ޤުރުއާނާއި ސުންނަތާ ޚިލާފު ގާނޫނެއް ނެހެދޭނެ: ގާނޫނު ހަދާ މަޖިލީހުގެ ރައީސް

936

ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާ ޚިލާފުވާ އެއްވެސް ގާނޫނެއް ނެހެދޭނޭ ކަމުގައި ޕާކިސްތާނުގެ ގައުމީ އެސެމްބްލީ (ގާނޫނު ހަދާ މަޖިލިސް)ގެ ރައީސް އަސަދު ޤައިޞަރު ވިދާޅުވެއްޖެއެވެ.

ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅިފައިވާ ބިލަކަށް ޖަމާޢަތު އިސްލާމީން ހުށަހަޅާފައިވާ އިސްލާހަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އިސްލާމީ ކަންތަކާ ބެހޭ ކައުންސިލަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަސަދު ޤައިޞަރު ވިދާޅުވިގޮތުގައި އޭނާ ހުރެގެން ޤުރުއާނާއި ސުންނަތާ ޚިލާފަށް އެއްވެސް ގާނޫނެއް ނެހެދޭނޭކަމަށެވެ. އަދި ޤުރުއާނާއި ސުންނަތާ ޚިލާފު ވާފަދަ ގާނޫނެއް ނެހެދުމަށް ބޮޑު ވަޒީރު ޢިމްރާން ޚާން ލަފާ ދެއްވާފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ އާބާދީގައި ތަފާތު ދީން ތަކުގެ މީހުން ހިމެނުނަސް އެ ގައުމުގައި އިސްކަން ދީފައި ވަނީ އިސްލާމީ ޝަރީޢަތަށެވެ.

 

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