވައިފިއެވެ. ޓްރަމްޕް އިންޒާރު ދެއްވި ގޮތުގައި، އަވަސް އަރުވާލައިގެން ހަދާ އެއްބަސްވުމެއްގެ ސަބަބުން ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި އަލުން ހަމަނުޖެހުން އުފެދިދާނެއެވެ. ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ބުނީ، އީރާނުން އެދެމުންދަނީ އޭނާއަށް އެއްބަސްވެވެން ނެތް ކަންތައްތަކަކަށް ކަމަށެވެ. އަދި އަލުން މައްސަލަތައް އުފެދޭނެ ފަދަ ގޮތަކަށް […]

ކީރްތީ

އެޕިސޯޑް 1 ވަށައިގެންވާ މާހައުލުން އިވެމުން ދިޔައީ މީހުންގެ ރުއިމުގެ އަޑެވެ. އެންމެންގެ ލޮލުން ހިލެމުންދިޔައީ ވޭނީ ކަރުނައެވެ. އޮހޮރަމުން ދިޔަ ކަރުނައިގައި ވަނީ ހިތްތަދި ކަމާއި މާޔޫސް ކަމެވެ. ދުވަހަކުވެސް އުންމީދު ނުކުރާ ފަދަ ގޮތަކަށް ލޯބިވާ މީހަކު ދުނިޔެއަށް އަލްވަދާއު ކިޔުމަކީ ދިރިތިބީންނަށް ބަލަން ފަސޭހަ މަންޒަރެއް ނޫނެވެ. ގަބުރުސްތާނުގައި ތިބި އެންމެންގެ މޫނު މަތިން ފެންނަމުން ދިޔައީ ހަމްދަރުދީއެވެ.ގަބުރުސްތާނުން ބޭރުގައި މަންޒަރު ބަލަން ތިބި އަންހެނުންގެ ތެރޭގައިވެސް ހާލަތު ހަމަ އެފަދައެވެ. މުޅި […]