އެމެރިކާ ނޭވީންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބޭ ލިސްޓުން އަންހެނުން ބާކީކޮށްފި

އެމެރިކާ ނޭވީންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބެންޖެހޭ އޮފިސަރުންގެ ނަންތައް ކަނޑައަޅާފައިވާ ލިސްޓުން 9 މީހަކަށް މަގާމުގެ ކުރިއެރުން ނުދޭގޮތަށް ދިފާއީ ވަޒީރު ހެގްސެތު ނިންމައިފިއެވެ. އޭގެތެރޭގައި ހިމެނެނީ ކަޅު ނަސްލުގެ މީހުންނާއި އަދި އަންހެނުންނެވެ. ދިފާއީ ވަޒީރުގެ މި ނިންމުމަކީ މަގާމުގެ ކުރިއެރުމަށް ވާދަކުރާ ދޮން މީހުންގެ ނަސްލަށް ނިސްބަތްކުރެވޭ 22 މީހަކަށް އެއް ސްޓާރ ޖެނެރަލް މަގާމު ފަހިކޮށްދިނުމަށްޓަކައި ނިންމެވި ނިންމުމެއްކަމަށް މައުލޫމާތު އެނގޭ ދެ ފަރާތަކުން ނިއުޔޯރކް ޓައިމްސްއަށް ކިޔާ ދީފައިވާކަމަށް ވެއެވެ. […]

އީރާނާ ދެކޮޅަށްކުރާ ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ”ތިރިގެއިން“ ފާސްކޮށްފި

އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގަމުންމުންގެންދާ މިލިޓްރީ ހަރަކާތްތައް ހުއްޓާލުމަށް އެމެރިކާ ކޮންގްރެސްގެ “ ތިރީގެ، ދަ ހައުސް “ އިން ފުރަތަމަ ފަހަރު ރައީސް އާއި ދެކޮޅަށް މިދިޔަ ބުދަ ދުވަހު ގާނޫނު ފާސްކޮށްފިއެވެ. އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވާގޮތުގައި ރައީސް ޓްރަމްޕް އާއި ދެކޮޅަށް ވޯޓު ދެއްވި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނު ނިސްބަތްކުރެވޭ ރިޕަބްލިކަން ޕާރޓީގެ ބައެއް މެމްބަރުންވެސް ހިމެނެއެވެ. މީގެ ދެ ހަފުތާކުރިން އެ ގަރާރު ފާސްކުރެވިދާނެކަމަށް ބެލެވެމުންދިޔަވަގުތު އެ ވޯޓު ކާމިޔާބު […]

ލަދެއްގައި ނުބެދި ހަނގުރާމަ ހުއްޓާލަން ބޭނުންކުރާނެ އުޒުރެއް ހޯއްދަވަނީ

އެމެރިކާގެ ކުރީގެ އާރމީ ކާނަލް ޑަގްލަސް މެގްރެގަރ ދެކޭގޮތުގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގާ މިހާތަނަށް އައިއިރު ނަތީޖާ ދައްކާގޮތުން އެމެރިކާއިން އަލުން ހަމަލާދޭން ފެށިކަމުގައި ވިޔަސް ނުވަތަ ހަމަލާތައް ހުއްޓާލަން ނިންމިކަމުގައި ވިޔަސް އަދި އެމެރިކާއާއި އިސްރާއީލުން އަޑަށްބާރުލާފައި ހަނގުރާމަ ކާމިޔާބު ކޮށްފިކަމަށް އިއުލާންކުރިއަސް ނުކުރިއަސް ހަގީގަތަކީ މެދުއިރުމަތީގައި އެމެރިކާ ބޮޑުތަނުން ފެއިލްވެއްޖެއެވެ. ނަތަންޔާހޫއަށް ނިދިގެއްލިގެން އުޅޭ ސަބަބަކީވެސް މިއީ އެވެ. ގަލްފު ސަރަހައްދުން “ އީރާނުގެ ގޮންމުށް “ އެމެރިކާއަށް […]

