ލަކްޝަދީޕްގެ މުސްލިމް މުޖުތަމިއު ފުންޑާލުން: ގެރިމަސް ކެއުން މަނާކުރަން ސްކޫލްތަކުގައި މަސް ކެއުން މަނާ

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ލަކްޝަދީޕްގެ ސްކޫލްތަކުގެ މެންދުރު ކެއުމުގައި ގެރިމަހާއި އެހެން ބާވަތްތަކުގެ މަސް ހިމެނުން މައި ސަރުކާރު، ޕީޖޭޕީގެ އަމުރަށް މަނާ ކުރުމުން އެކަމާ ގުޅިގެން ލަކްޝަދީޕްގައި މުޒާހަރާކޮށްފިއެވެ. ލަކްޝަދީޕްގެ ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސްކޫލް ކުދީންގެ މެންދުރު ކެއުމުގައި މަސް ހިމެނުން މައިސަރުކާރުގެ އަމުރަށް މަނާކުރީ ސްކޫލް ކުދީންގެ ކެއުމުގައި ގެރިމަސް ހިމެނޭތީއެވެ. މެންދުރުގެ ކެއުމުގައި މަސް ހިމެނުން މަނާ ކުރުމުން ސްކޫލް ކުދީންނަށް ދެން ގެރިމަހެއް ވެސް ނުކެވޭނެއެވެ. ގެރިއަކީ […]

ދުނިޔޭގެ އެންމެ މުސްކުޅި ޓެނިސް ކުޅުންތެރިޔާ: އުމުރުން 97 އަހަރުގައި ވެސް ޓެނިސް ކުޅެނީ

ޔޫކްރެއިންގެ ޓެނިސް ކުޅުންތެރިއެއްކަމުގައިވާ އުމުރުން 97 އަހަރުވީ ލެއޮނިޑް ސްޓަނިސްލާވްސްކީ ވެފައި ވަނީ މިހާރު ދުނިޔޭގައި ހުރި އެންމެ އުމުރުން ދުވަސްވީ ޓެނިސް ކުޅުންތެރިޔާއަށެވެ. އެހެންވެ އޭނާގެ ނަން ވަނީ އެންމެ މުސްކުޅި ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތުގައި ވެސް ހިމަނާފައެވެ. މީޑިއާ ރިޕޯޓުތަކުން އެނގޭ ގޮތުގައި އޭނާ ޓެނިސް ކުޅެން ފެށީ އުމުރުން 30 އަހަރުގައެވެ. މެދުކެނޑުމެއްނެތި އޭނާ ޓެނިސް ކުޅެމުންދާތާ 60 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ސްޓަނިސްލާވްސްކީ ބުނި ގޮތުގައި […]

އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް: ރައީސް

އަޟުޙާ ޢީދު ކުރިމަތިވީއިރު ވެރިކަން ހިންގާ އެމްޑީޕީތެރޭގައި ވަނީ ކޯޅުމާއި ބައިބައިވުން އުފެދިފައެވެ. ޕާޓީގައި ތިބި ބައެއް އެކުވެރިންނާއި ތިމާގެ މީހުންގެ މެދުގައި ވެސް ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ނަތީޖާއަކަށްވީ އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ޚިޠާބުގައި ޢީދުގެ އުފާ ފާޅުކުރާއިރު، ޤައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައި ވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް ސިކުނޑިތަކުން އެއްފަރާތްކޮށް، އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ވިދާޅުވެ އެކަމަށް ބާރު އަޅުއްވައި […]

އުމުރު 100 އަހަރު: ކާފަދަރިންނަށް ކާންބޯން ދޭން ގުދާރު ބިންދައިގެން ދާވަރަށް ބުރަ މަސައްކަތް ކުރަނީ