އެމެެރިކާ ޑޮލަރުގެ ކުރިމަގު ދަނީ ބަނަވަމުން

ދުނިޔޭގެ ބޮޑެތި މީޑިއާ ޕްލެޓްފޯމްތަކުގައި އެމެރިކާގެ މިޑްޓާރމް އިންތިޚާބުގެ ވާހަކަތައް އެންމެ ފަލައަކުރުން ބަހުސްކުރެވެމުންދިޔައިރު ދެކުނު އެފްރިކާގެ ވެރިރަށް ޖޮހަނަސްބާރގްގައި ބްރިކްސް ޕްލަސް ގެ ގައުމުތަކާއި އަދި އިތުރު އެހެން ގައުމުތައްވެސް ހިމެނޭގޮތުގައި ޖުމުލަ 63 ގައުމަކުން ބޭއްވި ހަތް ދުވަހުގެ ބައްދަލު ކުރުމަކަށްފަހު އެމެރިކާ ޑޮލަރުން ބޭރުގައި މުޅިން މިނިވަން މާލީ ނިޒާމެއް އިއުލާން ކޮށްފިއެވެ. އެއީ ހަމައެކަނި ސިޔާސީ ގޮތުން ނިންމި ނިންމުމެއްނޫނެވެ. އެއީ އެމެރިކާ ޑޮލަރުން މިނިވަންވެފައިވާ މާލީ ނިޒާމެއްގެ ފެށުން އިއުލާންކުރުމެވެ. […]

300 ބިލިއަން ޑޮލަރުގެ ޗެކްގައި ސޮއިކުރާމަންޒަރު ދުނިޔެއަށް ފެންނާކަށް ބޭނުމެއް ނުވާނެ

އީރާނާ ދެކޮޅަށް އެމެރިކާއިންކުރަމުންގެންދާ ހަނގުރާމަ ނިމުނީ ކަމަށް ވައިޓްހައުސްއިން މިދިޔަ ހުކުރުދުވަހު ކޮންގްރެސްއަށް އަންގައިފިކަމަށް އެސޯޝިއޭޓެޑްޕްރެސްއިން ހާމަކޮށްފިއެވެ. އެހެންނަމަވެސް ކޮންގްރެސްގެ މެމްބަރުންގެ މެދުގައި ވައިޓްހައުސްގެ އެންގުމުގައި މިލިޓްރީ ގޮތުންނާއި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ނިމިފައިވާ ކަމާ ދޭތެރޭ ޚިލާފް އުފެދިފައިވާ ކަމަށްވެސް އެ ރިޕޯރޓްގައި ބުނެފައިވެއެވެ. ހަނގުރާމައިގެ ހާލަތާބެހޭގޮތުން ތަފާތު ޚަބަރުތައް މީޑިއާތަކުގައި ފެތުރެމުންދާއިރު އީރާނުގެ ބަނދަރުތަކަށް ދަތުރުކުރުން މަނާކުރަން މިހުސްވިމަހު އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އުވާލައްވައިފިކަމަށް މިދިޔަ ހުކުރުދުވަހު ރައީސް ޓްރަމްޕް އިއުލާންކުރައްވާފައިވާކަމަށް ދަ […]

ރައްކާތެރިކަން ބޭނުންވާނަމަ އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމުކުރަން ޓްރަމްޕްގެ އިންޒާރު

އަރަބި މުސްލިމް ގައުމުތަކާއި ޕާކިސްތާން ފަދަ އިސްލާމީ ގައުމުތަކުން ސަލާމަތާ ރައްކާތެރިކަން ބޭނުންވާނަމަ އެއްވެސް ޝަރުތަކާނުލައި އިސްރާއީލާއެކު ސިޔާސީ ގުޅުން ގާއިމްކުރުމަށް އެމެރިކާގެ ރައީސް ކުރެއްވިއަމުރާގުޅިގެން އަނެއްކާވެސް ހަނގުރާމަހުއްޓިދާނެ ކަމުގެ އުންމީދު ނެތިގެން ހިނގައްޖެއެވެ. އެމެރިކާ ރައީސްގެ ބާރުގަދަ އަމުރުފުޅަށް އަމަލުނުކުރެވޭކަމަށް ސައޫދީ އެރޭބިއާއި ގަތަރް އަދި އޮމާނާއި ޕާކިސްތާނާއި ކުވޭތުންވެސް ވަނީ ބުނެފައެވެ. އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައި އީރާނަށް ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށްޓަކައި 300 ބިލިއަން ޑޮލަރ އީރާނަށް ދިނުމާބެހޭ […]

މަޝްވަރާ ކުރެވެމުންދާ ފަހުމުނާމާ އާއި ބެހޭ އަޕްޑޭޓް

އެމެރިކާއާއި އީރާނާއި ދެމެދު މި ދެދުވަހު ވަނީ ޕާސިއަން ކަނޑުގެ ސަރަހައްދުގަ ހަމަލަތަކެއް ބަދަލު ކޮށްފައެވެ. އެކަން ހިގާދިޔަ ގޮތް މި ދެ ދުވަހު ވަރައްފޯރިގައި ދެކެވުނު ނަމަވެސް އެކަން ކުރުކޮށް ދަންނަވާލާނަމެވެ. ފުރަތަމަ ރޭގައި އެމެރިކާއިން ޓޭންކަރެއް ޗެކްކުރަން އުޅުނު އައިއާރުޖީސީގެ ކުޑަ ދެބޯޓަކަށް ހަމަލަދީ އީރާނުގެ 4 ސިފައިން ޝަހީދުކޮށްލީއެވެ. އަދި ޖެހިގެން އައިރޭ އެމެރިކާގެ 4 މަނަވަރު ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން މަސަތްކަތް ކުރީއެވެ. ނަމަވެސް މި މަނަވަރުތަކަށް ސީދާކޮށް ނުވަތަ މަނަވަރުތަކުގެ […]

ހުރުމުޒު ކަނޑުއޮޅިއާބެހޭގޮތުން މުސްތަގްބަލްގައި އީރާނާއި އޮމާނުގެ ތަސައްވުރު

ހޮރްމުޒް ކަނޑުއޮޅި ބައިނަލް އަގްވާމީ ދަތުރުތަކަށް މިނިވަންކަމާއެކު ހުޅުވާލުމުގައި އެ ކަނޑުއޮޅި ހުރަސްކުރަންބޭނުންވާ ކޮންމެ އުޅަނދަކުން އެއްމިލިއަން ޑޮލަރަށްވުރެން ގިނައިން ޓޯލް ފީ ދައްކަންޖެހޭނެކަމުގެ ޚަބަރު މީޑިއާތަކުގައި ދައުރު ވާން ފަށައިފިއެވެ. އިންޝޫރެންސް ޖާރނަލުން ބުނެފައިވާގޮތުގައި ބައެއް އުޅަނދުފަހަރުން 2 މިލިއަން ޑޮލަރގެ ޓޯލް ފީއެއްވެސް ވަނީ ދައްކަން ޖެހިފައެވެ. މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެކުރިން ދުވާލަކު އެވްރެޖްގޮތެއްގައި 135 އުޅަނދު އެ ކަނޑުއޮޅި ހުރަސްކުރާކަމަށް ވެއެވެ. އެހެންނަމަވެސް މިހިނގާ މޭމަހުގެ 20 އަދި 21 ވަނަދުވަހު […]

ޖަޕާނާއި ޗައިނާއިން އެމެރިކާގައި ކޮށްފައިވާ އިންވެސްޓްމެންޓްތައް އަނބުރާ ނަގަނީ

ޖަޕާނުގެ ޖޯގްރަފީއާއި ކުރިއެރުމުގެ ތެރެއިން ގިނަ އަހަރުތަކެއްވަންދެން ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރއަށް ބަރޯސާވުން ނޫން އެހެން ގޮތެއް ނެތިފައިވުމާއެކު އަދި އެމެރިކާ ޑޮލަރަކީ އެންމެބޮޑަށް އިތުބާރުކުރެވޭ ފައިސާ ކަމަށްވެސް ވެފައި އެމެރިކާގައި އިންވެސްޓްކުރުމުން ލިބެމުންދިޔަ ފައިދާއާއި އޭގެ ނަތީޖާވެސް ރަނގަޅުވުމާއެކު އެމެރިކާއިން ވިއްކަމުންދިޔަ އެތައް ބިލިއަން ޑޮލަރެއްގެ ޓްރެޝަރީ ބޮންޑް ގަނެފައިވާ ގައުމުތަކުގެތެރޭގައި ޗައިނާ އަދި ޖަޕާން ހިމެނެއެވެ. ނަމަވެސް އެމެރިކާގެ އިގްތިސާދަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާން ފެށުމާއި އަދި މިހާރު އީރާނާ […]

އިރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ކާމިޔާބުކުރީ ހެއްޔެވެ ؟

އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހިނގަމުންދާގޮތް ބަލާ ފާސްކުރާނެ އެއްވެސް މަގެއް ނުފެންނަކަމަށް އައި އޭ އީ އޭ އިން ބުނޭއެމެރިކާ ސިފައިންގެތެރޭގައި އިންޓެލިޖެންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކޮށް އަދި އޭގެފަހުން ޔުނައިޓެޑް ނޭޝަންސްގެ ވެޕަން އިންސްޕެކްޓަރެއްގެ މަގާމު ފުރާފައިވާ ސްކޮޓް ރިޓަރ އޭނާގެ ޑަބްލިޔޫ ބީ އޯ ރިޕޯރޓުގައި ބުނެފައި ވެއެވެ. އީރާނުގައި މިހާރު ނިއުކްލިއަރ ހަތިޔާރު އެބަ ހުރިކަމަށް އެގައުމުގެ ސުޕްރީމް ލީޑަރ އާޔަތުﷲ މުޖުތަބާ ޚާމަނާއިގެ އޮފީހުން އިއުލާންކުރުމުގެ ސަބަބުން މެދުއިރުމަތީގެ ބާރުތަކުގެ […]