އޭނާގެ އުމުރުން 100 އަހަރުވެއްޖެއެވެ. އެކަމަކު ޒުވާން ދުވަސްވަރު ބުރަ މަސައްކަތް ކުރި ފަދައިން އުމުރުން 100 އަހަރުގައި ވެސް އޭނާ ދަނީ އޭނާގެ ޔަތީމު ކާފަދަރީންނަށް ކާންބޯން ދިނުމަށް މިހާރު ވެސް ބުރަމަސައްކަތް ކުރަމުންނެވެ. އަތް ގާޑިއަލެއްގެ ގޮތުގައި އޭނާ ގެންގުޅޭ ބައިސިކަލް ގާޑިއާއަށް އެތައް ސަތޭކަ ކިލޯގެ ބަރުދަން ހުރި ތަރުކާރީގެ ބާވަތްތައް އަރުވައި ބަރާކޮށްގެން އެއްސަރަހައްދުން އަނެއް ސަރަހައްދަށް ގެންގޮސް އޭނާ ކޮންމެ ދުވަހަކު ވިއްކަމުންދެއެވެ. ހަރު ބަޒަން ސިންގްއަކީ އިންޑިއާގެ ސިކުންގެ […]

އިންޑިއާގެ މަޝްހޫރު ފިލްމީ ޕްރޮޑިއުސަރެއްގެ މައްޗަށް ރޭޕްގެ ބޮޑު މައްސަލައެއް ފެންމަތިވެ ތަހުގީގެއް ފެށެނީ

އިންޑިއާގެ މަޝްހޫރު މިއުޒިކް ރެކޯޑު ކޮމްޕެނީއެއް ކަމުގައިވާ ”ޓީ ސީރީޒް“ގެ މެނޭޖިން ޑިރެކްޓަރ އަދި ހިންދީ ފިލްތައް ޕްރޮޑިއުސަރ ކުރާ މަޝްހޫރު ބުޝަން ކުމާރު، ޒުވާން އަންހެނަކު ރޭޕްކުރި ކަމަށް ބުނެ އެ އަންހެންހެންމީހާ މައްސަލަ ޕޮލިހަށް ހުށަހަޅައިފިއެވެ. އިންޑިއާގެ ”ނިއުސް 18″އިން ޚަބަރު ދިން ގޮތުގައި އަންހެންމީހާ މައްސަލަ ހުށަހެޅީ ފިލް އުފެއްދުމަށް މަޝްހޫރު މުމްބައިގެ ޑީއެން ނަގަރުގެ ފުލުސް ސްޓޭޝަނަކަށެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މައްސަލަ ހުށަހެޅިކަމަށް ވިޔަސް އެކަމާ ގުޅިގެން އަދި މިހާތަނަށް […]

މިރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް: ތާރީޚުގައި ފުރަތަމަ ފަހަރަށް ތަށީގައި އަތްލުމުގެ ފުރުސަތު އިނގިރޭސީންނަށް

ދުނިޔޭގައި ކުޅޭ ދެވަނައަށް އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ، ޔޫރަޕިއަން ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލް މެޗު މިރޭ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި މެންދަމު 12.00ގައި ފަށާނެއެވެ. ބައްދަލު ކުރާނީ އިނގިރޭސި ވިލާތާއި އިޓަލީއެވެ. ޔޫރަޕްގެ ގައުމުތަކުގެ މެދުގައި 1960 ވަނަ އަހަރު ބާއްވަންފެށި ޔުއެފާ، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ދެ ގައުމަކީ ޖަރުމަނީއާއި ސްޕޭނެވެ. އެ ދެގައުމުން ވެސް ވަނީ ތިން ފަހަރު މުބާރާތުގެ ތަށި […]

މިރޭ ފަތިހު ކޮޕާ އެމެރިކާ ފައިނަލް: ބްރެޒިލްއާއި އާޖެންޓީނާ އަދި މެސީއާއި ނޭމާގެ ބައްދަލުވުމެއް

ކޮޕަ އެމެރިކާ ފައިނަލްގައި މިރޭ ފަތިހު ބައްދަލުކުރާނީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ދެބާރު ކަމަށްވާ ބްރެޒިލްއާއި އާޖެންޓީނާއެވެ. ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅޭ ވަރުގަދަ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މިރޭ ފަތިހު 5.00ގައެވެ. ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ދެ ތަރިން ތިބީ އާޖެންޓީނާއާއި ބްރެޒިލްގައެވެ. އެއީ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ބްރެޒިލްގެ ނޭމާއެވެ. ބްރެޒިލްއަކީ އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާގެ ޗެމްޕިއަން އަދި އެންމެ ފަހުން […]

ޤުރުއާނާއި ސުންނަތާ ޚިލާފު ގާނޫނެއް ނެހެދޭނެ: ގާނޫނު ހަދާ މަޖިލީހުގެ ރައީސް

ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާ ޚިލާފުވާ އެއްވެސް ގާނޫނެއް ނެހެދޭނޭ ކަމުގައި ޕާކިސްތާނުގެ ގައުމީ އެސެމްބްލީ (ގާނޫނު ހަދާ މަޖިލިސް)ގެ ރައީސް އަސަދު ޤައިޞަރު ވިދާޅުވެއްޖެއެވެ. ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކަށް ޖަމާޢަތު އިސްލާމީން ހުށަހަޅާފައިވާ އިސްލާހަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިސްލާމީ ކަންތަކާ ބެހޭ ކައުންސިލަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ. ގާނޫނު ހަދާ […]

ޝާހުރުކް ޚާން އަވިއައިނު އަޅައިގެން ތައުޒިޔާ ކިޔަން ދިއުމުން ގިނަ ބަޔަކު ފާޑުކިޔައި ނުރުހުން ފާޅުކޮށްފި

ހިންދީ ފިލްމީ ދުނިޔޭގެ ލާމަސީލު ތަރިއެއްކަމުގައިވާ ދިލިޕް ކުމާރު މަރުވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ކިޔަން، އައިވި އައިނެއް އަޅައިގެން މަޝްހޫރު ފިލްމީތަރި ޝާހު ރުޚް ޚާން ދިއުމުން ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފިއެވެ. ވަރަށް ގިނަ ދުވަސްތަކެއް ވާނދެން ބަލިވެ އުޅުނު ދިލިޕް ކުމާރު މަރުވީ ބުދަ ދުވަހު ހެނދުނު ހަތެއް ޖެހިއިރެވެ. ރަސްމީ އިއްޒަތުގައި އޭނާ ވަޅުލީ އެ ދުވަހު ހަވީރުގެ ވަގުތެއްގައެވެ. ދިލިޕް ކުމާރު މަރުވުމުން ވަރަށް ގިނަ […]

ރައީސުލް ޖުމްހޫރިއްޔާއަކަށް ހަގީގަތުގައި ވެސް ގައުމު ހިނގާނުހިނގާ ގޮތެއް ނޭނގޭ: ޠާރިޤް

ރައީސުލް ޖުމްހޫރިއްޔާ (އިބްރާހީމް މުޙައްމަދު ޞާލިޙް)އަކަށް ހަގީގަތުގައި ވެސް ގައުމު ހިނގާނުހިނގާ ގޮތެއް ނޭނގޭ ކަމުގައި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ. ޓޮމް ވިދާޅުވީ ސަރުކާރުގެ 19 މިނިސްޓްރީ ހިންގަން ތިބީ ކޮންބައެއް ތޯއާއި އެމީހުންގެ ކެޕަސިޓީ ހުރީ ކިހާވަރަކަށްތޯއާއި ކުންފުނިތައް ހިންގަނީ ކިހިނެއްތޯއާއި މިކަންތައްތައް ބަލާނެ މީހަކު ސަރުކާރުގައި ނެތް ކަމަށެވެ. ”ވެރިއަކަށް ހުންނަ ބޭފުޅެއްގެ ހުންނާންޖެހޭކަމަށް އާންމުކޮށް ގަބޫލުކުރާ އުސޫލުތައް ނެތް މީހަކަށް ވެރިކަން ލިބުނީމަ ދެން […]